ޕީއޭ އުވާލަން ކުރީގެ ބަނޑާރަނައިބަށް ތިން ފަހަރެއްގެ މަތިން އަންގާފައި ވޭ : ޑރ.ޝަހީދު
ގައުމީ އެއްބައިވަންތަކަމުގެ ގުޅުމުން ގދ ތިނަދޫގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ޑރ ޝަހީދު ވިދާޅުވީ ޕީއޭ އުވާލަން ކުރީގެ ބަންޑާރަނައިބު ޑރ ހަސަން ސައީދަށް ތިން ފަހަރެއްގެ މަތިން ސަރުކާރުން އެންގިކަމަށް އެމަނިކުފާނަށް އެގިވަޑައިގެންފައިވާ ކަމަށެވެ
ޑރ ޝަހީދު މިހެން ވިދާޅުވީ, ލީގަލް ރިޕޯމް މިނިސްޓަރު މުހައްމަދު ނަޝީދު ނިއު މޯލްޑިވްސް މޫމަންޓަކީ އައިރު ގާނޫނީ ޖަމާއަތެއްކަމަށް ވިދާޅުވުމާ ގުޅިގެން ނެވެ
ޝަހީދު ވިދާޅުވީ ޕީއޭ އުވާލަން ސަރުކާރުން އަންގަވަމުން ގެންދެވީ ޖަމިއްޔާތަކަށް ސިޔާސީ ކަންތަކުގައި ހަރަކާތްތެރި ނުކުރެވޭނެ ކަމަށް ވިދާޅުވެ ކަމަށެވެ
” ޕީއޭ އުވާލަން އަންގަވާފައި ވަނީ ޖަމިއްޔާތަކަށް ސިޔާސީ ކަންކަމުގައި ހަރަކާތްތެރި ނުވެވޭނެ ކަމަށް ވިދާޅުވެ. އަދި ނިއު މޯލްޑިވްސް މޯވްމަންޓްގެ ވާހަކަތައް ވެސް ނުދެއްކުމަށް އަޅުގަނޑުމެންނަށް އަންގަވާފައި އޮތީ“ ޝަހީދު ވިދާޅުވި އެވެ
ހުސްވި އަހަރުގެ ތެރޭގައި ސަރުކާރުން ވަކިވެ ވަޑައިގެންނެވި ތިން ވަޒީރުން ހިންގަމުން ގެންދާ ނިއު މޯލްޑިވްސް އާއި ބެހޭ ގޮތުން ޑރ ޝަހީދު ވިދާޅުވީ ނިއު މޯލްޑިވްސް މޫވްމަންޓަކީ އަކީ އިސްލާހަށް ލޯބިކުރާ އިސްލާހަށް މަސައްކަތްކުރާ ބައެއްގެ ވިސްނުމެއް ކަމަށެވެ. އަދި އެވިސްނުން ހުންނަ ކޮންމެ މީހަކީ ވެސް ނިއު މޯލްޑިވްސް މޫމެއްޓްގެ ބައިވެރިއެއް ކަމަށެވެ. ބައެއްގެ ވިސްނުން ރަޖިސްޓްރީ ކުރެވިދާނެކަމަށް ގަބޫލު ނުކުރާކަމަށާއި އަދި ނިއު މޯލްޑިވްސް ރަޖިސްޓްރީ ކުރަން އެއްވެސް އިރެއްގައި ވިސްނަވާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ
” އެހެން ބަޔަކު މިނަމުގައި ރަޖިސްޓްރީ ކުރިޔަސް އަޅުގަނޑުމެން މިނަމުގައި ކުރިއަށް ގެންދާނަން. ހޯމް މިނިސްޓަރަށްވެސް އެނގެން ޖެހޭނެ މުވްމަންޓް ތަކަކީ ރަޖިސްޓްރީ ކުރަންޖެހޭ އެއްޗެއް ނޫންކަން. އަދި ސަރުކާރުގެ އިސްބޭފުޅުންނާއި ވަޒީރުން އެބަހުރި ނިއު މޯލްޑިވްސްއިން ބުނާ ވާހަކަތަކަށް ރައްދުދީފައި. އަދި ޑީއާރުޕީން ނެރޭ ނޫހުގައިވެސް އޮވޭ ނިއުމޯލްޑިވްސްގެ ވާހަކަތައް. އެހެންވީމަ އަޅުގަނޑު ގަބޫލެއް ނުކުރަން ހޯމް މިނިސްޓަރ އެނަމުގައި އެހެން ފަރާތަކަށް ހުައްދަދެއްވަފާނެ ކަމަށް“ ޝަހީދު ވިދާޅުވި އެވެ
މީގެ އިތުރުން މިފަދަ މޫމަންޓްތައް ހަދައިގެން ދުނިޔޭގެ އެކިތައްތަނުގައި ވެސް މިފަދަ ހާލެއް ތަކުގައި މަސައްކަތް ކުރަމުންދާ ކަމަށާއި އެއިން އެއްވެސް މޫމަންޓެއް ރަޖިސްޓުރީ ކޮންގެން ހިންގަމުން ނުދާ ކަމަށެވެ. އަދި ސަރުކާރު މިހާރު މަސައްކަތްކުރައްވަމުން އެގެންދަވަނީ ނިއު މޯލްޑިވްސްގެ ރައިޓް އެހެން ބަޔަކަށް ދިނުމަށް ކަމަށާއި އެކަމާ ކަންބޮޑު ނުވާކަމަށް ވެސް ޑރ ޝަހީދު ވިދާޅުވި އެވެ
No comments:
Post a Comment