ވެލިދޫ ވެރިއަކަށާއި ފުލުހުންނަށް ބިރުދެއްކި މައްސަލައެއްގައި ދޯންޏެއް ހުއްޓުވައި ހަ މީހަކު ހައްޔަރު ކޮށްފި
ނ. ވެލިދޫ ވެރިއަކަށާއި އެ ރަށުގައި ތިބޭ ފުލުހުންނަށް ބިރު ދެއްކުމަށް ފަހު ފިލައިގެން އުޅޭ ކަމުގެ ތުހުމަތުގައި ކަންނެލީގެ މަސްވެރިކަން ކުރާ ދޯންޏެއް ހުއްޓުވައި ހަ މީހަކު ފުލުހުން ރޭ ހައްޔަރުކޮށްފި ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން މިއަދު ބުނެފި އެވެ
ފުލުހުންގެ ފަރާތުން ވާހަކަ ދެއްކި ބޭފުޅަކު ވިދާޅުވީ ”ދުވެލި“ ކިޔާ ދޯނީ ލަންދުއަށް ވަންނަނިކޮށް ހުއްޓުވައި އޭގައި އޭރު ތިބި ހަ މީހުންނާއި އިތުރު ދެ މީހަކު ހައްޔަރުކުރީ މިމަހުގެ ނުވަ ވަނަ ދުވަހު އެ ދޯނީގެ މީހުން ވެލިދު އަށް ގޮސް އެރަށު ވެރިއަކަށާއި އެރަށުގައި ހުންނަ ޕޮލިސް ސްޓޭޝަނުގައި ތިބި ފުލުހުންނަށް ބިރު ދައްކާފައި, ފިލައިގެން އުޅޭ ކަމަށް ތުހުމަތުކުރެވޭތީ ކަމަށެވެ
ދުވެލި ދޯނި ހުއްޓުވީ އެ މީހުން ހޯދުމަށް ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ރޭ ގާތްގަނޑަކަށް 7:30 ހާއިރު ލަންދޫ ފަޅުތެރެއަށް ވަންނަނިކޮށް ކަމަށާއި އޭރު ދޯނީގައި ހަ މީހުން ތިބި ކަމަށާއި އަނެއް ދެ މީހުން ހައްޔަރުކުރީ އެ އަތޮޅު މިލަދު އަށް ގޮސް އެބުރި އަންނަނިކޮށް ކަނޑުމަތިން ކަމަށް ވެސް ފުލުހުން އޮފިޝަލު ވިދާޅުވި އެވެ
އޭނާ ވިދާޅުވީ އެ އަށް މީހުން ހައްޔަރުކުރުމަށް ފަހު ތަހުގީގުކުރަމުންދާ ކަމަށާއި މިހާތަނަށް އެނގުނު ގޮތުގައި އޭގައި ތިބި ގިނަ މީހުންނަކީ ތަފާތު މައްސަލަތަކުގައި ކޯޓަށާއި ޕެނިޓެންޝަރީ ޑިޕާޓްމަންޓަށް ހާޒިރުކުރަން ބޭނުންވެގެން ހޯދާ މީހުން ކަމަށެވެ
ދޯނިންނާއި އެ ދޯނިން ހައްޔަރު ކުރި މީހުންގެ އަތުން މަސްތުވާތަކެތި ފެނިފައިވޭތޯ އާއި އެ ފަދަ އެއްވެސް މައްސަލައަކާ ގުޅުމެއްވޭތޯ ދެންނެވުމުން ފުލުހުން ބުނީ އެ ފަދަ ކަމެއް އަދި ސާފު ނުވާކަމަށެވެ
1 comment:
These things are happening due to the deterioration of the country's, atolls, and islands socail fabric in the past 3 decades. In these 3 decades the authorities, the people in power, who has power to controll all these crimes negelected and slept on their selected and/or elected chair. So, this is the high time to awake them.
Moreover, today we read from the news elected Member of Parliament for Noonu Atoll appraoching and making use of gang stars/thugs to disrupt peaceful rallies and create havoc in the country. Memeber of Parliaments are to makes laws to stop crimes and punish the people who commit crimes, at the same time they, the Noonu Atoll elected Member of Parliament is paying to break laws. What a same and disgrace to the people of Noonu Atoll.
Post a Comment