މުދައްރިސުންގެ ވަޒީފާގެ އޮނިގަނޑަށާއި އިނާޔަތްތަކުގެ މިންވަރަށް ހެޔޮ ބަދަލުތަކެއް ވަރަށް އަވަހަށް ގެންނަވާނެކަމަށް ޒާހިޔާ ވިދާޅުވެއްޖެ
މުދައްރިސުންގެ ވަޒީފާގެ އޮނިގަނޑާށާއި އިނާޔަތްތަކުގެ މިންވަރަށް އެކަށީގެންވާ ހެޔޮ ބަދަލުތަކެއް ވަރަށް އަވަހަށް އަންނާނެކަމަށް އުންމީދު ކުރައްވާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޒާހިޔާ ޒަރީރު ވިދާޅުވެއްޖެ އެވެ
ދިރާސީ އާ އަހަރު ފެށުމާއެކު ދެއްވި ޚިތާބުގައި ޒާހިޔާ ވިދާޅުވީ މިބަދަލުގެ ސަބަބުން މުދައްރިސުންގެ ޚިދުމަތުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުކުރުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ
” ތިޔަބޭފުޅުންނަށް އެރުވޭނެ އިނާޔަތްތައްވެސް އިތުރު ކުރެވޭތޯ މިދަނީ މަސައްކަތްކުރަމުން. މިގޮތުގެ މަތިން މުދައްރިސުންގެ ވަޒީފާގެ އޮނިގަނޑަށާއި އިނާޔަތްތކުގެ މިންވަރަށް ހެޔޮ ބަދަލެއް އަތުވެދާނެކަމަށް އަޅުގަނޑު އުންމީދުކުރަން,“ ޒާހިޔާ ވިދާޅުވި އެވެ
މުދައްރިސުންނަށް މިއަހަރުން ފެށިގެން އިންޓަނެޓް މެދުވެރިކޮށް ޚިދުމަތުގައި ތިއްބަވައިގެން ކޯސްތައް ހެދޭނެ މަގު ތަނަވަސްވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވު އެވެ
މިނިސްޓަރު ވިދާޅުވީ ޚާއްޞަ އެހީއަށް ބޭނުންވާ ތައުލީމާއި ތަމްރީން, ތުއްތު ކުދިންނަށް ދެވޭ ތައުލީމްގެ ތަމްރީން, ތިމާވެށީގެ ރޮނގުން ދެވޭ ތައުލީމާއި ތަމްރީންތައް ހިމެނޭ ކޯސްތައް ނެޓްމެދުވެރިކޮށް ފުރިހަމަކުރެވޭނެ މަގުތަނަވަސް ވެގެން ދާނެ ކަމަށެވެ
No comments:
Post a Comment