Monday, December 24, 2007

ސަލާހުގެ އެޗްއާރުސީ ރިޕޯޓު: މަޖިލީހުން ރިޕޯޓު ދިރާސާކޮށް, ފިޔަވަޅު އެޅެން ހުރި ކަންކަމަށް ފިޔަވަޅު އެޅުމަށް ކޮމިޝަނުން އެދެފި


މާލޭ ފަޅުތެރޭގައި މަރުވެފައި އޮއްވާ މިއަހަރުގެ އެޕްރީލް މަހުގެ 15 ވަނަ ދުވަހު ހެނދުނު ފެނުނު އައްޑު އަތޮޅު ހިތަދޫ ނާޒުކީގޭ ހުސެއިން ސަލާހު,28, ގެ މަރުގެ ތަހުގީގު ރިޕޯޓު ރަގަޅަށް ދިރާސާކޮށް ރައްޔިތުންގެ މަޖިލީހުން ފިޔަވަޅު އެޅެންހުރި ކަންތައްތަކަށް ފިޔަވަޅު އެޅުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން މިއަދު އެދިފި އެވެ

ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސް އަހުމަދު ސަލީމް ވިދާޅުވީ އެކޮމިޝަނުން ހިންގި ތަހުގީގަށް ފަހު އާއްމުކޮށްފައިވާ ރިޕޯޓު ކަމާބެހޭ އިދާރާތަކަށް ފޮނުވާފައިވާނެ ކަމަށާއި އެފަރާތްތަކުން އެރިޕޯޓު ބަލައި ދިރާސާކުރާނެ ކަމަށް އުންމީދު ކުރާ ކަމެވެ

” އަޅުގަނޑުމެން ކޮމިޝަނަކީ ރައްޔިތުންގެ މަޖިލީހުން އުފައްދަވާފައިވާ ތަނެއް. އެހެން ވުމުން އަޅުގަނޑުމެން އެކުލަވާލައިފައިވާ ރިޕޯޓު ބަލައި ފިވަޅުއަޅަށްޖެހޭ ކަންތައްތަކުގައި ފިޔަޅުއަޅައިފި ނަމަ, އަޅުގަނޑުމެން އެކަމަށް މަރުހަބާ ކިޔާނަށް.“ ސަލީމް ވިދާޅުވި އެވެ

ހަތް މަސްދުވަހަށް ފަހު ހިއުމަން ރައިޓުސް ކޮމިޝަނުން ނެރެފައިވާ މިރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި އައިޖީއެމްއެޗުން ހަދައިފައިވާ ސީޓީ ސްކޭންގައި ސޮލާހު މަރުވެފައި ވަނީ ބޮލަށް ލިބުނު ގެއްލުމެއްގެ ސަބަބުން ކަމަށް ލަފާކޮށްފައި ވިޔަސް, އެ ސްކޭންގެ ރިޕޯޓް ބެއްލެވި ޓްރިވެންޑްރަމްގައި ހުންނަ ކިމްސް ހޮސްޕިޓަލުގެ ސީނިއާ ކޮންސަލްޓެންޓް ރޭޑިއޮލޮޖިސްޓް ޑރ. މަދުވަން އުންނި ވިދާޅުވެފައި ވަނީ އެއްވެސް ކައްޓަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ. އަދި ޓްރިވެންޑްރަމްގައި ހުންނަ މެޑިކަލް ކޮލެޖްގެ ސާޖަރީ ޑިޕާޓްމަންޓްގެ އިސް ސާޖަންޓުވެސް ވަނީ އެގޮތަށް ވިދާޅުވެފަ އެވެ

މިރިޕޯޓުގައި ސޮލާހަށް އެއްވެސް އަނިޔާއެއް ކޮށްފައިވާކަމުގެ ހެއްކެއް ފެންނަން ނެތް ކަމަށް ބުނެފައި ވެއެވެ. އަދި އޭނާ ފުލުހުންގެ ބަންދުން ދޫކޮށްލާފައިވާ ކަމަށް ބުނާ ބުނުން ވެސް ކަށަވަރުނުވާ ކަމަށް, ހިއުމަން ރައިޓްސް ކޮމިޝަނުން ކުރި ތަހުގީގު ހުލާސާ ރިޕޯޓުން ވެއެވެ

ސޮލާހު ބަންދުގައި ހުރިއިރު ފުލުހުންގެ މީހަކު އޭނާގެ ގައިގައި ޖެހިތަން ދުށް ކަމަށް އޭރު ބަންދުގައި ތިބި އެހެން ތިން މީހަކު ބުނެފައިވާތީ, އެ މާރާމާރީ ހިންގި މީހާއާ ދެކޮޅަށް މާރާމާރީގެ ދައުވާ ކުރުމަށް ރިޕޯޓްގައި ބުނެފައި ވެއެވެ. އަދި ބަންދުގައި ހުރި އިރު ސޮލާހު އަމިއްލަ އަށް މަރުވަން މަސައްކަތްކުރި ދުވަހު އޭނާއާ ހަވާލުވާނެ މީހަކު ނެތި, އަދި އަމިއްލައަށް މަރުވަން އުޅުނުކަން އާއިލާގެ މީހަކަށް ވެސް އެންގުމެއް ނެތި އޭނާ ދޫކޮށްލުމަކީ ”ޒިންމާދާރު ނިންމުމެއް ނޫން ކަމަށް“ ތަހުގީގުގެ ރިޕޯޓްގައި ބުނެފައިވެ އެވ

No comments: