ޕީއެސްއައިޕީއަށް ކަނޑައެޅި ބަޖެޓުގައި އަތް ނުލައި 300 މިލިއަން ރުފިޔާ އެބަހުރި : ގާސިމް
މި އަހަރަށް ފާސްކޮށްފައިވާ ބެޖެޓާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ފިނޭންސް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ޕީއެސްއައިޕީގެ ދަށުން ކުރުމަށް ހަމަޖައްސާފައިވާ ބައެއް މަސައްކަތްތައް ނުކުރެވި ވަނީ ފައިސާ ނެތިގެންނޫން ކަމަށާއި އެ މަސައްކަތް ކުރާނެ ފަރާތްތައް ނެތިގެން ކަމަށެވެ
ފައިސާ ހުރެފައި, މަސައްކަތް ކުރާނެ ފަރާތްތައް ނެތިގެން މަސައްކަތް ނުކުރެވި ވާހަކަމަށް ގާސިމް ވިދާޅުވަމުންދިޔަ ނަމަވެސް ޕްލޭނިން މިނިސްޓްރީން ބުނެފައި ވަނީ ޕީއެސްއައިޕީގެ ދަށުން ކުރަން ރާވާފައިވާ މަސައްކަތްތައް ނުކުރެވިވަނީ އެކަމަށް ބޭނުންވާ ފައިސާ ނެތިގެންކަމަށެވެ
މިދިޔަ އަހަރުގެ ޕީއެސްއައިޕީއަށް 3.3 މިލއަން ރުފިޔާ ކަނޑައަޅާފައިވާއިރު އޭގެތެރެއިން 2.9 ބިލިއަން ރުފިޔާ އަކީ ލޯނުގެ ގޮތުގައި ހޯދާ ފައިސާ ކަމަށް ބަޖެޓް ބަޔާނުގައި ބުނެފައިވެ އެވެ
ގާސިމް އިއްޔެ ވިދާޅުވީ ބޭރުން ހޯދުމަށް އަމާޒުކުރި އަދަދަށް މުޅިން ލޯނު ނުލިބޭ ކަމަށާއި ލިބިފައިވަނީ ގާތްގަނޑަކަށް 90 އިންސައްތަ ކަމަށެވެ
މިއަހަރަށް ފާސްކުރި ބެޖެޓުގައި ޕީއެސްއައިޕީ އަށް ކަނޑައަޅާފައިވަނީ ދެ ބިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ އެއް ބިލިއަން ރުފިޔާ މަދު އަދަދެކެވެ
No comments:
Post a Comment