ސަރުކާރު މުވައްޒަފުންނަށް އަންނަ އެޕްރީލް މަހު ހެލްތް އިންޝުއަރެންސް ތައާރަފުކުރާނެ: ގާސިމް
ސަރުކާރު މުވައްޒަފުންނަށް އަންނަ އެޕްރީލް މަހު ހެލްތް އިންޝުއަރެންސް ތައާރަފު ކުރާނެކަމަށް ފިނޭންސް މިނިސްޓަރ ގާސިމް އިބްރާހީމް (ފޮޓޯ) މިއަދު ވިދާޅުވެއްޖެ އެވެ
ގާސިމް ވިދާޅުވީ ހެލްތު އިންޝުއަރެންސް ތައާރުފުކުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށާއި އެންމެ ފުރަތަމަ އިންޝުއަރެންސް ދޭނީ ސަރުކާރު މުވައްޒަފުންނަށް ކަމަށެވެ. ނަމަވެސް އިތުރު މައުލޫމާތެއް އޭނާ ނުދެއްވަ އެވެ
”ސަރުކާރު މުވައްޒަފުންނަށް ފުރަތަމަ. އެ އަށް ފަހު މުޅި ރައްޔިތުންނަށް ހުޅުވާލާނެ,“ ގާސިމް ވިދާޅުވި އެވެ
ހެލްތު އިންޝުއަރެންސް ސްކީމެއް މިދިޔަ އަހަރު ވެސް ވަނީ ސަރުކާރު މުވައްޒަފުންނަށް ތައާރަފުކޮށްފަ އެވެ
ސޯޝަލް ސެކިއުރިޓީ މިނިސްޓަރ ކަމުގެ މަގާމުގައި އަބުދުﷲ ޔާމީން ހުންނަވައިގެން ފެއްޓެވި މަސައްކަތް ވަނީ އޭނާ އިސްތިއުފާ ދެއްވުމާއެކު ހުއްޓާލާފަ އެވެ
ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ހއ. އަތޮޅުގައިހެދުމަށް ނިންމާފައިވާ ޓްރާންޝިޕް ބަނދަރުން އެޑްވާންސް ކުލީގެގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ ދެ ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ
”ގާނޫނު ފާސްކޮށްގެން ވެސް އެ ފައިސާ ލިބޭނެ ކަމަށް އުއްމީދު ކުރަނީ. ރައްޔިތުންނަށް ފައިދާވާކަމެއް މަޖިލީހުން ހުއްޓުވާނެކަމަށް ގަބޫލެއް ނުކުރަން,“ މަޖިލީހުން ފާސްކުރާ ފާސްކުރުމަކުން ލިބޭ ހުއްދައެއްގެ ދަށުން ހެދޭ ބަނދަރަކުން ފައިސާ ލިބޭނެކަމަށް ލަފާކޮށްފައިވަނީ ކީއްވެތޯ ދެންނެވުމުން ގާސިމް ވިދާޅުވި އެވެ
No comments:
Post a Comment