ސައުތު ތައުފީގަށް ޑީޕީއާރުއެސް އިން 1.1 މިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށް ކުރިން ޖަލާ ހަވާލުވެ ހުންނެވި ވެރިޔާ ހެކި ބަސް ދެއްވައިފި
މީގެ ދެއަހަރު ކުރިން މާފުށި ޖަލުގައި ތިބި ކުއްވެރިންނަށް އިތުރަށް ކާންދިން ކަމަށް ބުނެ, ސައުތު ކޭޓަރިންގެ ފަރާތުން ހަސަން ފަޔާޒު ކުރާ ދައުވާގައި ބުނާ ފައިސާއަކީ ލިބެން ޖެހޭ އެއްޗެއް ކަމަށް އެދުވަސްވަރު ޖަލާއި ހަވާލުވެ ހުރި އާދަމް ޝަރީފް ހެކިބަސްދީފި އެވެ
މިއަދު ހެދުނު މަދަނީ ކޯޓުގައި ވާހަކަދައްކަވަމުން މިހާރު ޖަސްޓިސް މިނިސްޓްރީގެ ޑިރެކްޓަރގެ މަގާމުގައި ހުންނެވި އާދަމް ޝަރީފް ވިދާޅުވީ ސައުތުން ބިލުކޮށް ދައުވާ ކުރަމުންދާ މައްސަލާގައި އެބުނާ ފައިސާ އަކީ އެފަރާތަށް ލިބެންޖެހޭ ފައިސާ ކަމަށެވެ
” ފެނުކެއްކި ތަރުކާރީއާ ފެނުކެއްކި ނޫޑްލުސް ފިޔަވައި ޖަންބު, ޖަބުރޯލް, އާފަލް ފަދަ ތަކެއްޗަކީ ފައިސާ ލިބޭ ގޮތަށް ޖަލުމީހުންނަށް ދީފައިވާ ތަކެތި.“ އާދަމް ޝަރީފް ވިދާޅުވި އެވެ
އާދަމް ޝަރީފް ވިދާޅުވީ ޖަންބު, ޖަބުރޯލު ފަދަ ތަކެތި ދީފައިވަނީ ހާއްސަ ދުވަސްތަކުގެ ތެރޭގައި ހިމަނައިގެން ނޫން ކަމަށެވެ
” ޖަލުމީހުން އެތާގައި ތިބޭ ޑޮކްޓަރުންނަށް ޑިމާންޑް ކޮށްގެން ޖަންބު, ޖަބުރޯލް އާއި އާފަލް ފަދަތަކެތި ކޮންމެ އިރަކުހެން ގެންދަނީ.“ ޝަރީފް ވިދާޅުވި އެވެ
ޝަރީފް ވިދާޅުވީ އެކަން އެހެން ވާން ފެށުމުން ސައުތުން އެގޮތަށް އެތަކެތި ފައިސާ ނުލިބި ނުދެވޭނެ ކަމަށް ބުނުމުން އެފައިސާ ދޭނެކަށް އޭރު އެފަރާތަށްވެސް އަންގާފައިވާނެ ކަމަށެވެ
” އަޅުގަނޑުމެންގެ ބޮޑު މީހަކަށް އޭރު ހުރީ އުމަރު ޒާހިރު އެމަނިކުފާނަށް ދެވާހަކަ އަޅުގަނޑުމެން ދެންނެވިން. އެބޭފުޅާ ވިދާޅުވީ ޑޮކްޓަރ އެމީހުންނަށް ދޭން ބުނާ އެއްޗެހި ދިނުމަށް އެހެން ނޫނީ ޖަލުގެ މައްސަލަހަތު ގޯސްވާނޭ.“ ޝަރީފް ވިދާޅުވި އެވެ
މިއަދު ޝަރީއަތުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ދައުލަތުގެ ވަކީލު މޫސާ އާލިމް ވިދާޅުވީ އެގުރިމެންޓްގައިވާ ގޮތުން އެފައިސާ އަކީ ދޭންޖެހޭނެ ފައިސާއެއް ކަމަށް ނުބެލެވޭ ކަމަށެވެ. އަދި ބަލިމީހުންނަށް ޑޮކްޓަރ އަންގަވައިގެން ދެއްވާ ކެއުމަކީ ހާއްސަ ދުވަސްތަކުގެ ތެރޭގައި ހިމެނޭ ކެއުމެއް ކަމަށް ވެސް ދައުލަތުގެ ވަކީލު ވިިދާޅުވި އެވެ
މިއަދު ޝަރީއަތުގެ މަޖިލީހަށް ފަހު ޖަޒީރާއަށް މައުލޫމާތު ދެއްވަމުން މުހައްމަދު ތައުފީގު (ސައުތު ތައުފީގު) ވިދާޅުވީ އޭނާއަށް 1.1 މިލިޔަށް ރުފިޔާ ލިބެންޖެހޭ ކަމަށެވެ. މިއަދު ވަނީ ދެ ހެކިވެރިއަކު ހާޒިރުކޮށް ހެކިބަސް ނަގާފަ އެވެ
No comments:
Post a Comment