ކަރަންޓް ދިނުމުގައި މާލެއާއި ރާއްޖެތެރެ ތަފާތުކުރެވިގެން ނުވާނެކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ

ކަރަންޓް ދިނުމުގައި މާލެއާއި ރާއްޖެތެރެ ތަފާތުކުރެވިގެން ނުވާނޭކަމަށް ރާއްޖޭގެ މާލީ ވަޒީރު ގާސިމް އިބްރާހީމް (ފޮޓޯ) ވިދާޅުވެއްޖެ އެވެ
މިދިޔަ ހޯމަ ދުވަހު ފިނޭންސް މިނިސްޓްރީގައި ބެއްވި ނޫސްވެރިންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ގާސިމް އިބްރާހީމް ވިދާޅުވީ ސްޓެލްކޯއިން މާލޭގެ ރައްޔިތުންނަށް ކަރަންޓް ދެމުން ގެންދަނީ ވަރަށް ހެޔޮ އަގެއްގައި ކަމަށާއި އެއީ ނުކުރެވޭނެވަރުގެ އަގެއް ކަމަށެވެ
”މާލޭގެ ރައްޔިތުންނަށް ކަރަންޓް ދެމުން އެގެންދަނީ ވަރަށް ހެޔޮ އަގެއްގައި. ހަމަ ނުކުރެވޭނެ ކަމެއް ކުރައްވަމުން އެގެންދަވަނީ.“ ޤާސިމް ވިދާޅުވިއެވެ
ޤާސިމް ވިދާޅުވީ ސްޓެލްކޯއިން ރާއްޖެތެރޭގެ ރަށްރަށަށްދޭ ކަރަންޓުގެ އަގު މާލޭގައި ދޭ އަގަށްވުރެ ބޮޑުވުމަކީ ހަމަޖެހޭގޮތެއް ކަމުގައި ދެކެވަޑައި ނުގަންނަވާކަމަށެވެ
”ރާއްޖޭގެ ރަށްރަށު މީހުންނަށް ސްޓެލްކޯއިން ހިންގާ, ވާހަކައަކީ ސަރުކާރުގެ ކުންފުނިން ކަރަންޓް ދޭއިރު މިދެނީ މާލޭގެ ރައްޔިތުންނަށް ދޭވަރަށްވުރެ ޑަބަލް ބޮޑުކޮށް. ހަމަ ސްޓެލްކޯއިން ހިންގާ އިންޖީނުގެތަކަށް. ދަތުރުފަތުރުގެ ކަންތައްތަކާހުރެ ޚަރަދުތަކެއް ބޮޑުވާނެ. އެހެންނަމަވެސް އުސޫލެއްގެގޮތުން ބަލާއިރު އަޅުގަނޑު ދެކޭގޮތުގައި އެއީ މާ ހަމަޖެހޭ ގޮތެއް ކަމަކަށް ނުދެކެން.“ މިނިސްޓަރ ވިދާޅުވިއެވެ
ގާސިމް ވިދާޅުވީ ސްޓެލްކޯގެ މީހުންނާ ބައްދަލުކޮށްވެސް އެއްހަމައަކުން ކަރަންޓް ދެވޭނެ ގޮތަކާމެދު ވިސްނަން ޖެހޭކަމަށް ވާހަކަ ދައްކާފައިވާނެ ކަމަށެވެ
މިނިސްޓަރ ވިދާޅުވީ ކަރަންޓް މިހާރު މިއޮތީ އަގުބޮޑުކުރަން ޖެހިފައި ކަމަށެވެ
”އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކަރަންޓް މިއޮތީ އަގުބޮޑުކުރަން ޖެހިފައި“ ޤާސިމް ވިދަޅުވިއެވެ
No comments:
Post a Comment