ގާސިމާއި ޕީއޭ މެމްބަރުން ތަކަކާ ދެމެދު މަޖިލިސް ގޯތި ތެރޭގައި ހޫނު ޒުވާބެއް ހިނގައިފި
ޚާއްޞަ މަޖިލީހުގެ ރައީސް އަދި ޑީއާރުޕީގެ ނާއިބު ޒައީމް ޤާސިމް އިބްރާހީމާއި ރައީސްމައުމޫނުގެ ކޮއްކޯފުޅު އަބްދުﷲ ޔާމީންގެ ޕީޕަލް އެސޯސިއޭޝަން(ޕީއޭ)ގެ ބައެއް މެންބަރުންނާ ދެމެދު މަޖިލީހުގެ ގޯތިތެރޭގައި ހޫނުގަދަ ޒުވާބެއް ހިނގައިފި އެވެ
ކުޑަދަށުގައި މިހިނގި ޒުވާބުގައި ގއ އަތޮޅު މެންބަރ ޢަބްދުﷲ ޖާބިރާއި އޭނާގެ އަނބިކަނބަލުން ރައީސުލްޖުމްހޫރިއްޔާގެ މެންބަރ ފާތިމަތު ދިޔާނާ ސައީދު އަތުން އިޝާރާތްވެސް ކުރައްވަމުން ޤާސިމާ މުޚާތަބުކޮށް ވާހަކަދައްކަވަމުން ގެންދެވި އެވެ. ޤާސިމްވެސް ޖަވާބު ދެއްވަމުންދާ މަންޒަރު ފެނިގެން ދިޔައެވެ
މިގޮތަށް އަޑުގަދަކުރައްވަމުން ގެންދަވަނިކޮށް މ އަތޮޅު މެންބަރ އަހުމަދު ނާޒިމް ވަޑައިގެން ޤާސިމާ ދިމާލަށް އެއްޗެއް ވިދާޅުވުމުން ޤާސިމްވެސް ރައްދު ދެއްވި އެވެ. އަދި ދެބޭފުޅުން ވަރަށް ހޫނުވެގެން ދިޔައެވެ. އަދި ހުތުރު ބަހުން މުޚާތަބުކުރާ އަޑުވެސް އިވިގެން ދިޔައެވެ
މިއަދު ހެނދުނު މިހިނގި މިޒުވާބުގައި ދެއްކެވި ވާހަކަތަކެއް ބޭރަކަށް މާރަނގަޅަކަށް ސާފެއް ނުވެއެވެ
No comments:
Post a Comment