މައުމޫނުގެ ނައިބު ރައިސެއްގެ ގޮތުގައި ނުކުންނަވައިފިނަމަ މައުމޫނަށް ކުރާވަރަ, ގާސިމަށް ކުރާނެ ކަމުގެ އިންޒާރު އަންނި ދެއްވައިފި
އަލްއުސްތާޒު މައުމޫނު އަބުދުލް ގައްޔޫމުގެ ނައިބު ރައީސެއްގެގޮތުގައި ރައްޔިތުންގެ ކުރިމައްޗަށް, ފިނޭންސް މިނިސްޓަރު ގާސިމް އިބްރާހީމް, ނުކުންނަވައިފިނަމަ މައުމޫނަށް ކުރާވަރު, ގާސިމަށް ކުރާނެ ކަމުގެ އިންޒާރު އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ޗެއާޕަސަން މުހައްމަދު ނަޝީދު (އަންނި) ދެއްވައިފި އެވެ
އިންތިގާލީ ސަރުކާރެއް ގާއިމުކުރަން ޖެހޭ ސަބަބުތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް އިއްޔެ ހެދިގޮނޑުދޮށުގައި ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން އަންނި ވިދާޅުވީ 30 އަހަރުގެ ހުދުމުހުތާރު އަނިޔާވެރި ވެރިކަމެއް ކޮށްފައިވާ މައުމޫނުގެ ނާއިބު ރައިސެއްގެގޮތުގައި ގާސިމު ރައްޔިތުންގެ ކުރިމައްޗަށް ނުކުންނަވައިފި ނަމަ ރައީސް މައުމޫނަށް ކުރާވަރު, ގާސިމަށް ވެސް ކޮށްފައި ނޫނީ ހުއްޓާ ނުލައްވާނެ ކަމަށެވެ
އަންނި ވިދާޅުވީ ގައުމުގެ ފޮރިން ރިޒާވް ދަށްވެގެންދާ މައްސަލަ އާއި ރައްޔިތުން ބަނޑަށް ޖެހެމުންދާ އިރު ރައްޔިތުންގެ ކުރިމައްޗަށް ގާސިމް ނެރޭނެ ކަމަށާއި އެ ފުރުސަތު ދީގެން ނުވާނެކަމަށެވެ
” އެ ފަދަ ކަންކަން ހުރުމާއެކު އަޅުގަނޑު ގާސިމަށް ގޮވާލަން ތިޔަ ތަނުން ނުކުމެ ވަޑައިގެން އަޅުގަނޑުމެންނާ ގުޅިވަޑައިގަތުމަށް. އެގޮތަށް ނުނިންމަވާ މައުމޫނުގެ ނައިބު ރައީސެއްގެގޮތުގައި ނުކުންނަވައިފިނަމަ މައުމޫނަށް ކޮށްލިވަރު ގާސީމަށް ވެސް ކޮށްފައި ހުއްޓާލާނީ,“ އަންނި ވިދާޅުވި އެވެ
މިހާތަނަށް އައި އިރު ވެސް ގާސިމާ ދިމާލަށް އިދިކޮޅު ފަރާތްތަކުން މިހާ ހާމަކަން ބޮޑުގޮތެއްގައި އެއްޗެހި ކިޔާ އިންޒާރުދީފައެއް ނުވެ އެވެ
ގާސިމަކީ އިދިކޮޅު ހަރަކާތްތަކަށް ފައިސާ ޚަރަދުކޮށް ހިތްވަރު ދެއްވާ ބޭފުޅެއްކަމަށް ވާހަކަދެކެވެ އެވެ
No comments:
Post a Comment