ސުނާމީގައި ގެދޮރު ގެއްލުނު މީހުންނަށް ގެއަޅައިދީ ނިންމޭނެ ތާރީހެއް އެންގުމަށް ހުށަހަޅައިފި
ސުނާމީގައި ގެދޮރު ގެއްލިފައިވާ މީހުންނަށް ގެއަޅައިދީ ނިންމޭނެ ވަކި ތާރީޚެއް އެންގުމަށް އަންނައަހަރަށް ލަފާކުރި ބަޖެޓް ދިރާސާކުރި ކޮމެޓީން ހުށަހަޅައިފި އެވެ
މެންބަރުންނަށް މިއަދު ފޮނުވި ބަޖެޓް ދިރާސާކުރިކޮމެޓީގެ ރިޕޯޓުގައި ބުނެފައިވަނީ ސުނާމީގައި ގެދޮރު ގެއްލިފައިވާ މީހުންނަށް ދާއިމީ ހިޔާވަހިކަން ހޯދައިދިނުމުގެ ކަންތައްތައް ވަކިތާރީހަކަށް ނިންމެވުމަށެވެ. އަދި އެޕްރޮގްރާމްގެ ކަންތައްތައް ގެންދަވާ ނިންމަވާނޭ ޓައިމްލައިނެއް އެކުލަވާލުމަށްފަހު އެޓައިމްލައިން, އަންނައަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ނިމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށެވެ
މީގެ އިތުރުންވެސް އެކޮމެޓީން ބުނެފައިވަނީ ސުނާމީގެ ހުރިހާ ޚަރަދެއް ސަރުކާރުގެ އެއްއިދާރާއެއްގެ ބެލުމުގެ ދަށަށް ގެންނެވުމާއެކު ސުނާމީގެ ހުރިހާ ކަންކަމަށް ޒިންމާވާނޭ ސަރުކާރުގެ އެއްވުޒާރާއެއް ހަމަޖެއްސުމަށް ގޮވާލާ ކަމަށެވެ
No comments:
Post a Comment