ބޭރު ދުނިޔައަށް ވެވަޑައިގެންނެވި ވައުދުތައް ނުފުއްދައެއް މައުމޫނަކަށް ނުހުންނެވޭނެ: ޑރ.ހަސަން
ބައިނަލްއަޤްވާމީ ދުނިޔެއަށް ރައީސް މައުމޫން ވެވަޑައިގެންފައިވާ ވައުދުތައް ނުފުއްދަވާ ނުހުންނެވޭނެ ކަމަށް ސަރުކާރުން އަމިއްލަފުޅަށް އިސްތިއުފާދެއްވި ބަންޑާރަނައިބު ޑރ ހަސަން ސައީދު ވިދާޅުވެއްޖެ އެވެ
އާގާނޫން އަސާސީގެދަށުން އިންތިޚާބެއް ބެއްވެންދެން ބާއްވާ ސަރުކާރަކާ ބެހޭގޮތުން އެމްޑީޕީން ބުރާސްފަތި ދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑރ ހަސަން ސައީދު ވިދާޅުވީ, ރައީސް މައުމޫނު ވަނީ ބޭރުދުނިޔެއަށް ބޮޑެތި ވައުދުތަކެއް ވެވަޑައިގެންފައި ކަމަށާއި އެވައުދުތަކަކުން އެމަނިކުފާނަށް ނުފިއްލެވޭނެ ކަމަށެވެ
”ބޭރު ދުނިޔެ އޮތީ ނިދާފައެއް ނޫން. އެމީހުން ބަލަމުން އެބަގެންދޭ“ ރައީސް މައުމޫނަށް އިސްލާހް ނުގެނެވޭނެކަމަށް ވިދާޅުވެ ސަރުކާރުން އިސްތިއުފާދެއްވި ހަސަން ސައީދު ވިދާޅުވި އެވެ
ސަރުކާރުގައި ހުންނަވައިގެންވެސް އިސްލާހް ގެންނަން މަސައްކަތް ކުރެއްވި ޑރ ހަސަން ސައީދު ވިދާޅުވީ ރައީސް މައުމޫނު އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅުގައި ހައުސް އޮފް ލޯޑުގައި ވާހަކަދައްކަވަމުން 2008 ގައި ޕާޓީތަކުގެ މެދުގައި މިނިވަން އިންތިޚާބެއް ބައްވާނޭކަމަށް ވައުދުވެ ވަޑައިގެންފައިވާ ކަމަށެވެ
”އެހެން ވިދާޅުވުމުން އެތާ އިންމެ އިސްކޮސް ހުންނެވި މީހާ ބުނި ތިވިދާޅުވީ ވަރަށް ބޮޑު ވާހަކައެކޭ. ތިކަން ކުރައްވަން ޖެހޭނެޔޭ. ތިކަމަށް ޖަވާބުދާރީ ކުރުވާނަމޭ. ޒިންމާދާރު ކުރުވާނަމޭ“ ޑރ ހަސަން ސައީދު ވިދާޅުވި އެވެ
No comments:
Post a Comment