Thursday, January 3, 2008

މައުމޫން މީދުއަށް ވަޑަގަންނަވާތީ އެމްޑީޕީއާއި އަދާލަތު ޕާޓީގެ ދިދަތައް ކަތީބު އަންގަވައިގެން ތިރިކޮށްފި

އަބްދުﷲ ފާއިގް ު

ދ އަތޮޅަށް ރައީސް މައުމާނު ކުރައްވަމުންދާ ދަތުރުފުޅުގައި އެއަތޮޅު މީދޫއަށް ރައީސް ވަޑައިގަންނަވާތީ އެރަށުގައި ނަގާފައި ހުރި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި އަދާލަތު ޕާޓީގެ ދިދަތައް ކަތީބު އަންގައިގެން ތިރިކޮށްފި އެވެ

ޖަޒީރާއަށް މައުލޫމާތު ދެއްވަމުން މީދޫ ގާހާގޭ އިބްރާހިމް އަފްރާހު ބުނީ އެނާގެ އަންހެންގެ ގެކަމަށްވާ ހާސިލްގޭގެ ދެވަނަ ބުރީގައި ނަގާފައި ހުރި އެމްޑީޕީ ދިދަ ނަގާފައިވަނީ ކަތީބު އަންގައިގެން ޒުވާނުގެ ތެރޭއިން 15 ވަރަކަށް މީހުން އައިސް މިއަދު 10:30 އެހާ އިރުކަމަށެވެ. އަފްރާހު އިތުރަށް ބުނިގޮތުގައި އެނާއަކީ އެމްޑީPީގެ މެންބަރެއް ނޫންކަމަށާއި އެމްޑީޕީ ދިދަ ގޭގައި ގަނާފައި ވަނީ އަދު ސަރުކާރަށް ތާއިދު ނުކުރާތީކަމަ ށެވެ

” ކުރިންވެސް ކަތީބު ބުނި ދިދަ ނަގާށޭ, އަހަރެން ބުނީ އެއީ ގާނޫނީ ގޮތުން މާނާކަމެއް ހެއްޔޭ؟ ބުނީމަ ބުނީ ނޫނެކޭ. ދިދަ ނެގީ މިއަދު ވެރިޔަކަށް ހުރި މީހާއަށް ތާއިދު ނުކުރެވޭތީ, އެމްޑީޕީ އަށް ތާއިދު ކުރެވޭތީ ” އިބްރާހިމް އަފްރާހު ބުންޏެވެ

މީގެ އިތުރުން މީދޫ ހެލެގެލި އެކެއްގޭ ގެދެވަނަ ބުރީގައި ނަގާފައި ހުރި އަދާލަތު ޕާޓީގެ ދެ ދިދަވެސް ކަތީބުން ފޮނުވައިގެން ޒުވާނުތަކެއް އައިސް ނަގާފައިވާ ކަމަށް އެގޭ ވެރިފަރާތްކަމަށްވާ އަބްދުލް ސައްތާރު ބުންޏެވެ

” ވަރަށް ދުވަސް ވެއްޖެ ދިދަ ނަގާފައި ހުންނަތާ, ދިދަ ނެނގީ ސުރެއް ދިދަ ނެގުމަށް އެކި ކަހަލަ އިންޒާރުތައް ދެމުންދަނީ, ދިދަ ނުނާގައިފި ނަމަ ރަށުން ބޭރުކޮށްލާނަމޭ ވެސް ބުނެފައި އޮތީ,“ ސައްތާރު ބުންޏެވެ

މީގެ އިތުރުން ރައީސް ފުރާވަޑައިގެންނެވުމުން ދިދަ ނެގިޔަސް މައްސަލައެއް ނެތްކަމަށްވެސް ދިދަ ތިރިކުރުމަށް އާއި ޒުވާނު ބުނިކަމަށްވެސް އަބްދުލް ސައްތާރު ބުންޏެވެ

މިކަމާ ގުޅިގެން މީދޫ ކަތީބާ ގުޅޭ ގޮތްވަނީ ނުވެފައެވެ

ރައީސް މައުމޫނު މިއަދު 11:30 ހާއިރު ވަނީ އެރަށަށް ވަޑައިގެންފަ އެވެ

No comments: