Tuesday, December 25, 2007

ޕީއޭއާ ގުޅުން ހުރި ސިޔާސީ ދެ ޖަމިއްޔާ ލ.އަތޮޅުގައި އިފްތިތާހްކޮށްފި

ު

ސިޔާސީ ޖަމިއްޔާއެއް ކަމަށްވާ ޕީޕަލްސް އެސޯސިއޭޝަނާ ގުޅުން ހުރި ސިޔާސީ ދެ ޖަމިއްޔާ ލ.އަތޮޅުގައި އިފްތިތާހް ކޮށްފި އެވެ

ލ.އިސްދޫއާ ހިތަދޫގައި އިފްތިތާހުކުރި މިދެ ޖަމިއްޔާއަކީ ޕީއޭގެ ކައުންސިލް މެމްބަރ އަދި އެއަތޮޅުގެ ޚާއްސަ މަޖުލީހުގެ މެމްބަރ މުހައްމަދު ނައީމް އިސްކޮށް ހުންނަވައިގެން ހަދާފައިވާ ދެ ޖަމިއްޔާ އެވެ

އިއްޔެ ހަވީރު ހިތަދޫ އެކުވެރިންގެ ރޫހު އިފްތިތާހު ކޮށްދެއްވަމުން މުހައްމަދު ނައީމް ވިދާޅުވީ އެ ޖަމްއިއްޔާއަކީ އެރަށުގައި ހިންގާ ސިޔާސީ ހަރަކާތްތަކަށް އަދި މުޅި ގައުމުގައި ހިނގާ ހަރަކާތްތަކަށް ފާޑު ކިޔައި އިސްލާހު ކުރުމަށް އުފައްދާފައިވާ ޖަމްއިއްޔާއެއް ކަމަށެވެ

” މި ރަށްރަށުގައި ކުރާ ކަންތައްތައް މި ޖަމްއިއްޔާ ތުރޫކޮށް މަޖުލީހަށް ވެއްދޭނެ. ޑީއާރުޕީއަށްވުރެންވެސް އަޅުގަނޑުމެންގެ މެމްބަރުން ގިނަވާނެ. އެހެން ކަމުން މި ރަށްރަށުގައި ސަރުކާރުން ހިންގާ ނޭދެވޭ ކަންތައްތައް މި ޖަމްއިއްޔާތައް މެދުވެރިކޮށް ޕީއޭއިން މަޖުލީހަށް ވައްދަދޭނެ“ ޕީއޭގެ ކައުންސިލް މެމްބަރެއްގެ ހައިސިއްޔަތުން ހިތަދޫ އެކުވެރިންގެ ރޫހު އިފްތިތާހު ކޮށްދެއްވަމުން ނައީމް ވިދާޅުވި އެވެ

ނައީމް ވަނީ އިސްދޫގައިވެސް ޒުވާނުންގެ ރޫހުގެ ނަމުގައި ސިޔާސީ ޕާޓީއެއް އިފްތިތާހު ކޮށްދެއްވާފަ އެވެ

No comments: