ރިވައިސް ކުރި ބެޖެޓަށްވުރެ އަންނަ އަހަރުގެ ބަޖެޓް 27 އިންސައްތަ ބޮޑު : ބަޖެޓް ކޮމެޓީ
މިއަހަރު ރިވައިސް ކުރި ބަޖެޓާ އަޅާ ބަލާއިރު އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓް ބޮޑުކަމަށް ބަޖެޓް ދިރާސާކުރި ކޮމެޓީގެ ދިރާސާ ރިޕޯޓުގައި ބުނެފި އެވެ
އަންނަ އަހަރަށް ކަނޑައެޅި ބަޖެޓް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުން އެކުލަވާލެއްވި 15 މެންބަރުންގެ ކޮމެޓީން ބަޖެޓް ދިރާސާކުރުމަށްފަހު ތައްޔާރު ކުރެއްވި ރިޕޯޓްގައި ބުނެފައި ވަނީ އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓް, މިއަހަރަށް ރިވައިޒްކުރި ބަޖެޓަށްވުރެ 2439.5 މިލިޔަން ރުފިޔާ ނުވަތަ 26 އިންސައްތަ އިތުރުވާނެކަމަށް ހިސާބުތަކުން ދައްކާ ކަމަށެވެ
އެރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2003 ވަނައަހަރުން ފެށިގެން 2007 ވަނައަހަރަށް އެވްރެޖް ގޮތެއްގައި ގައުމުގެ އުފެއްދުންތެރިކަން ކުރިއަރާފައިވަނީ 7.8 އިންސައްތައިންނެވެ. މުޅި ރާއްޖެއަށް ނިސްބަތްވާގޮތަށް ގައުމުގެ ލާދަ (އިންފްލޭޝަން) ތައްޔާރުކުރެވެން ފެށިފައިވަނީ ޖޫން 2004 ގައި ކަމަށާއި އެގޮތުގެމަތިން 2006 ގައި 3.5 އިންސައްތަ އަދި 2007 ގައި 6 އިންސައްތައަށް ލާދަ އިތުރުވާނެކަމަށް ލަފަކުރެވޭ ކަމަށެވެ
އެރިޕޯޓުގައި ވަނީ ދައުލަތުގެ ބަޖެޓު 2003ން 2007ށް އިތުރުވެފައިވަނީ އެވްރޭޖްކޮށް 1461.7 މިލިޔަން ރުފިޔާ ނުވަތަ 28 އިންސައްތަ އެވެ. ނަމަވެސް އަންނައަހަރަށް ހުށަހަޅާފައިވަ ބަޖެޓް, މިއަހަރަށް ރިވައިޒްކުރި ބަޖެޓަށްވުރެ 2439.5 މިލިޔަން ރުފިޔާ ނުވަތަ 26 އިންސައްތަ އިތުރުވާނެކަމަށް ހިސާބުތަކުން ދައްކާ ކަމަށާއި އެއީ ކުރިން ބުނެވުނު ދެމިންގަނޑާ އަޅާބަލައިރުވެސް ވަރަށް ބޮޑުތަން އިތުރު ބަޖެޓެއް ކަމަށް ކޮމެޓީން ފާހަގަކޮށްފައި ވެއެވެ
އެރިޕޯޓުގައި ބުނެފައިވަނީ މިއަހަރުގެ ރިކަރެންޓް ޚަރަދު ހިފެހެއްޓިފައިވަނީ ބަޖެޓުގެ 72 އިންސައްތަ ނުވަތަ 4493.7 މިލިޔަން ރުފިޔާއިން ކަމަށެވެ. އަދި ކެޕިޓަލް ޚަރަދު ހިއްސާކޮށްފައިވަނީ 28 އިންސައްތަ ނުވަތަ 1620.9 މިލިޔަން ރުފިޔާއެވެ
އަންނައަހަރަށް ހުށަހަޅާ ބަޖެޓްގެ ރިކަރެންޓް ޚަރަދަކީ 8655.7 މިލިޔަން ރުފިޔައެވެ. އެއީ 73 އިންސައްތައެވެ.ކެޕީޓަލް ޚަރަދުވަނީ 27 އިންސައްތައަށް ދަށްވެފަ އެވެ. އެއީ 3244.6 މިލިޔަން ރުފިޔާ އެވެ
1 comment:
I wonder whether any of Noonu Atollian thought of asking their elected representatives in the people's Majlish, how much money is allocated from the public sector projects/investments (PSP/I)to Noonu Atoll for the year 2008?
Post a Comment