ގާސިމާ ދެކޮޅަށް އިތުބާރުނެތްކަމުގެ ވޯޓެއް ނަގަން އުޅޭ ކަމަށާއި އެކަމާ ދެކޮޅަށް މަސައްކަތް ކުރާނެކަމަށް އިއްތިހާދު ބުނެފި
ރައްޔިތުންގެ ހާއްޞަ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމަށް އިތުބާރު ނެތްކަމަށް ޑީއާރުޕީން ވޯޓެއް ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމާ ދެކޮޅަށް ކުރެވެން ހުރި ކަމެއް ކުރާނެ ކަމަށް ގައުމީ އެއްބައިވަންތަކަމުގެ އިއްތިހާދުން ބުނެފި އެވެ
ގައުމީ އެއްބައިވަންތަ ކަމުގެ ގުޅުމުން ދެކުނު އަރުމާޒުގެ ނަމުގައި ދެކުނުގެ ރަށްތަކަށް މިހާރު ކުރަމުންދާ ދަތުރުގައި ލ ގަމު, މުކުރިމަގު އަވަށުގައި ހުންނަ ހުމަދު ބިން ހަލިފާ އަލް ސާނީ ސްކޫލުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ދިވެހިރައްޔިތުންގެ ޑިމޮކުރެޓިކް ޕާޓީ(އެމްޑީޕީ) ނާއިބު ރައީސް އިބްރާހިމް ހުސެއިން ޒަކީ ވިދާޅުވީ ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ތިއްބެވި ދިވެހިރައްޔިތުންގެ ޕާޓީ(ޑީއާރުޕީ) ނިސްބަތްވާ މެންބަރުން ގާސިމް އިބްރާހިމްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ތައްޔާރު ވަމުންދާ ކަމަށާއި އެކަން އެގޮތަށް ވިޔަ ނުދިނުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ގައުމީ ފެންވަރުގައި ކުރާނެ ކަމަށެވެ. އަދި މަޖިލީހުގެ ރައީސްއާ ނުކުޅެވޭނެ ކަމަށާއި މަޖިލީހުގެ ރައީސަކީ މަޖިލީހުގެ މެންބަރުގެ ތާއީދު ލިބިގެންވާ އެމީހުން ހޮވާފައިވާ ބޭފުޅެއް ކަމަށް ވެސް ޒަކީ ވިދާޅުވި އެވެ
ޒަކީ ވިދާޅުވީ ހާއްސަ މަޖުލީހުން ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަސައްކަތަށާއި އަދި ގާސިމް އިބުރާހިމް އަޒުމް ފުޅާ ކުޅުމަށް ޑީއާރުޕީން އުޅޭ ކަމަށާއި އެމަޖުލީހުގައި އެފަދަކަމެއް ކާމިޔާބު ވިޔަ ނުދޭނެ ކަމަށެވެ
މައުމޫނަށް އިސްލާހީ ބަދަލުތަކެއް ގެނެވިދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި ރައްޔިތުންނަށް ފައިދާ ހުރި އިސްލާހީ ބަދަލުތަކެއް ގެނެވޭނީ އިންތިގާލީ ސަރުކާރެއް ގާއިމު ކުރެވިގެން ކަމަށް ޒަކީ ވިދާޅުވި އެވެ. އަދި ރައީސް މައުމޫނަށް ވެރިކަމުގައި ހުރެގެން އެކަންކުރެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ޒަކީ ވިދާޅުވި އެވެ
ޑީއާރުޕީ އަކީ ޑިމޮކްރަސީގެ އުސޫލުތައް ގެންގުޅެމުންދާ ޕާޓިއެއް ނޫންކަމަށާއި އެޕާޓީގައި ހިގަމުންދާނީ މައުމޫނާ އެނާގެ ދުވަސްވީ އެކުވެރިންގެ ބާރުކަމަށް ޒަކީ ވިދާޅުވި އެވެ. އެހެންކަމުން ޑީއާރުޕީން ރަނިން މޭޓެއް ނުނެރެވިގެން އުޅެނީ އެ ސަބަބަށްޓަކާ ކަމަށާއި އެފަރާތުގައި އޮތީ އެންދެރިމާގެ އާއިލާ ކަމަށެވެ. އަދި އަނެއް ފަރާތުގައި އޮތީ ކާމިނީގެ އާއިލާކަމަށް ވެސް ޒަކީ ވިދާޅުވި އެވެ. ޒަކީގެ ވާހަކައިގައި މައުމޫނު މިގައުމުގެ ވެރިކަމަށް ވަޑައިގެންފައި ވަނީ ރައްޔިތުންގެ ތާއިދު އޮވެގެން ނޫން ކަމަށާއި ބަޔަކު އެނާ އެތަނަށް ލީ ކަމަށެވެ
ރޭގެ ޖަލްސާގައި އިންތިގާލީ ސަރުކާރަކާއި ބެހޭ ގޮތުން ޕްރެޒެންޓޭޝަނެއް ހުށަހަޅާއި ދިނެވެ. އޭގެ އިތުރުން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ގއ އަތޮޅުގެ މެންބަރު އަދުނާނު ހަލީމާއި އިސްލާމިކު ޑިމޮކުރެޓިކް ޕާޓި(އައިޑީޕީ) ގެ ދެކުނު ސަރަހައްދުގެ ރައީސް އިސްމާއިލް ހަސަން މަނިކާއި އަދި އެމްޑީޕީގެ ޗެއާރޕާޝަން މުހައްމަދު ނަޝީދު( އަންނި ) ވަނީ ވާހަކަދައްކާ ފަ އެވެ. ރޭ ގެ މިޖަލްސާގައި ގަމުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެވެ
No comments:
Post a Comment