Sunday, December 30, 2007

Bhutto Killing update

30 December 2007
Report: Soodh

The Pakistani al-Qaeda leader, Baitullah Mehsud denies any involvement in the assassination of opposition leader Benazir Bhutto On Friday, the Pakistani government said they had tapped telephone calls which indicate Mehsud gave the order for the attack and that al-Qaeda was behind it.

However, through a spokesperson, he has stated that it is against his tribal traditions to attack a woman. The spokesperson says there is a conspiracy between the Pakistani government, the army and the intelligence agency.

Earlier an Asian newspaper reported someone had claimed responsibility for the attack in the name of al-Qaeda.

There is also criticism of the explanation that Ms Bhutto was not hit by bullets, but died of a head wound she received when she ducked during the attack. Bhutto's party says the authorities are trying to gloss over what really happened.
Bhutto's Pakistan People's Party has also dismissed government accusations that she was killed by al Qaeda, saying President Pervez Musharraf's embattled administration was trying to cover up its failure to protect her.

Sources claim that it is a phenomenon peculiar to the South Asian continent that their leaders are assassinated. Some assassinated leaders of South Asia include Aung San, Mohandas Karamchand Gandhi, Liaqat Ali Khan, Solomon West Ridgeway Dias Bandaranaike. Sheikh Mujibur Rehman. Zulfiqar Ali Bhutto. Mohammed Daoud. Hafizullah Amin. Indira Gandhi. Zia-ur-Rehman. Zia-ul-Haq. Rajiv Gandhi. Vijaya Kumaratunga. Ranasinghe Premadasa. Gamini Dissanayake. Najibullah. King Birendra and family. Lakshman Kadirgamar and Benazir Bhutto.

ބޭނަޒީރު އަވަހާރަކޮށްލީ އަލްގައިދާތަ؟ ނޫނީ މުޝައްރަފުތަ؟

ު

ޕާކިސްތާނުގެ ބޮޑުވަޒީރުކަން ދެފަހަރެއްގެ މަތިން ކުރައްވާފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫ ބުރާސްފަތި ދުވަހު ވަނީ އަވަހާރަ ކޮށްލާފަ އެވެ. އެކަމަނާ އަވަހާރަ ކޮށްލާފައި ވަނީ މިހާރު ޕާކިސްތާނުގެ 30 އިންސައިތަ މީހުން އެޕާޓީއަކަށް ނިސްބަތްވާ ފާކިސްތާނު Pީޕަލްސް ޕާޓީގެ އެއްވުމެއްގައި ވާހަކަ ދައްކަވައިފައި ނިކުންނަވަނި ކޮށް ބަޑީގެ ހަމަލާ އެއް ދީގެން ނެވެ. ޚަބަރުތައް ބުނާގޮތުން ބުއްޓޫގެ ކަރުފުލަށާއި މެއަށްވެސް ބަޑީގެ އުންޑަތައް އަރާފައި ވެއެވެ. މީގެ 21 އަހަރުކުރިން ބައްޕާފުޅު ބުއްޓޫގެ ޕާޓީގެ ލަގަނުގައި ހިއްޕަވައިގެން ސިޔާސީ ދާއިރާއަށް ނިކުންނެވި ބޭނެޒީރު ބުއްޓޫ އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި އަދި އެހަމަލާ ދިން ފަރާތާ މެދު ދުނިޔޭގެ މީޑިޔާގައި ދަނީ ތަފާތު ގޮތް ގޮތަށް ވާހަކަ ދެކެވެމުންނެވެ

ޕާކިސްތާނުގެ ދުވަހު ބައެއް ނޫސްތަކުގައި, އެކަމާނާއަށް ހަމަލާ ދިނުމަށް ބޭނުންކޮށްފައިވަނީ އޭކޭ 47 ގެ ބަޑިއެކޭ ބުނެފައިވާއިރު އަނެއްބައި ނޫސްތަކުގައި އެސަރަހައްދުން ފިސްތޯލައެއް ފެނިފައިވާ ކަމަށްބުނެ ހަމަލާދީފައިވަނީ ފިސްތޯލަކުންކަމަށް ބުނެއެވެ

ބޭނަޒީރު އަވަހާރަ ކޮށްލާފައި މި ވަނީ އެކަމަނާ އަމިއްލަފުޅަށް އަރުވާލެއްވިގެން ގައުމުން ބޭރުުގައި 8 އަހަރު އުޅުއްވުމަށް ފަހު މި އަހަރުގެ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހު އެނބުރި ގައުމަށް ވަޑައިގަތްތާ 70 ވަނަ އަށް ވީ ދުވަހު އެވެ

އެކަމަނާ ގައުމަށް ވަޑައިގަތް ދުވަހުވެސް ވަނީ އެކަމަނާ އަވަހާރަކޮށްލަން ހަމަލާ ދީފަ އެވެ. އެހެން ނަމަވެސް އެހަމަލާއިން އެކަމަނާވަނީ ސަލާމަތްވެ ވަޑައިގެންފަ އެވެ. ޕާކިސްތާނުގެ ތާރީހުގައި, އަމިއްލަ އަށް މަރުވެގެން ދިން އެންމެ ނުރައްކާތެރި އެ ހަމަލާގައި 136 މީހުން މަރުވެފައި ވާއިރު ބޭނަޒީރު ވިދާޅުވީ މުޝައްރަފްގެ އަރިސް ބޭފުޅުންގެ ތެރޭގައި ހަނގުރާމަވެރިންނަށް ވަފާތެރި މީހުން އެބަ ތިބި ކަމަށާއި އެ ހަމަލާގެ ފަހަތުގައި ވަނީ އެ ފަދަ މީހުން ކަމަށެވެ. އެހަމަލާ އާ ގުޅިގެން ބުއްޓޫ ވިދާޅުވެފައި ވަނީ އެ ހަމަލާ ދިން މީހުންގެ މަގުސަދަކީ ޕާކިސްތާނަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ޑިމޮކުރަސީއަށް ހުރަސް އެޅުން ކަމަށެވެ

އެމެރިކާގެ ރެޑްކްލިފްޓް ކޮލެޖާއި ހަވާޑު ޔުނިވާސިޓީން މަތީތައުލީމު ހާސިލުކޮށްފައިވާ ބުއްޓޫ އަވަހާރަކޮއްލި ބަޔަކާއި ބެހޭ ގޮތުން ނިއުޔޯކުޓައިމްސް ގައި ޕާކިސްތާނުގެ ސަރުކާރާއި ހަވާލާދީ ލިޔެފައިވަނީ އެކަމަނާ އަވަހާރަކޮށްލާފައި ވަނީ ސައިކަލެއްގައި އައި ދެމީހުން ކަމަށާއި އެކަން ކުރުމަށްފަހު އެދެމީހުން އަމިއްލައަށް ޖާނުގޮއްވާލައިގެން މަރުވެފައިވާ ކަމަށެވެ. ނަމަވެސް މަންޒަރުދުއް ބައެއް މީހުންނާ ހަވާލާދީ ޕާކިސްތާނުގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި އެވަގުތު އެތަނަށް އެފަދަ މީހަކު ވަދެ ހަމަލާއެއް ދިނުމަކީ ވާނެކަމެއް ނޫންނެވެ. ސަބަބެއް ކަމަށް އެމީހުން ބުނަނީ އެވަގުތު އެސަރަހައްދުގައި މީހުން ޖަމާވަފައި އޮތްވަރުން ސައިލެއްގައި އައި މީހަކަށްވެސް ބުއްޓޫ ނުފެންނާނެ ކަމަށެވެ. މިހެން ކަމުން އުފެދޭ ސުވާލަކީ ޕާކިސްތާނު ސަރުކާރުން އެބުނާ ގޮތަށް އެކަން ކޮށްފައި ވެދާނެ ބައެވެ.؟ ބުއްޓޫ އަވަހާރަކޮށްލީ ކޮންފަރާތެއްގެ އަތެއް އެކަމުގައި އޮވެގެންބާ އެވެ؟

ދެން އުފެދޭ ސުވާލަކީ އަލްގައިދާއިން ބުއްޓޫއަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައިވާއިރު, އެކަމަނާގެ ސަލާމަތީ ކަންކަން އެހާ ދޯދިޔާކޮށް ހުރީ ކީއްވެ ހެއްޔެވެ؟ އަލްގައިދާއިން ކަމަށް ބުނާ ބަޔަކު މީގެ ކުރިންވެސް ހަމަލާ ދިފައިވާ އިރުވެސް ސަލާމަތީ ކަންތައްތައް އެފެންވަރުގައި ހުރީ ކީއްވެގެން ހެއްޔެވެ؟

ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި ދީނީ ހަރުކަށި ޖަމާއަތްތަކުގެ ނުރުހުން ބޭނަޒީރަށް އަމާޒުވެފައި ވިޔަސް, ބޭނަޒީރު އަވަހާރަކޮށްލުމަކީ އެ ޖަމާއަތްތަކަށް ފައިދާއެއް ކުރާނެ ކަމެއްތޯ މިއީ އުފެދޭ ސުވާލެކެވެ. މޮޑަރޭޓް އުސޫލުތަކަށް ތާއީދު ކުރައްވާ ބޭނަޒީރު އަލުން ވެރިކަމަށް ވަޑައިގެންފި ނަމަ, ދީނީ ގޮތުން ހައްދުފަހަނަޅައި ދިއުމާ ދެކޮޅަށް މަސައްކަތްކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައި ވާއިރު ބައެއް ފަރާތްތަކުން ބުނަނީ ބޭނަޒީރުގެ ލެޔަށް ފެން ބޮވައިގެންފައި ވަނީ ދީނީ ހަރުކަށި ޖަމާއަތްތައް ކަމަށެވެ. އެއީ ބޭނަޒީރުގެ ވެރިކަމެއްގައި ހަނގުރާމަވެރިންގެ އާރާއި ބާރު ކެނޑިގެން ހިނގައިދާނެ ކަމުގެ ބިރަށެވެ. ނަމަވެސް އަނެއްކާ ވެސް އުފެދެނީ އެހެން ސުވާލެކެވެ. ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފަކީ ވެސް ދީނީ ގޮތުން މެދު މިނުގެ ވިސްނުންފުޅު ގެންގުޅުއްވާ ބޭފުޅަކަށް ވާއިރު އޭނާ އަށް ހަނގުރާމަވެރިންގެ އިންޒާރުތައް ކުރިމަތި ނުވަނީ ކީއްވެހެއްޔެވެ؟

ބުރާސްފަތި ދުވަހު ބޭއްވި އެޕާޓީގެ އެއްވުމެއްގައި ތަގުރީރު ކުރެއްވުމަށް ފަހު ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް ބަޑިން ހަލަދީ އަވަހާރަކޮށްލި ބުއްޓޫ ފަސްތާނުލާވާފައި ވަނީ އެކަމަނާގެ އައިލާގެ ގިނަ ބޭފުޅުންގެ މަގުބަރާ ހުރި ޒިއާރަތުގަ އެވެ

އާއިލާގެ ގިނަ ފުޅުން ފަސްތާނު ލައްވާފައިވާ މި ތިން ގުއްބު ލީ ޒިޔާރަތުގައި އެކަމަނާގެ ސަންދޯންކޮޅު ތިރިކުރި އިރު ފިރިކަލުން އާސިފް ޒަރުދާރީ ކީރިތިކުރައްވަމުން ގެންދެވި އެވެ

ބޭނަޒީރުގެ ޕާކިސްތާން ޕީޕަލްސް ޕާޓީގެ ދިދައިގައ ހިމެނޭ ކަޅާއި ފެއްސާއި ރަތް ކުލައިގެ ފޮތިން ފޮރުވާފައިވާ ސަންދޯއްކޮޅު ގެނައި އިރު އެއްވެފައި ތިބި ސަޕޯޓަރުން ހަޅޭއްލަވަމުން ގެންދިޔަ އެވެ. ޕާކިސްތާނު ސަރުކާރުން އަލްގައިދާގެ ބޮލުގައި ބުއްޓޫ މަރުގެ ތުހުމަތު އަޅުވަމުން ދިޔަ ނަމަވެސް ބުއްޓޫއަށް ސަޕޯޓުކުރާ ފަރާތްތަކުން ބުނަމުން ގެންދަނީ މިމަރުގެ ޒިންމާ އުފުލަންޖެހޭނީ ޕާކިސްތާނުގެ ރައީސް މުޝައްރަފް ކަމަށެވެ

ބުއްޓޫ އަވަހާރަކޮށްލުމާ ގުޅިގެން މުޅި ޕާކިސްތާނުގައި ހަމަނުޖެހުންތައް ހިގައި މުޅިގައުމު ހުއްޓުމަކަށް އައިސްފައި ވާއިރު މިހާތަނަށް ވަނީ 32 މީހުން މަރުވެފަ އެވެ. ބުއްޓޫގެ މަރާ ގުޅިގެން ޕާކިސްތާނު އަސްކަރިއްޔާއިން ވަނީ އެގައުމުގައި ސަލާމަތީ ކަންތައްތައް ވެސް ވަރަށް ވަރުގަދަކޮށްފަ އެވެ

ބޭނަޒީރު ބުއްޓޫ އަވަހާރަ ކޮށްލުމާ ގުޅިގެން ދުނިޔޭގެ އެކިކަންކޮޅު ތަކުން ދަނީ އެކަންކުއްވެރި ކުރަމުންނެވެ. އެގޮތުން އެމެރިކާ އާއި ރަޝިޔާ އަދި އިގިރޭސި ވިލާތްފަދަ ގައުމުތަމުގެ ލީޑަރުންވެސް ވަނީ މިކަންތައް ކުއްވެރިކޮށް ފައެވެ

No comments: