Friday, December 28, 2007

ފިއްލަދޫ އޮފީސް ހިސޯރުކުރުން: ފުލުހުން ގެން ގޮސްގެން އޮފީސް ހުޅުވަން ޖެހިދާނެ ކަމުގެ އިންޒާރު އަތޮޅުވެރިޔާ ދެއްވައިފި


މިމަހުގެ ތިންވަނަ ދުވަހުން ފެށިގެން ހިސޯރު ކޮށްފައިވާ ހއ. ފިއްލަދޫ އޮފީސް ހުޅުވިޔަ ނުދީ ތިބޭތާ 24 ދުވަސް ވެއްޖެކަމަށާއި ދެން އެކަން ހައްލުކުރެވޭނީ ފުލުހުންގެ އެހީއާ އެކުކަމަށް އެ އަތޮޅުގެ އަތޮޅުވެރިޔާ މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ

ރަޝީދު ވިދާޅުވީ ފިއްލަދޫއަށް ފައިސާ ބެހުމުގެ މައްސަލާގައި ފިއްލަދޫ އޮފީސް ބަންދުކޮފައިވާތީ އެކަންތައްތައް ސަރުކާރުގެ އިސް ފަރާތްތަކުގެ ސަމާލުކަމަށް ގެންނަވާފައިވާ ކަމަށެވެ. އަދި އެޓޯލްސް މިނިސްޓްރީ މެދުވެރިކޮށް ފުލުހުންނަށްވެސް މައްސަލަ އަންގާފައިވާ ކަމަށް އަތޮޅުވެރިޔާ ވިދާޅުވި އެވެ

” ފިއްލަދޫން ކޮންމެ ފަހަރަކުވެސް ކަންތައްތައް ކުރަމުންދަނީ މިގޮތަށް. މިހާރު ހަތަރު ފަސް ފަހަރެއްގެ މަތިން އެތަނަށް އެކިއެކި ސާވޭތައް ކުރުމަށް މީހުންވަނީ ފޮނުވިފައި. އެހެން ނަމަވެސް ރައްޔިތުން ހަޅެއް ފަޅޭއް ޖަހައިގެން އެކަން ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފައި. އެހެން ކަމުން އެފަދަ ބަޔަކު ބިރުދައްކައިގެން ފަސްޖެހޭ ގޮތަކަށް ނޫން މިތިބީ.“ އަތޮޅުވެރިޔާ ވިދާޅުވި އެވެ

އަތޮޅުވެރިން ވިދާޅުވީ އެންމެ ފަހުން ގޮތެއް ނިންމުމުގެ ފުރުސަތު ދިނުމުން ރައްޔިތުންގެ ވޯޓުން ނިންމީ ފައިސާތައް ހަމަހަމައަށް ބެހުމަށް ކަމަށެވެ. އެހެން ނަމަވެސް ސުނާމީ ފައިސާތައް ހަމަހަމައަށް ނުބެހޭނެ ކަމަށް އަތޮޅުވެރިޔާ ވިދާޅުވި އެވެ

އަތޮޅުވެރިޔާ މިއަދު ވިދާޅު ވަކި އުސޫލެއްގެ މަތިން މި މަހު ކުރީކޮޅުން ފެށިގެން ފިއްލަދޫ ރައްޔިތުންނަށް ފައިސާ ބަހަން ފަށައިފައި ވާކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ, ރަށު އޮފީސް ބަންދުކޮށްގެން ރައްޔިތުން ތިބި ތިބުމަށް އަތޮޅު އޮފީހުން ކުރެވޭނެ ކަންތައް ތައްވެސް އެބަހުރި ކަމަށާއި ހައްތާވެސް މިތިބެނީ ރައްޔިތުންނަށް ދެރަގޮތެއް ކުރިމަތި ވިޔަ ނުދޭން ކަމަށެވެ

” ދެން މިއޮތީ ބަންދު ދެދުވަސް. އެއަށް ފަހު ސަރުކާރު ހުޅުވުމުން އެންމެ ފަހުގެ ކަންތައްތައް ކުރުމަށް ކުރިމަތި ލާނަން.“ ރަޝީދު ވިދާޅުވިއެވެ

ރަޝީދު ވިދާޅުވީ އޮފީސް ދޮށުގައި އެއްވެގެން ތިބޭ މީހުން ފުލުހުން ގެންގޮސް ރޫޅައިލަން ޖެހިދާނެ ކަމަށެވެ

އަތޮޅުވެރިޔާ އިތުރަށް ވިދާޅުވީ ކަތީބަކީ އެއްވެސް ކެރޭ މީހެއް ނޫންކަމަށާއި ކަމެއް ކުރަން ޖެހިއްޖިއްޔާ ޖެހިލުން ވެގެން ނުވާނެކަމަށެވެ

” އެމީހުން އެތިބެނީ އޮފީސް ދޮށުގައި. ހަމަ ކަތީބު ގޮސް އޮފީސް ހުޅުވާން ވީނު. ކަންތައްތައް ކުރެވޭނީ ކުރިމަތިލައިގެން ކެރިގެން. އެމީހުން އޮފީސް ދޮށުގައި ތިބެއޭ ކިޔާފައި ނުހުޅުވާ ހުއްޓަކަސް ކަމެއްނުވާނެ“ އަތޮޅުވެރިޔާ ވިދާޅުވިއެވެ

ފިއްލަދޫ ކަތީބު އަހުމަދު ފުވާދު ވިދާޅުވީ އެރަށު އޮފީސް ބަންދުކޮށްފައިވާ މައްސަލަގައި ޒިންމާ ނަނގަން ޖެހޭނީ އަތޮޅު ވެރިޔާ ކަމަށެވެ. އަދި އެ މައްސަލަ މިހާރުވެސް ބޮޑު ކުރުމަށް މަސައްކަތް ކުރަމުން ދަނީ އަތޮޅުވެރިޔާ ކަމަށެވެ

ސުނާމީގައި ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން އެ ރަށަށް ދޭ ފައިސާ ބެހުމަށް ސަރުކާރުން ހަމަޖެއްސެވި ގޮތާ މެދު ހިތްހަމަނުޖެހި, މިދިޔަ އަހަރު ތެރޭގައި ވެސް ދެ ފަހަރެއްގެ މަތިން ރައްޔިތުންގެ ބަޔަކު ނުކުމެ ފިއްލަދޫ އޮފީސް ބަންދުކޮށްފައިވެ އެވެ


    ކިޔުންތެރިންގެ ޚިޔާލު

  1. ސުނާމީގައި ފިއްލަދޫ އަށް ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި އެރަށު ރައްޔިތުން ނަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާގެ އެހީ މިހާ ލަސްވެގެން ދިޔުމަކީ މައްސަލައެއް. އެހެންނަމަވެސް ތަފާތު މަސައްކަތް ތަކެއް ސަރުކާރުން ވެސް ދިޔައީ ކުރައްވަމުން. އެއީ އެ ފައިސާ ބަހާނެ ގޮތެއް ހަމަ ނުޖެހިގެން ރައްޔިތުންގެ ގިނަ ބައެއްގެ ހިޔާލު ވަނީ ހޯދިފަ. ދެން މިކަހަލަ ކަމެއް ކުރިމަތިވާ ކޮންމެ ފަހަރަކު ރަށު އޮފީސް ބަންދު ކުރުމަކީ ރަނގަޅު ކަމެއްނޫން. ހަމައެކަނި ރަށު އޮފީހުން ކުރާ މަސައްކަތަކީ ފައިސާ ބެހުމެއްނޫން. ރައްޔިތުންގެ ތަފާތު ކަންތައްތައް ބަލަހައްޓާ އިދާރީ ގޮތުން ކޮންމެ ދުވަހަކު ކުރަންޖެހޭ މަސައްކަތް ތަކެއް ރަށު އޮފީހުގައި ހުންނާނެ. ރައްޔިތުންނޭ ބުނެ 20 މީހުން ރަށު އޮފީސް ބަންދު ކޮށްގެން ތިބޭ ތަން ބަލަހައްޓާގެން ތިބުމަކީ ވަރަށް ހެއްވާ ކަމެއް

  2. ފައިސާ ބެހުމުގައި އަތޮޅުއޮފީސް ވިޔަސް ރަށުއޮފީސް ވިޔަސް ޢަމަލު ކުރަމުންދަނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އަންގާގޮތަކަށް މިކަން ރަށްރަށުގެ ކަތީބުންނަށް ނޭގޭތީ ހިތާމަ ކުރަން. ކަތީބުން ހީކުރާކަހަލަ އެމީހުން ވެރިކަމުގައި ތިބެވެނީ ރައްޔިތުން ބައިތިއްބާތީއޭ އެހެން ހީކުރުން އެއީ މުޅިން ކުށްހީއެއް. ސުނާމީ ފައިސާއަކީ އަތޮޅުއޮފީހުގެ ބަޖެޓަކުން ދޭފައިސާއެއްނޫން އަތޮޅުއޮފީހަކީ ފައިސާ ބަހައި ދިނުމުގެ މެދުވެރިއެއްގެ ބައިކުޅޭތަނެއް. ޒަކާތުގެ ފައިސާވެސް ބަހަނީ ކަމާބެހޭ ފަރާތުން ފޮނުވާ ލިސްޓަކާ އެއްގޮތަށް އޭގައިވާ ޢަދަދަކަށް. މިވަރު ނޭގޭމީހަކު މިހާރު ރަށެއްގެ ވެރިކަމުގައި ހުންނާނެއެކޭ ހީއެއްނުވޭ. އެހެންވީމާ ޒިންމާ ނަގަންޖެހޭނީ އަތޮޅުވެރިއެއްނޫން ފައިސާ ފޮނުވާ ތަނަކުން ތިބުނާ ރަށުގައިވެސް ސަރވޭކުރީ ރަށުއޮފީހާއި ކޮމިޓީ މެމްބަރުންނާއި، ޓާސްފޯސްގެ މީހުން ބައިތިއްބައިގެން އަދި ގޭގެވެރިންގެ ހާޒިރުގައި އެކަމަކު ފައިސާ އާ ހަމައަށް ދެވުނީމާ އެކަން ދެނަހުރި އެކަކުވެސްނެތް ހައްތާތިބީ މުޅިން މަށަކަށްނޭގޭ މަށެއްނުދަން މިފާޑަށް ވާހަކަ ދައްކާ ވެރިން. ކަމެއް ބޮލުން ނައްޓާލަންޏާ އެވަރުގެ ޢިބާރާތެއްނެތް. ޒިންމާނަގަން ކެރޭ ވެރިއަކުނެތް އެހެންވީމާ ވާނެގޮތް މިވަނީ

  3. ސުނާމީގެ ސަބަބުން މުޅިންވެސް މިއުފެދެނީ ފިތުނަ ފަސާދަ. ސުނާމީއަކީ ހަމަ ކޯފާއެއް. ނަމަވެސް ޣާފިލްވެފަ ތިބި ބައެއްމީހުން މިބުނަނީ ބިމުގެ ދެ ޕުލޭޓް ޖެހުނީއޭ. ދެންވެސް މިކަމާ ވިސްނާ އަވަހަށް ތައުބާވޭ. މިކަހަލަ ކަމެއް ނިންމާއިރު ބަލަން ވާނީ މެޖޯރިޓީއަށް. ކޮންމެހެން ވަކި މީހަކަށް ފައިސާތަކެއް ދިނުމުގެ ބޭނުމުގައި ރައްޔިތުންގެ ތެރޭ މަސްލަހަތު ނަގާލައިގެން ނުވާނެ. ފިއްލަދޫ މީޙުން ބުނާގޮތުގައި އަތޮޅުވެރިޔާ ރަޝީދު މަސައްކަތް ކުރަނީ ކުރީގެ ފިއްލަދޫ ބޮޑު ކަތީބު ގާސިމްގެ އާޢިލާ މީހުންނަށް ގިނަލާރި ލިބޭތީ އެގޮތަށް އެކަން ނިންމަން. އަތޮލުވެރޔާގެ ބައްޕަ ކުރިން ފިއްލަދުއަށް އަރުވާލާފައި ހުރިއިރު ހުރީ މިގާސިމްގެ ގޭގައި. ރަޝީދު ހއ.އަތޮޅުވެރިޔަކަށް އައްޔަންކުރި ހިސާބުން އޭނާގެ ބައްޕަވަނީ ގާސިމްއަށް ހެޔޮކޮށް ހިތުމަށް ވަޞިއްޔަތް ކޮށްފަ

No comments: