Sunday, December 23, 2007

ސޮލާހުގެ ޕޯސްޓްމޯޓަމް ރިޕޯޓާ ބެހޭ ގޮތުން ސަރުކާރާ ޑރ.ޝަހީދުއާ ދެމެދު ހިނގާ ބަހުގެ ހަނގުރާމަ: ފޯނު މެދުވެރިކޮށް ދެއްކެވި ވާހަކަތައް އާއްމުކޮށްފި ނަމަ ނަޝީދު އެވިދާޅުވާ ވާހަކަތަކަކީ ދޮގުކަން ފަޅާއަރާނެ : ޑރ. ޝަހީދު


ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބުދުލް ގައްޔޫމާއި ޑރ. އަހުމަދު ޝަހީދު (ސޮލާހުގެ ޕޯސްޓް މޯޓަމް ހެދިދުވަސްވަރު) ސިންގަޕޯރުގައި ހުންނަވާ ދައްކާފައިވާ ވާހަކަތައް އާއްމުކޮށްފި ނަމަ ޞަލާހުގެ ޕޯސްޓްމޯޓަމް ރިޕޯޓާ ބެހޭ ގޮތުން އިންފޮމޭޝަން މިނިސްޓަރު މުހަންމަދު ނަޝީދު ދައްކަވާ ވާހަކަތަކަކީ ދޮގުކަން ފަޅާއަރާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު މިއަދު ވިދާޅުވެއްޖެ އެވެ

ޞަލާހުގެ ޕޯސްޓްމޯޓަމް ރިޕޯޓުގައިވާ މައުލޫމާތު އާންމު ކުރުމަށް ރައީސް މައުމޫން ޑރ ޝަހީދަށް ހުއްދަ ދެއްވާފައި ނުވާކަމަށް ރިފޯމް މިނިސްޓަރު ނަޝީދުގެ ބްލޮގްގައި ވިދާޅުވެފައި ވާތީ ޑރ. ޝަހީދަށް ޖަޒީރާއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަހީދު ވިދާޅުވީ ސަލާހުގެ ޕޯސްޓް މޯޓަމް ރިޕޯޓް އާއްމުކުރީ ރައީސް ސީދާ ގުޅުއްވާފައި އެކަން ކުރެއްވުމަށް އެދިވަޑައިގަތުމުން ކަމަށެވެ

” އަޅުގަނޑު އޭރު ހުރީ ސިންގަޕޯރުގައި. ރައީސްވެސް ހުންނެވީ ސިންގަޕޯރުގައި. ނަޝީދު ހުންނެވީ މާލޭގައި. ރައީސް ސީދާ އަޅުގަނޑަށް ގުޅާފައި ވިދާޅުވީ ރިޕޯޓްލިބިއްޖެ ކަމަށާއި އެ ރިޕޯޓް ވަރަށް ރަނގަޅުކަމަށް. އަވަހަށް އެ އާއްމުކުރެއްވުމަށް. އިރުކޮޅެއް ފަހުން މުހަންމަދު ހުސައިން ގުޅުއްވާފައި ވެސް އެވާހަކަ ވިދާޅުވީ. އަޅުގަނޑު ބުނިން ތަސްމީނު ހުންނެވީ އެގޮތަކަށް ނޫނޭ. ދެން މުހަންމަދު ހުސައިން ވިދާޅުވީ ރައީސް މިހާރު ތަސްމީނަށް އެބަގުޅުއްވައޭ. އަވަހަށް އެ ރިޕޯޓް ބޭރު ދުނިޔެއަށް އާއްމު ކުރައްވާށޭ. ރައީސް ފަހުންވެސް ރައީސް ހުންނެވި ހޮޓަލުގެ ފޯނުން ގުޅުއްވި. އަދި ރިޕޯޓް އާއްމުކުރެއްވުމަށް ވިދާޅުވި.“ ޝަހީދު ވިދާޅުވި އެވެ

ޝަހީދު ވިދާޅުވީ ސިންގަޕޯރުގެ އެހޮޓަލުގެ ނަމްބަރުން ދެއްކެވި ވާހަފުޅުތައް ރިކޯޑްވެފައި ހުންނާނެ ކަމަށާއި އެވާހަކަތައް އާއްމުކުރެއްވުމަށް ފަހު ހުވާކުރައްވަން ކެރިވަޑައިގަންނަވާނަމަ އެކަންވެސް ކުރެއްވިދާނެ ކަމަށެވެ

” ރައީސް އާއި އަޅުގަނޑާ ދައްކާފައި ހުރި ވާހަކަތަކުގެ ރެކޮޑިން އާއްމުކޮށްފިނަމަ ނަޝީދުގެ ބްލޮގްގައި އޭނާ ދައްކަވާ ވާހަކަތަކުގެ ދޮގުކަން ފަޅާއަރާނެ.“ ޑރ. ޝަހީދު ވިދާޅުވި އެވެ

އަމިއްލަ އިންޓަރނެޓް ބްލޮގުގައި މިމަހުގެ އެކާވީސްވަނަ ދުވަހު ލިޔުއްވާފައިވާ ލިޔުއްވުމެއްގައި ނަޝީދު ވިދާޅުވެފައިވަނީ ހުސެން ޞަލާހުގެ މައްސަލައިގާ ޑރ ޝަހީދާ އެކަން ނުބައްސަވައި ހޯމް މިނިސްޓަރ ތަސްމީންގެ މަޝްވަރާގެ މަތިން އެކަން ކުރިއަށް ގެންދެވުމަށް ރައީސް ވިދާޅުވި ކަމަށާއި އަދި ރިޕޯޓްގައިވާ މައުލޫމާތު އާއްމު ކުރުމަށް ހަމަޖެހިފައިވަނީ ހޯމް މިނިސްޓަރު ތަސްމީނު ކަމަށެވެ

ނަޝީދުގެ ބްލޮގުގައި, ޞަލާހުގެ މަރުގެ މައްސަލައިގާ ހަރަކާތްތެރި ވަމުން ގެންދިޔަ ކޮމިޓީއާއި ޑރ ޝަހީދާއި ދެމެދު މައިގަނޑު ތިން މައްސަލައެއް ޖެހުނުކަމަށް އޭނާގެ ވިސްނުމަށް އަންނަ ކަމުގައި ވިދާޅުވަމުން ނަޝީދު ވިދާޅުވެފައި ވަނީ އެންމެ ފުރަތަމަ ކަމަކަށް ނަޝީދު ފާހަގަކުރައްވާފައި ވަނީ އާސަހަރާ ސަރަހައްދުގައި ހިނގި ހަމަނުޖެހުމުގައި އަންނި ހައްޔަރު ކުރުމުން ނުހަނު އަވަހަށް އޭނާ ދޫކޮށްލާނެކަމަށް ޑރ ޝަހީދު މިނިވަން ނިއުސްއަށް މައުލޫމާތު ދެއްވުމެވެ. މިކަމުގެ ސަބަބުން އަންނި ހައްޔަރު ކުރުމުގެ އަސްލު މަގުސަދު ގެއްލުނުކަމަށް ނަޝީދު ވިދާޅުވެފައި ވެއެވެ. އަންނި ހައްޔަރުކުރުމުގެ މަގުސަދަކީ މާލެ ތެރޭގައި އަމަން އަމާންކަން ގާއިމް ކުރުން ކަމަށް ނަޝީދުގެ ބްލޮގްގައި ވިދާޅުވެފައި ވެއެވެ

ދެވަނަ މައްސަލައެއްގެ ގޮތުގައި ނަޝީދު ފާހަގަކުރައްވާފައި ވަނީ ސަލާހުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހައްދަން ރާއްޖެއިން ބޭރަށް ގެންދިޔުމުގައި ދިމާވި ކަންތައްތައް ކަމަށް ނަޝީދު ވިދާޅުވެފައި ވެއެވެ. ޞަލާހުގެ އާޢިލާއިން ބޭނުންވީ އެމީހުން އަމިއްލަ ޚަރަދުގައި ރާއްޖެއިން ބޭރުން ޞަލާހުގެ ޕޯސްޓު މޯޓަމް ހެދުމަށެވެ

ނަމަވެސް މިމައްސަލައަކީ ޖިނާޢީ ތަހުގީގީ މަރުހަލާގައިވާ މައްސަލައެއްކަމަށްވާތީ ޞަލާހުގެ ހަށިގަނޑު އާޢިލާއާ ހަވާލު ނުކުރާނެކަމަށް ނިންމީ ކަމަށާއި ނަމަވެސް ސަރުކާރުގެ ފަރާތުން އާއިލާއިން އެދޭނަމަ ޞަލާހު ހަށިގަނޑު ބޭރަށް ގެންގޮސްގެން ޕޯސްޓްމޯޓަމް ހެއްދޭ ގޮތަށް ހަމަޖައްސައި ދެވުނު ކަން ނަޝީދު ފާހަގަ ކޮށްފައިވެ އެވެ. ތިންވަނަ ކަމެއްގެ ގޮތުގައި ނަޝީދު ފާހަގަކުރައްވާފައި ވަނީ ޕޯސްޓް މޯޓަމް ރިޕޯޓް އާންމު ކުރުމުގެ މައްސަލައެވެ

މިރިޕޯޓާއި އަދި އޭގެ ނަތީޖާއާ ބެހޭ ގޮތުން އެކޮމެޓީއަށް މައުލޫމާތެއް ލިބުނީ މިރިޕޯޓު މީޑިޔާއަށް އާންމުވުމުގެ ކުޑަ ހިނދުކޮޅެއްގެ ކުރިން ކަމަށް ނަޝީދު ވިދާޅުވެފައި ވެއެވެ. ނަމަވެސް ސަރުކާރުން ނުވަތަ ކޮމިޓީން އެއްބަސްވީ އާއިލާއަށް އެންގުމަށްފަހު އަދި ރިޕޯޓުގެ ކޮޕީއެއް އާއިލާއާ ހަވާލު ކުރުމަށްފަހު ނޫނީ އެރިޕޯޓު އާންމު ނުކުރުމަށް ކަމުގައި ނަޝީދު ވިދާޅުވެފައި ވެއެވެ

”ޑރ ޝަހީދު އަމިއްލައަށް އެރިޕޯޓުގެ މައުލޫމާތު މީޑިޔާއަށް ހާމަކުރީ މިނިވަން ނިއުސްގައިވާ ލިޔުމުގައި ބުނެފައިވަނީ އެމީހުންނަށް އެޚަބަރު ޑރ ޝަހީދު އަމިއްލައަށް ގުޅާފައި ދިނިއްޔޭ. މިކަމާ ގުޅިގެން މައްސަލަ އިތުރަށް ގޯސްވީ.“ ނަޝީދު ވިދާޅުވެފައި ވެއެވެ

ރައީސްގެ ތަރުޖަމާނު މުހަންމަދު ހުސައިން ޝަރީފް ވިދާޅުވީ ޕޯސްޓް މޯޓަމް ރިޕޯޓް އާއްމު ކުރެއްވީ ޑރ. ޝަހީދު ކަމަށާއި އެއީ ރައީސް
އަންގަވައިގެން ކުރެއްވި ކަމެއް ނޫން ކަމަށެވެ

ކިޔުންތެރިންގެ ޚިޔާލު


  1. ިމިނިސްޓަރ ނަޝީދުގެ ކަންތައް ތައް މިހާރު މިފެންނަގޮތުން ވަރަށް އަވަހަށް އެމަނިކުފާނުވެސް ސަރުކާރު ދޫކޮށް އިންތިޤާލީ އިއްތިހާދާއި ގުޅިދާނެ


  2. ނަޝީދުގެ ވާހަކަތަކަކީ މިފަހަކަށް އައިސް ވަރަށް ތާކުންތާކު ނުޖެހޭވާހަކަތަކެއްކަން ފާހަގަކުރެވޭ. އެހެންވާނީ ނުހައްގު ހައްގަށް ހަދަން އުޅެންޏާ. ނަޝީދަށް ކިހިނެއްބާ އެނގިވަޑައިގަތީ މުންދު ދައްކާވާހަކައަކީ ސައްތައިން ސައްތަ ތެދުކަން. ނަޝީދަށް އަޑުނުފޯރާހިސާބުގައި ވާހަކައެއް ނުދެކެވޭނެކަމަށް ޤަބޫލުކުރައްވަނީބާ. އަނެއްފަހަރަކު ވިދާޅުވާނެ ތީމުގެ ބަޖެޓުގަ 65 މިލިއަން ޖެހުމަކީ ހައިރާންވާން ޖެހޭވަރުކަމެއްނޫނޭ އަދި އެކަށީގެން ނުވާ ދެތަނެއް އަޅުވާ ކިއުއްވީވެސް އެކަން ޖަސްޓިފައި ކުރެއްވުމަށް. އަޅުގަނޑު ނަޝީދަށް ދޭންއޮތް ލަފަޔަކީ ނަޝީދަކީ ޤާނޫނީ ޤާބިލު ބޭފުޅެކޭ. އެކަމަކު އުވެމުންދާ ސަރުކާރެއް ދިފާޢުކުރެއްވުމަށްޓަކައި އައްޑަނައަކަށް ވެގެން ހުންނަވާނަމަ ހުރިހާ ވޭނަކާ ތަދެއް އިޙްސާސްވާނީ ހަމަ ނަޝީދަށް އަދި އާޚިރުގައި ވާނެ މަންފާއެއްވެސް ނުއޮންނާނެ


  3. މިހާރު ހުރިހާ ޑޮކްޓަރުންގެ ބަހުންވެސް ސާފުވާގޮތުގައި އެރިޕޯރޓް އާންމުކުރެވިފައިވަނީ ރައީސް މައުމޫނު ވިދާޅުވެގެން ކަންއެގެއެވެ. މިމަރަކީ ރައީސް ޒިންމާ އުފުއްލަވަން ޖެހޭމަރެއްކަން ޔަޤީންވާ އަނެއްސަބަބަކީ މިމަރުގެ މައްސަލަ މިއަދާއިހަމަޔަށްވެސް ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ބައްލަވާފައި ނުވާހިދު މިމަރަކީ ސީދާ ރައީސާއި ގުޅުންހުރި މައްސަލައެއްކަމުގައި ބުނެވިދާނެއެވެ. އެހީ އަސާސީގައިވާ ގޮތުން ރައީސަކީ އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ މަތީވެރިޔާއެވެ. ޝުކުރިއްޔާ


  4. ސަހީދުގެ ވާހަކަތަކަކީ މިފަހަކަށް އައިސް ވަރަށް ތާކުންތާކު ނުޖެހޭވާހަކަތަކެއްކަން ފާހަގަކުރެވޭ. އެހެންވާނީ ނުހައްގު ހައްގަށް ހަދަން އުޅެންޏާ. ސަހީދަށް ކިހިނެއްބާ އެނގިވަޑައިގަތީ މުންދު ދައްކާވާހަކައަކީ ސައްތައިން ސައްތަ ދޮގުކަން. ސަހީދަށް އަޑުނުފޯރާހިސާބުގައި ވާހަކައެއް ނުދެކެވޭނެކަމަށް ޤަބޫލުކުރައްވަނީބާ. ސަހީދުގެ ކަންތައް ތައް މިހާރު މިފެންނަގޮތުން ވަރަށް އަވަހަށް އިންތިޤާލީ އިއްތިހާދު ދޫކޮށްލާނެ


  5. ނަޝީދައް ޔަގީނުންވެސް ނޭގުނު ސަލާހުގެ މަރުގެ ޚަބަރު ލިބުމާއިއެކު މައުމޫނު ފުރައިގެން ސިންގަޕޫރައް ގޮސް މޮންދު މާލެ ފޮނުވިކަން. އެހެންވީމާ ހުރިހާ ކަމެއް އެންމެ ރަގަޅައް އެގޭނީ މުންދުއައް. ނަޝީދު މިހާރު ދަލުބޭރުން ޖެހެނީ. މައުމޫނުކަން ހުރިހާ ނިންމުމެއް ނިންމީ، އަދި އެ ކަމުގެ ޒިންމާ ނަގަން ޖެހެނީ އޭނާ ކަން މުންދުއާއި ޑރ. ހަސަނަށް އެގޭނެ. އިއްބެ


  6. ނަޝީދަކީ ޤާނޫނީ މީހެއް ނަމަވެސް، އޭނާގެ ޤާބިލުކަމާމެދު ސުވާލު އުފެދޭ.. އޭނައަށް ހީވަނީ ދިވެހި ސަރުކާރަކީ އޭނަހެން. އެހެން މިނިސްޓަރުން ކުރަންޖެހޭ ކަންތަކާއި ނުކުރަންޖެހޭކަންތައްވެސް އެނގެނީ ހަމަ ނަޝީދަށް


  7. ނަޝީދާއި ނުބެހޭއެއްކަމެއްވެސް މިހާރުނެތް. އެމަނިކުފޢނުގެ އަމިއްލަފުޅު ސައިޓްގައި ސަރުކާރުގެ ސިޔާތާއި ވިސްނުންހުރިގޮތްވެސް ލިޔަމުން މިއަންނަނީ، ކުރިން މިގޮތަށް އުޅުއްވި ފަރާތްތަކަށް ވީގޮތުން އިބްރަތް ލިބިގަންނަށް އެބަޖެހޭ. ސަރުކާރު ދިފާއުކޮށް ވާހަކަ ދަށްކަން ހަދައިގެން ނަސީދުގެ އިތުބާރުވެސް ކުޑަވަމުން މިދަނީ


  8. ނަޝީދާއި ނުބެހޭއެއްކަމެއްވެސް މިހާރުނެތް. އެމަނިކުފޢނުގެ އަމިއްލަފުޅު ސައިޓްގައި ސަރުކާރުގެ ސިޔާތާއި ވިސްނުންހުރިގޮތްވެސް ލިޔަމުން މިއަންނަނީ، ކުރިން މިގޮތަށް އުޅުއްވި ފަރާތްތަކަށް ވީގޮތުން އިބްރަތް ލިބިގަންނަށް އެބަޖެހޭ. ސަރުކާރު ދިފާއުކޮށް ވާހަކަ ދަށްކަން ހަދައިގެން ނަސީދުގެ އިތުބާރުވެސް ކުޑަވަމުން މިދަނީ


  9. މީގައި ބޮޑަށް ގަބޫލު ކުރެވެނީ ޝަހީދުގެ ބަހެވެ


  10. މި މައްސަލައިގައި އެއްގޮތަކަށްވެސް ޝަހީދުގެ ވާހަކަ ޤަބޫލުކުރެވޭކަށްނެތް. އެންމެންނަށްވެސް އެގޭކަމެއް ޝަހީދަކީ ވަރަށް ގިނައިން ދޮގު ހައްދަވާފައިވާ ބަހުގެ އިތުބާރުނެތް ބޭފުޅެއްކަން. ސަރުކާރުގައި އުޅުއްވިއިރު ރައީސް މައުމޫނުވަރެއް ނެތް. މިހާރު އެދައްކަވާ ވާހަކަ އާއި ކުރިން ދެއްކެވި ވާހަކަ އުޑާބިމާހާ ތަފާތު. މި މައްސަލައިގައި ގިނަ ބަޔަކު ބުނާ އެއްޗެއް ޤަބޫލުކުރަން ރަނގަޅީ. ޝަހީދުގެ އެންމެ ގާތް އެކުވެރިޔާ ޑރ. ޙަސަން ސަޢީދުވެސް އެއްޗެއް ވިދާޅުނުވަނީ ޝަހީދު ދޮގު ހަދާތީ. ރައީސް މައުމޫން ޝަހީދު ކައިރި ރިޕޯޓް އާންމު ކުރެއްވުމަށް ދަންނަވާފައި އޮވެދާނެ. އެކަމަކު އެއީ އާއިލާއަށް ރިޕޯޓްދީ އަދި ހޯމް މިނިސްޓަރ ރިޕޯޓް އިއުލާންކުރައްވާ ފަހުން ކަމަށް ވެދާނެ. ޞޮލާޙުގެ މަރުގެ މައްސަލައަކީ ވަކި މީހެއްގެ ބޮލުގައި އެޅުވޭނެ ޒިންމާއެއްނޫން. ފުލުހުންގެ ތަހުގީގުންނާއި ހިޔުމަންރައިޓްސް ކޮމިޝަންގެ ތަހުގީގުންވެސް އެއްވެސް ބައެއްގެ މައްޗަށް ތުހުމަތެއް ކުރެވިފައެއްނުވޭ. ފޮރެންސިކް ތަހުލީލް ތަކުން ދައްކަނީ އޭނާއަށް ޖިސްމާނީ އަނިޔާއެއް ވެފައިނެތްކަމަށް. އަދި އޭނާ މަރުވީ ގެނބިގެންކަމަށް. = މައުލާނާ


  11. ނަޝީދު ފެއިލްވެއްޖެ އެވެ. ބަޔެއްފަހަރު މޮޔަ ގޮވެއެވެ. މަބޮޑޭ ވެވެނީއެވެ


  12. ނަޝީދުގެ ވާހަކަ ވަރަށް ހަރުދަނާ. ޝަހީދުގެ ވާހަކަ ގަބޫލު ނުކުރެވެނީ އެކަމުގެ މަހައްލުގައި(ވަގުތުގައި) އޭނާ މިހާރު އެދައްކާ ވާހަކައާއި ދިމާނުވާ ގޮތަށް އޭނާގެ އަމަލާ ވާހަކަ ހުރުމުން ކަމުގައި ދިވެހިންގެ ގިނަބަޔަކު ގަބޫލު ކުރޭ. "ޑަބަލްޓޭޕް"


  13. އަހަންނަށްވެސް މިހާރު ޔަޤީންވެއްޖެ ނަޝީދު ދެން އަޖަލު ހަމަވަނީކަން އެހެން މާބޮޑަށް ކުކުޅަށްވުރެ ބިސްދޮށިވެގެން އުޅެނިކޮށް މައުމޫނު މީނައަށްވެސް އެބަ ފޮޅާލާނެ އެހިސާބުން ޝަހީދުމެން ހަސަންސައީދު މެންހެން ބަދަލުވާން މަޖުބޫރުވާނެ، މި ދެމީހުނަކީ މިހާތަނަށް ނަޝީދަށްވުރެ ވަރުދެއްކި ދެމީހުން ،ވަރަށް އަވަހަށް ކުޓީނަޝީދުވެސް ހަމަބިމަށް ތިރިވާނެ ، ނަޝީދުމެން މާއަވަހަށް ތެޅިގަންނަނީވިއްޔަ އެހެން އެވަނީ ސިޔާސީ މައިދާނަށް ޅަވީމަ މިހާރު މީހަކުދޭ ނަސޭހަތެއްވެސް ނާހާނެ އެހެރީ ކުރީގަ ތިބިމީހުންހެން އެއްގޯސްވެފަ އަހަންނަށް ފެންނަނީ އަލާ ކެޑެންދެކަށް ނަޝީދުވެސް ބަހައްޓާލަން ، ދުވަސްކޮޅަކުން މައުމޫނާ ދިމާލަށް ކަލޭ އަކަށް ހުވާކުރާކަށް ނުކެރޭނެއޭ ގޮވަން ފަށާނެ، އެދުވަހުން ތިބޭފުޅުން ހިނިފުޅު ވަޑުވަންތިއްބަވާ ވަރަށްކުޅިވަރު ހުންނާނެ، ފެކްޓް ގަޔާ ދިމޯލްޑިވިއަނުގައި މިސޮރުގެ ފަތިފުށް ލިޔާނެ ރަންކުލައިގެ ދަތެއްޖަހައިގެން ހުންނަ ވަރަށްފަލަމީހަކު ގެ ކާޓޫނުތައްފެންނަންފަށާނެ އެދުވަހުން ނަޝީދުގެ ޕްރެޝަރު ކޮންޓްރޯލު ކުރެއްވޭތޯ ތިބޭފުޅުންވެސް އެހީއެއްވެދެއްވާތި، ނޫނީ އެއީ ވަރަށް އުމުރު ކުރު ކުއްޖަކަށްވެދާނެ


No comments: