Tuesday, January 22, 2008

އިމާދު ސޯލިހް ވަކިކުރިކަން ޚާއްސަ މަޖިލީހަށް ނާންގާ އޮތުމުން އިއްޔެގެ ޖަލްސާއަށް ހުރަސް އެޅިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސުލް ޖުމްހުރިއްޔާގެ މެންބަރ އިމާދު ސޯލިހް މެންބަރުކަމުން ރައީސުލް ޖުމްހޫރިއްޔާ ވަކިކުރެއްވިކަން ޚާއްޞަ މަޖިލީހަށް ނާންގަވާ އޮތުމުން އިއްޔެގެ މެންދުރު ކުރީގެ ޖަލްސާއަށް ހުރަސްއެޅިއްޖެ އެވެ

އިއްޔެ މެންދުރު ކުރިން އޮތް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވިގެން ހުއްޓާލާފައިވަނީ އެއް މެންބަރަކު މަދުވެގެން 57 މެންބަރުން ހަމަ ނުވެގެންނެވެ

އިއްޔެ މެންދުރުކުރިން އޮތް ޖަލްސާގައި އައްޑޫ މެންބަރ އިބްރާހީމް ޝަރީފް އަމުރަށް ކިޔަމަންވެ ވަޑައިނުގަތުމުން 10 މިނިޓަށް ޖަލްސާ ހުއްޓަވާލެއްވުމުން ޝަރީފް ހޯލުން ނެރުއްވީ ޑީއާރުޕީގެ ބައެއް މެންބަރުން ވަޑައިގެން އަތުގައި ހިއްޕަވައިގެން ކަހަލަ ގޮތަކަށެވެ. އަދި ޝަރީފާއެކު އަދި އޭގެފަހުންވެސް ޑީއާރުޕީގެ ގިނަ މެންބަރުންތަކެއް ޖަލްސާ ދޫކުރައްވާ ނިކުމެވަޑައގަތުމުން މަޖިލީހުގައި ތިއްބެވީ ކިރިޔާ ކޯރަމް އަދަދު ކަމުގައިވާ 57 މެންބަރުންނެވެ

އެގޮތުގައި އޮވެ 10 މިނިޓް ވުމުން ޖަލްސާ އަލުން ފަށަން ތައްޔާރުވުމާއެކު ވަޒީރުންގެ މަޖިލީހުގެ މެންބަރ ކޮންސްޓްރަކްޝަން މިނިސްޓރ ޑރ މައުރޫފް ޖަމީލް ނިކުމެވަޑައިގަތުމުން ކޯރަމް ގެއްލުނު ކަމަށް މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް ނިންމެވިއެވެ. ޖަލްސާ ނިންމަވާލެއްވީ އެގޮތުގައި ކޯރަމް ގެއްލިގެން އެތައް އިރަކު އޮތުމަށްފަހު ކޯރަމް ހަމަނުވެގެން ޖަލްސާ ކުރިއަށް ނުގެންދެވިގެންނެވެ. ކޯރަމަށް އޭރު މަދުވަނީ އެންމެ މެންބަރެކެވެ

އިއްޔެގެ މެންދުރުފަހުގެ ކުރީގެ ޖަލްސާގައި ބައެއް މެންބަރުން ނިޒާމީ ނުކުތާ ނަންގަވައިގެން, ރައީސުލް ޖުމްހޫރިއްޔާގެ މެންބަރ އިމާދު ސޯލިހް ވަކިކުރެއްވިކަމަށް ވިދާޅުވުމުން ރައީސް ޤާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނަށް އެކަން އަންގަވާފައި ނުވާކަމަށާއި އަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އިމާދު ސޯލިހް ވަކިކުރެއްވުމުން މަޖިލީހުގެ ކޯރަމަކަށް ވާނީ 56 މެންބަރުންނެވެ. އިމާދު ސޯލިހް ވަކިކުރެއްވިކަން އެއްގެވިނަމަ އިއްޔެގެ މެންދުރު ކުރީގެ ޖަލްސާ 56 މެންބަރުންނައިގެން (ކޯރަމައިގެން) ކުރިއަށް ގެންދެވުނީހެވެ. އިމާދުގެ ބަދަލުގައި އިއްޔެ ޚާއްޞަ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ

އަހުމަދު މަހްލޫފް ހަމަޖައްސަވާފައިވައިވާކަން ޕަބްލިކަށް އެނގިފައިވަނީ ޖަލްސާ ހުއްޓަވާލެއްވިފަހުން އިއްޔެގެ މެންދުރު ފަހު 2 ގެ ޚަބަރުގައެވެ. މަހްލޫފް ޖަލްސާއަށް ވަޑައިގެންފައިވަނީވެސް އިއްޔެގެ މެންދުރުފަހުގެ ޖަލްސާއަށެވެ

No comments: