Report: Soodh
Three terrorists involved in the Sultan Part bombing have been sentenced to 15 years in jail yesterday.
The three terrorists are Mohamed Sobah, 19, of V. Landhooge Aage, Moosa Inaz, 21, of Laamu atoll Kalhaidhoo / Finihiyaage and Ahmed Naseer, 20, of Gaafu Atoll Kanduhulhudhoo / Saadhuna Manzil.
Speaking in court Judge said that although the 3 terrorists have confessed to their crimes and offered apologies, he cannot give a lighter sentence because of the seriousness of the case. He said the court had no doubt that they planned and detonated the bomb in conjunction with others targeting to inflict injury to tourists.
At previous court sessions, the 3 terrorists have confessed to the crime and have asked the court to expedite their case and to sentence them as soon as possible.
The 3 were sentenced under clause (a), (d), (e) and (g) of article 2of Maldives Anti Terrorism Act.
The 2 terror suspects of the Sultan Park bombing who were summoned to court on December 6 were released to house arrest till the end of the trial. They are Moosa Fazeel age 28, Kunnaaruge / Dh. Ribidhoo and Mohamed Hussain age 32 of Harudhaluge / S. Hithadhoo.
According to police, out of the 16 terror suspects charged in connection to Sultan Park bombing, 10 are in hiding in Pakistan.
The 10 fugitives who are in Pakistan are Hassan Yousuf age 26 of Mirusmaage / L.Kalhaidhoo, Mohamed Amin age 23 of Kariyaage / Maathadu / Fuvahmulak, Hassan Riyaz age 21 of Dazy Villa / Haa Dhaalu Nehlhaidhoo, Mohamed Iqbal age 38 of M. Naseemee Villa / Male’, Mohamed Imadh age 27 of Amaaz / B. Dharavandhoo , Ibrahim Maslamath age 31 of Ma.Gold Ring / Male’, Hussain Shimadh age 25/ B. Dharavandhoo Moosa Manik age 20 of Harudhulaage / S. Hithadhoo, Abdul Latheef Ibrahim age 24 of L.Kalaidhoo and Ali Shameem age 25 of Sh. Komandoo
12 tourists were injured in the explosion including a British couple on honeymoon who had to be airlifted to UK for further medical treatments.
ސަލްޓަންޕާކުގެ ބޮމުގެ ހަމަލާގެ ޝަރީއަތް: އިސްކޮށް އުޅުނު ތިން މީހުން 15 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި
ސެޕްޓެމްބަރު 29 ވަނަ ދުވަހު ސަލްޓަން ޕާކްގައި ބޮން ގޮއްވުމުގައި އިސްކޮށް އުޅުނު ތިން މީހުން 15 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ
މިއަދު ޖިނާއީ ކޯޓުން ހުކުމް ކޮށްފައި ވަނީ ވ. ލަންދޫގެ އާގެ, މުހައްމަދު ސޮބާހު, 19, އާއި ލ.ކަޅައިދޫ ފިނިހިޔާގޭ, މޫސާ އިނާޒް, 21, އަދި ގއ. ކަނޑުހުޅުދޫ, ސާދުނާ މަންޒިލް, އަހުމަދު ނަސީރު, 20, އަށެވެ
ހުކުމް އިއްވުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޖިނާއީ ކޯޓުގެ އިސްގާޒީ އަބުދުﷲ އަރީފް ވިދާޅުވީ ބޮން ގޮއްވުމުގެ ކުށަށް ތިން މީހުން އިއުތިރާފުވެ, މައާފަށް އެދުނު ނަމަވެސް ކުށުގެ ބާވަތުން ލުއި ހުކުމެއް ކުރެއްވެން ނެތް ކަމަށެވެ
މިއަދު ޖިނާއީ ކޯޓުން އިއްވި ހުކުމުގައި ވަނީ ” އިސްވެ ބަޔާންވެދިޔަ ގޮތުގެ މައްޗަށް ޝަރީއަތް ރިއާޔަތް ކުރުމުން ގއ. ކަޑުހުޅުދޫ, ސާދުނާ މަންޒިލް, އަހުމަދު ނަސީރު އާއި ލ.ކަޅައިދޫ ފިނިހިޔާގޭ, މޫސާ އިނާޒް އާއި ވ. ލަންދޫގެ އާގެ, މުހައްމަދު ސޮބާހުގެ މައްޗަށް ދައުލަތުން މިކުރި ޓެރަރިޒަމު ކުށުގެ ދައުވާގައިވާ ފަދައިން މި ތިން މީހުން އިތުރު ބަޔަކާއި އެކު ބޮމެއް ގޮއްވާލުމަށް ރާވައި, އެބޮންގޮއްވާލުމަށް ތައްޔާރުކުރުމަށް ފަހު ދިވެހިރާއްޖެއަށް ޒިއާރަތް ކުރާ ފަތުރުވެރިންނަށް އަމާޒުކޮށް 2007 ސެޕްޓެމްބަރ 29 ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި މާލޭ ސަލްޓަންޕާކުގައި އެބޮންގޮއްވާލާފައިވާ ކަމަށް މި ތިންމީހުން އިއުތިރާފުން ޝަރީއަތަށް ސާބިތު ވާތީ މުހައްމަދު ސަބާހާއި މޫސާ އިނާސް އާއި އަހުމަދު ނަސީރު ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ކުށުން ކުއްވެރިވެއްޖެ ކަމަށް ކަނޑައަޅައި މިކުށުގެ އުގޫބާތެއްގެ ގޮތުން ގާނޫނު ނަންބަރ 90 / 10 ( ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) 2 ވަނަ މާއްދާގެ (ހ), (ރ), (ބ), (ކ), އާއި ހަވާލާދީ އެގާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގެ ދަށުން މިތިންމީހުން ކުރެ ކޮންމެ މީހަކު 15 އަހަރުގެ ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމްކޮށް މިޤަޒިއްޔާ ނިންމީ.“ ކަމަށެވެ
ސެޕްޓެމްބަރ 29 ވަނަ ދުވަހު ސަލްޓަންޕާކުގައި އެއްޗެއް ގޮއްވާލައިގެން ދިން ހަމަލާގައި 12 ޓޫރިސްޓަކަށް އެކިވަރުގެ އަނިޔާތައް ލިބިފައި ވެއެވެ. މައްސަލައިގައި 16 މީހުންގެ މައްޗަށް ދައުވާކޮށްފައިވާ އިރު އޭގެ ތެރެއިން 10 މީހަކު ވަނީ ރާއްޖޭން ބެރަށް ގޮސްފިލާފަ އެވެ. އެމީހުން ހޯދުމަށްޓަކައި މިހާރު ވަނީ އިންޓަޕޯލުން ރެޑްނޯޓިސް ވެސް ނެރެފަ އެވެ
No comments:
Post a Comment