Sunday, January 13, 2008

ރައީސުލްޖުމްހޫރިއްޔާގެ ބާބުގެ މަސައްކަތް މަޖިލީހުން ފަށައިފި

އަބްދުﷲ ފާއިގް ު

ރައްޔިތުންގެ ހާއްސަ މަޖިލީހުން މިހާރު އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންގެންދާ ގާނޫނު އަސާސީގެ ރައީސުލްޖުމްހޫރިއްޔާގެ ބާބު މަސައްކަތް ފައްޓައިފި އެވެ

އެއް މަސްދުވަހުގެ ޗުއްޓީއަކަށް ފަހު މިއަދު ފެށި ރައްޔިތުންގެ ހާއްސާ މަޖިލީހުގެ 235 ވަނަ ޖަލްސާގައި ދިރާސާކޮށް ޑްރާފްޓްކުރާ ކޮމިޓީން އެކުލަވާލާފައިވާ ރައީސުލްޖުމްހުރީއްޔާ ގެ ބާބު ވަނީ ހުށަހަޅާފަ އެވެ. އަދި މިބާބަށް މެންބަރު ހުށަހަޅުވާ އިސްލާހުތައް ހުށަހަޅުމުގެ ފުރުސަތު ވެސްވަނީ ދެއްވާފަ އެވެ

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ބާބުގެ ޑްރާފްޓް މަޖިލީހަށް ހުށަހެޅުއްވުމުން, މިބާބު ޑްރާފްޓުކުރުމުގައި ދިރާސާކޮށް ޓްރާފްޓު ކުރާކޮމެޓީ ގެންގުޅުވި ވިސްނުން ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ މާލޭ މެންބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވި އެވެ

އިބްރާ ވިދާޅުވީ ރައިސުލްޖުމްހޫރިއްޔާގެ ބާބު ޑްރާފްޓުކޮށްފައިވާނީ ރައީސަކީ ރައްޔިތުން މަޖިލީހުން ނިންމާކަންތައްތަކެއް ނިންމުމަށް ހުންނަ މީހެއްގެ ގޮތުގައި ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ބާބުގެ ޑްރާފްޓުގައިވާ ބައެއް މާއްދާތަކަށް ބަލާއިރު, ރިޔާސަތުގެ ދައުރު ކަމަށްވާ ދެވަނަ މާއްދާގެ ށ ގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ދެ ދައުރު ފުރިހަމަކޮށްފައިވާ މީހަކަށް އަލުން އެމަގާމަށް ކުރިމަތި ނުލެވޭ ގޮތަށް ވަނީ ހުށަހަޅާފަ އެވެ

ރައީސުލްޖުމްހޫރިއްޔާގެ ބާބަށް މެންބަރުން ގިނަ އަދަދެއްގެ އިސްލާހު ހުށަހަޅުއްވާފައިވާ އިރު, މިއަދުގެ މެންދުރު ކުރީގެ ޖަލްސާގައި ނިމުނު އިރު އިސްލާހު ހުށާހަޅުއްވާފައި ވަނީ ހަތަރުވަނަ މާއްދާއާ ހަމައަށެވެ. އަދި މިބާބުގެ ބައެއް މާއްދާތަކަށް ބައެއް މެންބަރު ހުށަހެޅުވި އިސްލާހުތައް މިއަދުގެ ޖަލްސާގައި ވަނީ އަނބުރާ ގެންނަވާފަ އެވެ

މިބާބުގެ ދެވަނަ މާއްދާއަށް ރައީސުލްޖުމްހުރިއްޔާގެ މެންބަރު މުހައްމަދު ސަލީމް ހުށަހެޅުވި އިސްލާހަކާ ގުޅިގެން ޖަލްސާ ހޫނުވެގެންދިޔަ އެވެ. އެގޮތުން ހޯރަފުށީ ސަލީމް ހުށަހަޅުއްވާފައި ވަނީ އިސްލާހު ކުރެވޭ ގާނޫނު އަސާސީގެ ދަށުން ދެ ދައުރު ފުރިހަމަކޮށްފައިވާ މިހަކަށް ރައީސްކަމަށް ކުރިމަތި ނުލެވޭ ގޮތަށެވެ. މަޖިލީސް ނިޒާމީ ނުކުތާއެއްގެ އޮއިވަރެއް ފެށިގެންދިޔަ އެވެ

ނިޒާމީ ނުކުތާއެއްގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރ އަތޮޅު މެންބަރުން އަލީ ވަހީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 214 ވަނަ ޖަލްސާގައި 65 ވޯޓުން ރައީސުލްޖޫމްހޫރިއްޔާގެ ބާބުގެ ދެވަނަ މާއްދާއާއި ތިންވަނަ މާއްދާ ފާސް ކޮށްފައިވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ބާބުގެ ދެ މާއްދާއަކީ ރިޔާސަތުގެ ދައުރެވެ. އަދި ތިން ވަނަ މާއްދާއަކީ ރައީސުލްޖުމްހޫރިއްޔާގެ އިންތިހާބު ކުރާ ގޮތް މިއެވެ

މީގެ އިތުރުން މަޖިލީހުން މިހާތަނަށް ފާސްކޮށްފައިވާ މާއްދާތައް ހިމަނުއްވާ މެންބަރުންނަށް ފޮނުވާފައިވާ ފޮތުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ބާބުގެ ދެ ވަނަ މާއްދާއާއި ތިން ވަނަ މާއްދާ ފާސްކޮށްފައިވާކަމަށް ހިމަނުންވާފައި ވާކަމަށް މިއަދުގެ ޖަލްސާގައި ބައެއް މެންބަރު ވަނީ ވިދާޅުވެ ފައެވެ

މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް މިކަމާ ގުޅިގެން ވިދާޅުވީ އެކަން ވެފައިވާ ގޮތް ބައްލަވާނެކަމަށާއި އަދި ރައީސުލްޖުމްހޫރިއްޔާގެ ބާބުގެ މަސައްކަތް ފެށުނީ މިއަދު ކަމަށްވެސް ވިދާޅުވި އެވެ. މީގެ އިތުރުން މިއަދުގެ ޖަލްސާގައި ޖަދުވަލު އެކެއް ކަމަށް, އެކިއެކި މަގާމުގެ ހުވާ, މިޖަދުވަލުގެ ފާސްނުވާ ހުވާތަކަށް ބަހުސް ކުރުމަށް ފަހުގައި ވަނީ ޑްރާފްޓުކުރާ ކޮމިޓީއަށް ފޮނުވާ ފައެވެ

No comments: