ސަރުކާރުން ބަހަނާ އެދައްކަނީ ހިއުމަންރައިޓްސް ކޮމިޝަނުގެ އިލްޒާމްތަކަށް ޖަވާބު ދާރީވާން ނުކެރިގެން : ޑރ.ޝަހީދު
ސަރުކާރުން ބަހަނާ އެދައްކަނީ ހިއުމަންރައިޓްސް ކޮމިޝަނުގެ އިލްޒާމްތަކަށް ޖަވާބު ދާރީވާން ނުކެރިގެން ކަމަށް ކުރީގެ ފޮރިން މިނިސްޓަރ ޑރ އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ
ޖަޒީރާއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ ޝަހީދު ވިދާޅުވީ ހުސައިން ސޮލާހުގެ މަރާގުޅިގެން ހިއުމަންރައިޓްސް ކޮމިޝަނުން ނެރުނު ރިޕޯޓުން ދިވެހި ސަރުކާރުގެ ބޮލުގައި ބޮޑެތި އިލްޒާމްތަކެއް އަޅުވާފައިވާ ކަމަށާއި އެއިލްޒާމްތަކަށް ދިވެހި ސަރުކާރުން ޖަވާބުދާރީވާން ޖެހިވަޑައިގަންނަވާނެ ކަމަށެވެ
”އެރިޕޯޓުގައި ވަރަށް ބޮޑެތި އިލްޒާމްތަކެއް ދެއްތޯ ސަރުކާރުގެ ބޮލުގައި އަޅުވާފައި އެވަނީ. އެއީ ރައްޔިތުންނަށް އޭގެ ހަގީގަތް ހާމަކޮށްދޭން ޖެހޭނެ ކަންތައްތަކެއް. ރައްޔިތުންނަށް ހަގީގަތް އަންގައިދޭން ޖެހޭނެ. އެކަމަށް ސަރުކާރުން ޖަވާބުދާރީވާން ޖެހޭނެ“ ސަރުކާރުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވި ޑރ ޝަހީދު ވިދާޅުވިއެވެ
ޝަހީދު ވިދާޅުވީ ސޮލާހުގެ ޕޯސްޓް މޯޓަމްގެ ނަތީޖާ އޭނާ ހާމަކުރެއްވި ވާހަކަ ސަރުކާރުން މިހާރު މާބޮޑު ކަމެއް ކަމުގައި ނަންގަވައިގެން އެދައްކަވަނީ ބަހަނާތަކެއް ކަމަށެވެ. އަދި އެބަހަނާތަކުގެ ބޭނުމަކީ ސަރުކާރުގެ ބޮލުގައި ހިއުމަންރައިޓްސް ކޮމިޝަނުން އަޅުވާފައިވާ އިލްޒާމްތަކަށް ޖަވާބުދާރީވެވަޑައިނުގަތުން ކަމަށެވެ
”މިހާރަކު މުހިއްމެއް ނޫން އަޅުގަނޑު އެނަތީޖާ ހާމަކުރެއްވި ވާހަކަތައް ދެއްކުމެއް. ހިއުމަންރައިޓްސް ކޮމިޝަނުގެ ރިޕޯޓް ހާމަކުރުމުގެ ކުރިންވެސް އަޅުގަނޑު އޮންނާނީ އެވާހަކަ ދައްކާފައި. އޭރުވެސް މިހާރުވެސް މިބުނަނީ ރައީސް އަންގަވައިގެންނޭ އެރިޕޯޓް ހާމަކުރީ. މިހާރު މުހިއްމީ އިލްޒާމްތަކަށް ޖަވާބު ދާރީވުން. އެވާހަކަތައް ނުނަންގަވަން އެއުޅުއްވަނީ ޖަވާބުދާރީ ނުވާންވެގެން“ ޝަހީދު ވިދާޅުވިއެވެ
No comments:
Post a Comment