Friday, January 18, 2008

އެޕަލްއިން އަނެއްކާވެސް ދުނިޔެ ސިއްސުވާލާ ފަދަ ތުނި ލެޕްޓޮޕެއް ބާޒާރަށް ނެރެފި

އައިފޯނު އުފައްދައިގެން ދުނިޔޭގެ މަގުބޫލުކަން ހޯދި އެޕަލް ކުންފުނިން މިހާތަނަށް ދުނިޔޭގައި އުފެއްދި އެންމެ ތުނި ލެޕްޓޮޕު އުފައްދައިގެން އަނެއްކާ ވެސް މުޅި ދުނިޔެ ސިއްސުވާ ލައިފި އެވެ

އެޕަލް ކުންފުނިން މައުލޫމާތު ދޭގޮތުގައި މިފަހަރުގެ އުފެއްދުން ކަމަށްވާ ” މެކްބުކް“ އަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ ތުނިލެޕްޓޮޕެވެ. މީގެ ތުނި މިނަކީ އެންމެ އިންޗި ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ. އެމެރިކާގެ ސެންފްރެންސިސްކޯގައި މިފެޕްޓޮޕު ބާޒާރަށް ނެރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަމުން އެޕަލް ކުންފުނީގެ ސީއޯ ސްޓީވް ޖޮބް ވިދާޅުވީ ”މިއަހަރަކީ އެޕަލްއިން އިންފޮމޭޝަން ޓެކްނޮލަޖީއަށް އިންގިލާބެއް“ ގެނުވާނެ އަހަރެއް ކަމަށެވެ

އެޕަލްއިން އައިފޯނަށް ފަހު ” ދުނިޔެއަށް ސިހުން ގެނުވި“ މިޓެކްނޮލޮޖީގައި އެކުންފުނިން ވަނީ އައިފޯނުގައި ވެސް ހުންނަ ފަދަ ގިނަ ސިފަތަކެއް އެކުލެވުމަށް މަސައްކަތް ކޮށްފަ އެވެ. އެގޮތުން އައިފޯނުގައި ވެސް އެކުލެވޭ ” އަތުގެ ހިއްސު“ ބޭނުންކޮށްގެން ފޮޓޯތައް ” ޒޫމް“ ކުރެވޭ ސިފަ މީގައިވެސް އެކުލެވި ފައިވާ އިރު މިލެޕްޓޮޕަކީ ބަރުދަނުގައި އެންމެ 60 ޕައުންޑް ހުންނަ އެއްޗެކެވެ. އަދި ސްކްރީނުގައި 13.3 އިންޗި ހުންނަ އިރު މީގައި އެއް ޖީބީގެ މެމޮރީ އަކާއި 80 ޖީބީގެ ހާރޑް ޑިސްކެއް ހިމެނޭ ކަމަށް އެކުންފުނިން ބުނެއެވެ

އެޕަލްއިން މައުލޫމާތު ދޭގޮތުގައި ” މެކް ބުކް“ އުފެއްދުމުގައި އެކުންފުނިން ތިމާވެއްޓާ ރަހުމަތެރި ބާވަތްތައް ހިމެނުމަށް އިސްކަން ދީފައި ވާތީ މިލެޕްޓޮޕު އުފައްދާ ފައިވާނީ ތިމާވެއްޓާ ރަހުމަތްތެރި މައުދަނެއް ކަމަށްވާ ” ރީސައިކަލް އެލްމީނިއަމް“ ބޭނުން ކޮށްގެން ނެވެ

No comments: