އިބުރާގެ ޕާޓީ ރަޖިސްޓްރީ ކުރެވިފައިވާކަމަށް ގަބޫލުކުރަން: މިނިސްޓަރު ނަޝީދު
ސޯޝަލް ލިބަރަލް ޕާޓީގެ ނަމުގައި މާލޭ މެންބަރ އިބްރާހީމް އިސްމާއީލް ހައްދަވަން މަސައްކަތް ކުރެއްވި ސިޔާސީ ޕާޓީ ރަޖިސްޓްރީ ކުރެވިފައިވާކަމަށް ގަބޫލުކުރައްވާކަމަށް މިނިސްޓަރ އޮފް ލީގަލް ރިފޯމް, އިންފޮމޭޝަން އެންޑް އާޓްސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ
ބުރާސްފަތި ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރިފޯމް މިނިސްޓަރ ނަޝީދު ވިދާޅުވީ ގާނޫނުގައި ނެތްކަމެއް ދިމާވެއްޖެނަމަ އޭގެ ފައިދާ އިބުރާއަށް ލިބެން ޖެހޭނޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ
” ގަވައިދުގައި ބުނަނީ ސޮއި ހުށަހަޅަން. ގަވައިދަކު ނުބުނޭ އެސޮޔާއެކު އައިޑީ ކާޑު ހުށަހަޅަން ޖެހޭނެ ވާހަކައެއް. ސޮއި ހުށަހެޅީމާ އެކަން ކަށަވަރު ކުރުމަށްޓަކައި ކޮމިޝަނަރ އޮފް އިލެކްޝަންސްގެ އޮފީހުން ގެންގުޅުއްވާ އުސޫލެއް އައިޑީ ކާޑު ހޯއްދެވުމަކީ. އެހެންވީމާ ލީގަލް އޮޕީނިއަންއެއް ދޭއިރު ދޭން ވާނީ ގާނޫނުގައި ނުވަތަ ގަވައިދުގައި ފެންނަން ހުރި ކަންތައްތަކުގެ މައްޗަށް ބަލާފައި. އެގޮތަށް އޮޕީނިއަން ދިނީމާ އޭގެ ބެނެފިޓް މިލިބެނީ އިބުރާއަށް. އެއީ އިބުރާ ހުރީ ހުށަހަޅުއްވާފައި ސޮއިތަކެއް“ ނަޝީދު ވިދާޅުވިއެވެ
މިނިސްޓަރ ވިދާޅުވީ އެއުސޫލަކީ ގަވައިދުގައި ނެތިސް އަމިއްލަފުޅަށް ބޭނުންފުޅު ކުރައްވާ އުސޫލެއް ކަމަށާއި އެކަން ގަވާއިދުގައި މެންޝަން ކުރެވިފައި ނުވާ ކަމަށެވެ
”މީން ކޮމިޝަނަރު ބޭނުންފުޅުވާ ނަތީޖާއެއް ނުކުތްކަމުގައި ވީނަމަވެސް . ގާނޫނުގަ ނުވަތަ ގަވައިދުގައި ކަނޑައެޅިގެން ބުނެފައި ނެތިސް. އެފަދަ ހާލަތެއް މެދުވެރިވެއްޖިއްޔާ އޭގެ ފައިދާ ލިބެން ޖެހޭނީ އެކަމެއް ގާނޫނުގެ ދަށުން ގަވައިދުގެ ދަށުން އެދޭ މީހާއަށް“ ނަޝީދު ވިދާޅުވިއެވެ
ނަޝީދު ވިދާޅުވީ މިނުކުތީ ވަރަށް ތަފާތު މައްސަލައެއް ކަމަށާއި އެއީ ސޮޔާމެދު ސިޓީ ބިޓީ ބަދަލުކޮށް ހަދަނިކޮށް އެހެން މާއްދާއެއް އައިސް އަރާ ހަމަކުރީ ކަމަށެވެ
”އެމައްދާގައި މިބުނަނީ މީހަކު ރަޖިސްޓްރީ ކުރަން ހުށަހަޅައިފިއްޔާ 30 ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކޮށްދޭން ވާނެއޭ. ނުކޮށް ދެވޭކަމަށް ވަންޏާ ނުކޮށްދެވޭ ސަބަބު އެއާއެކު އަންގަން ވާނެއޭ. ކަނޑައެޅިގެން އެ30 ދުވަހުގެ ތެރޭގައި އަންގަވާފައި އޮތްކަމަކަށް ނުވޭ ތިޕާޓީ ރަޖިސްޓްރީ ނުވާނެއެކޭ. އަދި ހަމަ އެގަވާއިދުގައި އެބައޮވޭ ބުނެފައި ކަނޑައެޅިގެން އެހެން ނާންގާކަމަށް ވަންޏާ އެއޮތީ ރަޖިސްޓްރީ ވެފައޭ“ ނަޝީދު ވިދާޅުވިއެވެ
ނަޝީދު ވިދާޅުވީ ބަންޑާރަ ނައިބުގެ އޮފީހުން ދެއްވި ޤާނޫނީ ލަފާ އަދިވެސް އޮތީ ވެލިޑް އެއްޗެއްގެ ގޮތުގައެވެ. ނަމަވެސް ބަންޑާރަ ނައިބުގެ އޮފީހުން އެހެން ގާނޫނީ ލަފައެއްވެސް އަރުވާފައިވާކަމަށް ނަޝީދު ވިދާޅުވި އެވެ
SLP declares itself registered
The release issued by the SLP states that the party was forced to declare itself as a registered party due to the inaction by the Commissioner of Elections to duly register the party following the submission of application for registration to Commissioner’s Office. The media release states that article 15(b) of The 2005 Regulation on Political Parties stipulate that “ if for any reason, the Commissioner of Elections fails to inform the nominated representative of the party, seeking registration, whether the party has been registered or not as provided in the article 15(a) within 30 working days of the application of the application to be registered, the Party seeking registration, shall be considered as duly registered; and the party shall have the right to proceed with its work as a political party; and under such circumstances, Party registration documents shall be released to the nominated representative of the party”.
The media release states Liberal Party submitted its application for registration to the Commissioner of elections on the 18 of October 2007.Media Release further states that by the end of the 30 day period, the Commissioner of Elections had neither informed the Party of its registration, nor the rejection of the application. The release went on to declare that Liberal Party as per article 15(b) of the 2005 Regulations on the Political Parties, should be considered as duly registered effective 3 of December 2007.
Further Media Release noted that dispute between the Commissioner and Liberal Party arose when the Commissioner imposed an extra legal requirement on the Party by demanding that the Party submit photocopies of National Identity Cards of some 1383 party members. The view of the Party, that the demand for the submission of the national ID cards was an extra legal requirement was supported in writing by the then Acting Attorney General, Minister of Information and Arts, Mohamed Nasheed revealed the Media Release. However, the media release points out that Commissioner ignored the legal opinion of the Attorney General.
The Release states that Liberal Party stands firm in its view that this is an extra legal requirement, and constitutes an act shifting the goal after the shot has been taken. While the liberal party fully sympathizes with commissioner of elections with the administrative difficulties he may be faced in maintaining the political parties register, the party maintains the commissioner of elections does not have the authority to make the requirement mandatory while it is not stated in the regulations on political parties.
Liberal Party concluded the media release expressing regret for the complete disregard by President Gayoom’s government to rule of law, and it’s dictatorial in its decisions, particularly when potential political contenders are involved. The Liberal Party called on the government to follow rule of law, and to immediately stop the harassment of political opponents, and urged President Gayoom to instruct his appointees to uphold the law.
No comments:
Post a Comment