އިބްރާގެ އަބުރާ ބެހުނުކަމަށް ވިދާޅުވެ ގާނޫނުލް އުގޫބާތުގެ ދަށުން ކދ.އާ ދެކޮޅަށް މައްސަލަ ހުށަހަޅަނީ
ރައްޔިތުންގެ މަޖިލީހުގެ މާލޭ މެންބަރުން އިބްރާހިމް އިސްމާއިލް (އިބްރާ) ގެ އަބުރާ ބެހުނުކަމަށް ބުނެ ކޮމިޝަނަރ އޮފް އިލެކްޝަން ކދ އަހުމަދު މަނިކާ ދެކޮޅަށް ފުލުސް އޮފީހަށް މިއަދު މައްސަލަ ހުށަހަޅާނެކަމަށް އިބްރާ ވިދާޅު ވެއްޖެ އެވެ
އިބްރާ ވިދާޅުވީ ސޯޝަލް ލިބަރަލް ޕާޓިގެ ނަމުގައި އެނާ އުފެއްދުމަށް މަސައްކަތްކުރި ޕާޓީގެ ވާހަކަތައް ޓީވީ އާއި ރޭޑިޔޯ މެދުވެރިކޮށް ދެއްކެވި އިރު އިބްރާގެ ނަމައި އަބުރަށް ހުތުރުވާ ގޮތައް ކދ ވާހަކަދައްކާފައިވާ ކަމަށާއި ކދ ދެކޮޅަށް މައްސަލަ ޖައްސަނީ ގާނޫނީ އުގޫބާތުގެ 150 ވަނަ މާއްދާއާއި ކދ ހިލާފުވެ ވަޑައިގެން އަބުރާ ބެހިފައިވާތީކަމަށް ށެވެ
” ގާނޫނީ އުގޫބާތުގެ 150 ވަނަ މާއްދާއި ހިލާފުވެ ވަޑައިގެން ކދ އަޅުގަނޑުގެ އަބުރާ ބެހިވަޑައިގެންފައިވާތީ މައްސަލަ ހުށަހަޅަނީ ” އިބްރާ ވިދާޅުވި އެވެ
މީގެ އިތުރުން އިބްރާ ވިދާޅުވި ސަރުކާރުގެ އިސްވެރިން ކަމުގައިވީނަމަވެސް ގާނޫނާއި ހިލާފުވެގެން ނުވާނެކަމަށެވެ. އަދި މަދަނީ މައްސަލައެއްގެ ގޮތުގައި ސިދާ ކޯޓަށް މައްސަލަ ހުށަނޭޅުވީ މަދަނީ ބަދަލު ހޯދުމަށް ބޭނުންނުވާތީ ކަމަށެވެ
ގާނޫނީ އުގޫބާތުގެ 150 ވަނަ މާއްދާގައި ވަނީ ” އަބުރާ ބެހުމަކީ މީހެއްގެ ގަދަރާއި އިއްޒަތް ނުވަތަ ކަރާމާތް ނަގާލުން ނުވަތަ އެއިން ކަމަކަން އުނިކަން ދިނުމެވެ. ބުނެވި ދިޔަ ކަންތައްތަކުގެ ތެރޭއިން ކަމެއްކުރީ, ބުނާ އެއްޗަކުން ނުވަތަ ލިޔާ ލިޔުމަކުން ނުވަތަ ކުރަހާ ކުރެހުމަކުން ކަމުގައި ވިޔަސް އެކަމެއް ބެލެނީ އަބުރާ ބެހުން ކަމަށެވެ.“ މިގޮތަށްށެވެ
No comments:
Post a Comment