Monday, December 3, 2007

ވަގުތީ ސަރުކާރެއްގެ މުހިއްމުކަން ހާމަކޮށްދީ ގުޅިފައިވާ އިއްތިހާދުގެ ބަޔާނެއް ރައީސަށް ހުށަހަޅަނީ


އާގާނޫނީ އަށް ވާސިލްވާއިރު ގުޅިފައިވާ ވަގުތީ ސަރުކާރެއް އޮތުމުގެ މުހިއްމުކަން ހާމަކޮށްދިނުމުގެ ގޮތުން ބައެއް ސިޔާސީ ޕާޓީތަކާއި ޖަމާއަތްތަކު (ގުޅިފައިވާ އިއްތިހާދު) ން ރައީސް މައުމޫނަށް ބަޔާނެއް ހުށަހެޅުމަށް ނިންމައިފި އެވެ

މިއަދު އޮތް ގުޅިފައިވާ އިއްތިހާދުގެ ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގުޅިފައިވާ އިއްތިހާދުގެ އިސްތަރުޖަމާން އަދި ކުރީގެ ފޮރިންގ މިނިސްޓަރ އަހުމަދު ޝަހީދު ވިދާޅުވީ ވަރަށް އަވަހަށް ރައީސް މައުމޫނަށް އެބަޔާން ހުށަހަޅާނެ ކަމަށެވެ

ޝަހީދު ވިދާޅުވީ މިހުށަހަޅާ ހުށަހެޅުމުގައި ގުޅިފައިވާ އިއްތިހާދުގައި އިސްކޮށް ހަރަކާތްތެރިވާ ހުރިހާ މެމްބަރުން ސޮއިކުރައްވާނެ ކަމަށެވެ

ޝަހީދު އިތުރަށް ވިދާޅުވީ މިކަމުގެ މައުލޫމާތު ބޭރުގެ ފަރާތްތަކަށް ވެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ

No comments: