ރައީސްގެ ދަތުރުފުޅާ ދިމާކޮށް ދިއްދޫ ބަޔަކާއި ފުލުހުންނާ ދެމެދު ހަމަނުޖެހުން ހިންގައިފި
ދިއްދޫން ވާހަކަ ދެއްކި ބަޔަކު ބުނީ ރައީސް މައުމޫނު ވަޑައިގަންނަވާ މަގުމަތީގައި ލޯޑް ސްޕީކަރު ހިފައިގެން ތިބި ބަޔަކާ ފުލުހުންނާ ދެމެދު ހަމަނުޖެހުން ހިންގީ އެ މީހުންގެ އަތުގައި އޮތް ލޯޑް ސްޕީކަރު ފުލުހުންނާ ހަވާލު ނުކުރުމުން ކަމަށެވެ
”ފުލުހުން އައިސް ބުނީ ލޯޑްސްޕީކަރު ދޭށޭ. އެ މީހުން ބުނި ކަމަށް ވަނީ ރައީސް އަށް ތާއިދުކުރާ މީހުންގެ އަތުން ލޯޑް އަތުލުމުން, އެ މީހުން ގެންގުޅޭ ލޯޑް ސްޕީކަރު ވެސް ދޭނެކަމަށް. ނަމަވެސް ފުލުހުން އެގޮތް ގަބޫލުނުކޮށް ގަދަކަމުން ލޯޑް އަތުލުމުގެ ތެރޭގައި ހަމަނުޖެހުން ހިނގީ,“ އެ މަންޒަރުދުށް މީހަކު ބުންޏެވެ
އޭނާ ބުނީ ގަދަމުން ލޯޑް އަތުލި މީހުން ނަކީ މައުމޫނުގެ ސިޔާސަތާ ދެކޮޅު ބައެއް ކަމަށާއި އެ މީހުންގެ ޝުއޫރު ފާޅުކުރުމުގެ ފުރުސަތު ލިބެން ޖެހޭނެކަމަށް ބުނެފައިވާ ކަމަށެވެ
އެ މައްސަލައާ ގުޅިގެން ފަސް މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ ބަޔަކު ހައްޔަރު ކުރިނަމަ ހައްޔަރުކޮށްފައި ވާނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެގެން ކަމަށެވެ
މައުމޫނު ދިއްދުއަށް ވަޑައިގެންނެވި އިރު އެރަށުގައި މައުމޫނާ ދެކޮޅަށް ޝުއޫރު ފާޅުކޮށް ފޮތިތަކެއް ދަމާފައި ވެއެވެ. އަދި ބައެއް މީހުން އަޑުގަދަ ކުރާއިން ރައީސަށް ތާއީދުކޮށް ޝުއޫރު ފާޅުކުރި އިރު ރައީސާ ދެކޮޅަށްވެސް ޝުއޫރު ފާޅުކުރަމުން ދިޔައެވެ
No comments:
Post a Comment