Wednesday, January 2, 2008

ތީމުގެއިން އާމްދަނީ ހޯދަނީ ކޮޓަރި ކުއްޔަށް ދޫކޮށްގެންނާއި ތަކެތި ނީލަން ކިޔައިގެން ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވެއްޖެ

ު

ރިޔާސީ ގަނޑުވަރު (ތީމުގެ) އިން އާމްދަނީ ހޯދަނީ ކޮޓަރި ކުއްޔަށް ދޫކޮސްގެންނާއި ތަކެތި ނީލަން ކިޔައިގެން ކަމަށް ރާއްޖޭގެ މާލިއްޔަތާ ބެހޭ ވަޒީރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ

މިއަދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ތީމުގެއިން ލިބޭ އާމްދަނީގެ ގޮތުގައި ލިބެނީ ރިޔާސީ ގަނޑުވަރު (ތީމުގެ) އަށް ހާއްސަކޮށް ހުންނަ ކޮށިތަކުގެ ކޮޓަރިތަކުގައި ދިރިއުޅޭ ބައެއް މީހުންގެ އަތުން ކުލި ނަގައިގެންނާއި ބައެއް ބާ ތަކެތި ނީލަމުގައި ވިއްކައިގެން ކަމަށެވެ

އަންނައަހަރަށް ފާސްވި ބަޖެޓުގައި ތީމުގެއިން އާމްދަނީގެ ގޮތުގައި ލިބޭނޭކަމަށް 30500 ރުފިޔާ ވަނީ ހިމަނާފައެވެ. އެއީ ޚިދުމަތުގެ އަގާއި ފީގެ ގޮތުގައި 25000 ރުފިޔާއާއި, ތަންތާނގެ ކުލީގެ ގޮތުގައި 180،000 ރުފިޔާ އަދި އެކިއެކި ތަކެތި ވިއްކައިގެން 100،000 ރުފިޔާއެވެ

މިދިޔައަހަރު ލިބިފައިވަނީ 333،959 ރުފިޔާއެވެ. 2006 ވަނައަހަރު ލިބިފައިވަނީ 275712 ރުފިޔާ އެވެ

No comments: