ވަގުތީ ސަރުކާރެއް ގާއިމްކުރުމާ ބެހޭގޮތުން މައުމޫން އަންނިއާ ބައްދަލު ކުރައްވަން އެދިވަޑައިގެންފި
ވަގުތީ ސަރުކާރެއް ހެދުމުގެ ކަންތައްތަކުގައި މަޝްވަރާ ކުރުމަށް ރައީސުލް ޖުމްހޫރއިްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް, ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން މުހައްމަދު ނަޝީދު (އަންނި) އާ ބައްދަލު ކުރެއްވުމަށް އެދިވަޑައިގެންފިކަމަށް ޖަޒީރާއަށް މައުލޫމާތު ލިބިއްޖެއެވެ
އާގާނޫން އަސާސީއަށް އަމަލުކުރަން ފެށުމާ ދޭތެރޭ ކަންކުރާނެ އިންތިޤާލީ އޮނިގަނޑެއް ހެދުމަށް މަސައްކަތް ކުރަމުންދާ ޕާޓީތަކުގެ ގުޅިފައިވާ އިއްތިހާދުގެ އިސްތަރުޖަމާން ޑރ އަހުމަދު ޝަހީދު ވިދާޅުވީ ރައީސް މައުމޫނު ނަޝީދާ ބައްދަލުކުރައްވަން އެދިވަޑައިގެން ކަމަށް އިއްތިހާދަށް ހުށަހަޅުއްވާފައިވާ ކަމަށެވެ
”ނަޝީދު ވިދާޅުވީ ރައީސް މައުމޫން އެދިވަޑައިގެންނެވިކަމަށް. އެކަމަކު އިއްތިހާދުން ނިންމެވީ އިންތިޤާލީ އެރޭންޖްމަންޓާ ބެހޭގޮތުންނަމަ ނަޝީދު އެކަނި ބައްދަލު ނުކުރެއްވުމަށް. އިއްތިހާދުން ނަގާ ބަޔަކު ބައްދަލުކުރުމަށް. އެގޮތަށް ބައްދަލުކުރައްވާކަށް ރައީސް މައުމޫނު ބޭނުންފުޅެއް ނުވި“ ސަރުކާރުން އަމިއްލައަށް އިސްތިއުފާދެއްވި ފޮރިން މިނިސްޓަރ ޑރ.އަހުމަދު ޝަހީދު ވިދާޅުވިއެވެ
ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އަދި ކުރީގެ ސަރުކާރުގެ އިސްތަރުޖަމާން މުހައްމަދު ހުސައިން ޝަރީފްގެ ބަހެއް ހޯދާލުމަށް ކުރިމަސައްކަތް ނޫސްޗާޕަށް ދިޔައިރުވެސް ވަނީ ކާމިޔާބު ނުވެފައެވެ
މިކަމާ ގުޅޭގޮތުން އަންނިއާ ގުޅާލުމުން ވިދާޅުވީ އަދި އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާ ކަމަށެވެ
No comments:
Post a Comment