އުތުރު އަރުމާޒު: ވަގުތީ ސަރުކާރެއް އެކުލަވާ ނުލައިފިނަމަ މިހާރު އޮތް ސަރުކާރުގެ ހިންގުން ޖެހޭނީ ހުއްޓާލަން: އިއްތިހާދު

އާގާނޫނު އަސާސީއަކަށް ވާސިލުވުމަށް ވަގުތީ ސަރުކާރެއް އެކުލަވައި ނުލައިފިނަމަ މިހާރު މިއޮތް ސަރުކާރު ހުއްޓުމަކަށް އަންނާނެ ކަމަށް ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރުން ބުނެފި އެވެ
ގައުމީ އެއްބައިވަންތަކަމުގެ ގުޅުމުން ކުރަމުންދާ ދަތުރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު (އަންނި) ވިދާޅުވީ ގައުމީ އެއްބައިވަންތަކަމުގެ ގުޅުމުން ރާއްޖޭ 60 ހަށްވުރެ, މަތީ ޕަސެންޓެއް ކަވަރ ކުރާނެ ކަމަށާއި މިކަން ކުރެއްވުމަށް މައުމޫނު ހުރަސް އަޅައިފިނަމަ ނަތީޖާ ރަނގަޅު ވެގެން ނުދާނެ ކަމަށެވެ
” އަޅުގަނޑުމެންނަށް މަދަނީ ބަސްނޭހުމަކަށް ވެސް ދެވިދާނެ. އެހެންނަމަވެސް އަދި އަޅުގަނޑުމެން އެކަމާ މެދު މަޝްވަރާކޮށް ވަކިގޮތެއް ނިންމާފައެއް ނުވާނެ.“ އަންނި ވިދާޅުވި އެވެ. އަންނި ވިދާޅުވީ މިއަންނަ ފެބުއަރީ މަހުގެ މެދެއްހައި ހިސާބު އިންތިހާދުން އެކަމަށް މަޝްވަރާކޮށް މިކަމަށް ވަކިގޮތެއް ނިންމާނެ ކަމަށެވެ
ގައުމީ އެއްބައިވަންތަ ސަރުކާރެއް އުފައްދަން ނުޖެހޭނެ ކަމަށް ރައީސް މައުމޫނު ވިދާޅުވުމާ ގުޅިގެން ސޯޝައަލް ލިބަރަލް ޕާޓީގެ ޕާލަމެންޓަރީ ގުރޫޕްގެ މެމްބަރ މުހައްމަދު ނަޝީދު (ކާނަލު) ވިދާޅުވީ މިއަދު މައުމޫނަކީ ޑިމޮކްރެޓިކް ފިކުރުގެ ބޭފުޅެއް ނޫން ކަމަށެވެ
” މައުMޫނުގެ ފިކުރު މިހާރު މާ މުސްކުޅި ވެއްޖެ. އަޅުގަނޑުމެން ގަބޫލެއް ނުކުރަން ވަގުތީ ސަރުކާރެއް އެކުލަވައި ނުލެވޭނެ ކަމަކަށް.“ ކާނަލް ވިދާޅުވި އެވެ
ކާނަލް ވިދާޅުވީ އާގާނޫނު އަސާސީއަށް ވާސިލް ވާންޖެހޭނީ ލޭގެ ކޯރަކުން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ
” އަޅުގަނޑުމެންނަކީ ކުރަންފަށައިފި ކަމެއް ކޮޅެއްގައި ނުޖެހި ހުއްޓާލާ ބައެއް ނޫން. މިކަން މިއޮތީ ފެށިފައި ދެން ހުއްޓައެއް ނުލެވޭނެ.“ ކާނަލް ވިދާޅުވި އެވެ
ކާނަލް ވިދާޅުވީ މިގައުމުގައި އުޅެމުންދަނީ ހަމައެކަނި މައުމޫނާއި އޭނާގެ ވާގިވެރިން ކަމަށް އެމަނިކުފާނު ދެކެވަޑައިގެންފާނެ ކަމަށް އުންމީދު ނުކުރައްވާނެ ކަމަށެވެ
އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ) ގެ ނައިބުރައީސް މުހައްމަދު ހަސަން މަނިކު ވިދާޅުވީ މައުމޫނު ވަގުތީ ސަރުކާރެއް ހަދަން ނުޖެހޭނެ ކަމަށް ވިދާޅުވެ, ދައްކަވާ މޮޔަ ވާހަކަތަކަށް އެއްޗެކޭ ބުނަން ބޭނުން ނުވާ ކަމަށެވެ
މުހައްމަދު ހަސަން މަނިކު ވެސް ވިދާޅުވީ އެ އިއްތިހާދުން ވަގުތީ ސަރުކާރެއް ގާއިމު ނުކުރެވޭ ހާލަތެއްގައި އަމަލު ކުރާނެ ގޮތެއް އަދި ނިންމާފައި ނުވާ ކަމަށާއި އެކަމަށް މަޝްވަރާކޮށް އަންނަ ފެބުއަރީ މަހުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ
No comments:
Post a Comment