މޫނު ފޮރުވައިގެން ތިބި ބަޔަކު ގެއަކަށްވަދެ ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ވަރަށް ބޮޑަށް ޒަޚަމް ކޮށްލައިފި
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށްވަދެ 23 އަހަރުގެ ޒުވާނަކު ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފި އެވެ
އައިޖީއެމްއެޗް ކައިރި ސަރަހައްދުގައި ހުންނަ މ.ޕޯލްގަސްވިލާގެއަށް ވަދެ ކަޓަރުން ހަމަލަދީ ޒަޚަމްކޮށްލާފައި ވަނީ ގދ. ވާދޫ ވީނަސްވިލާ އަހުމަދު ސަބާތެވެ
ސަބާތަށް ހަމަލާދީ ޒަޚަމް ކޮށްލުމުން އޭނާވަނީ އައިޖީއެމްއެޗަށް ގެންގޮސްފަ ފަރުވާދޭން ފަށާފައެވެ
” މިތަނަށް އޭނާ ގެނައީ ބަޔަކު އަތްދަނޑި މައްޗަށް ލައިގެން. އޭރުވެސް އޭނާގެ ގައިން ލޭތައް ފައިބަމުން ދިޔަ.“ އައިޖީއެމްއެޗް އޮފިޝަލް ބުންޏެވެ
އައިޖީއެމްއެޗްގެ އޮފިޝަލު ބުނީ އޭނާގެ ގައިގެ އެކިތަންތަނުގައި ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް އަނިޔާކޮށްފައި ވާކަމަށެވެ
” އޭނާގެ ކަނާތު ލޯކައިރި ވަރަށްބޮޑަށް ކަފާލާފައި ވޭ. އަދި ވާތުފައިވެސް ވަރަށް ބޮޑަށް ކަފާލާފައިވޭ. ލެއިން ތަތްތެޅިފައި ވުމުން އަދި އެހާބޮޑަށް އައިޑެންޓިފައި ނުކުރެވިގެން މިއުޅެނީ,“ އައިޖީއެމްއެޗް އޮފިޝަލު ވިދާޅުވި އެވެ
ސަބާތަށް ފުރަތަމަ ހަމަލާދީފައިވަނީ އެނާ އުޅެމުންދާ ގެއަށް ވަންނަމުން ދަނިކޮށް ސިޑިމަތިން ނެވެ. އޭނާއަށް ހަމަލާދޭން ފެށުމުން އޭނާގޮސް ވަނީ އޭނާ އުޅެމުންދާ ކޮޓަރިއަށެވެ. ނަމަވެސް މޫނު ނިވާކޮށްގެން ތިބި މީހުން އޭނާގެ ކޮޓަރިއަށް ވަދެ ތޫނު އެއްޗަކުން ސަބާތަށް ވަނީ އެކިވަރުގެ އަނިޔާތައް ކޮށްފަ އެވެ. އެ އަނިޔާތަކަށް ކެތް ނުވެގެން ސަލާމަތްވުމަށް ސަބާތު ވަނީ ފުރަތަމަ ބުރިން މަގުމައްޗަށް ފުންމާލާފަ އެވެ. އަދި އެމީހުން އެގެއިން ދިއުމުން ސަބާތު އެނބުރި ގެއަށް ވަތްކަމަށް ޖަޒީރާއަށް ވަނީ މައުލޫމާތު ލިބިފަ އެވެ
” އަހަރަމެން ދެމީހުންގެ ކުރިމައްޗަށް ކަހަލަ ގޮތަލަށް އޭނާ ގުޅައަކަށް ވެއްޓުނުތަން ފެނުނު. ވެއްޓުމާއެކު ތެދުވެގެން ގޮސް ސިޑިން މައްޗަށް އެރީ. އޭރު އޭނާގެ ގައިން ހޯސްލާފައި ލޭ ފައިބަމުން ދިޔަ,“ ސަބާތު ފުންމާލި މަންޒަރު ދުށް ދެ އަންހެނުން ޖަޒީރާއަށް ކިޔައިދިނެވެ
” ވެއްޓެމުން ކަހަލަ ގޮތަކަށް ސިޑިން މައްޗަށް އަރައިގެން ދަމުން ދެން ހަމަލާ ނުދޭށޭ ވެސް އޭނާ ބުނި އަޑު އިވުނު,“ އޭގެތެރެއިން އެކަކު ބުންޏެވެ
އެމީހުން ބުނީ ސަބާތު މައްޗަށް ނާރަނީސް އޭނާއަށް ހަމަލާދިން ހަތަރު މީހުން ނުކުމެގެން ދުވެ ފިލިކަމަށެވެ. ޓީޝާޓްލައިގެން ތިބި ހަތަރު މީހުން ވެސް ތިބީ ކަޅުކުލައިގެ ފޮތިކޮޅަކުން މޫނު ނިވާކޮށްގެން ކަމަށެވެ
ޖަޒީރާގެ ނޫސްވެރިން ސަބާތު ހުންނަ ގެ އަށް ދިޔައިރު އެ ގޭގެ އެއް ވަނަ ފްލޯގަ އާއި ސިޑިމަތީގައި ގިނަ އަދަދެއްގެ ލޭ ހުއްޓެވެ
ފުލުހުން ގެންދަނީ މިމައްސަލަ ތަހްގީގު ކުރަމުން ނެވެ
No comments:
Post a Comment