Sunday, January 13, 2008

ބަޔަކަށް ފައިސާދީގެން ޑރ.ހަސަނަށް ހަމަލާދޭން އުޅޭ ކަމަށް އޭނާ ވިދާޅުވެއްޖެ

ބަޔަކަށް ފައިސާދީގެން ޑރ. ހަސަން ސައީދަށް ހަމަލާދޭން އުޅޭކަމަށް އޭނާ ވިދާޅުވެއްޖެ އެވެ

ޑރ.ހަސަން ވިދާޅުވީ ރައީސް މައުމޫނަށް ހަމަލާދިނުމުގެ ގާތްގަޑަކަށް ދިހަ ދުވަސް ކުރިން އޭނާއަށް ބަޔަކު ހަމަލަދޭން އުޅޭކަން އެނގިގެން އެކަން ސިފައިންގެ ވެރިންނަށް އަންގަވާފައިވާ ކަމަށެވެ

” ކުދި ގުރޫއްޕަކަށް ފައިސާދީގެން ބަޔަކު އަޅުގަނޑާ ހަމަލަދޭން އުޅޭކަން އެނގިގެން, އަޅުގަނޑު ވާނީ ޑިފެންސް މިނިސްޓަރަށާއި ޗީފް އޮފް ސްޓާފް މުހައްމަދު ޒާހިރަށް އެކަން އަންގާފައި“ މައުމޫނުގެ އިސްލާހީ އެޖެންޑާ ފެއިލްވެފައިވާ ކަމަށް ބުނެ އެޓާނީ ޖެނެރަލްގެ މަގާމުން އިސްތިއުފާދެއްވި ޑރ.ހަސަން ވިދާޅުވި އެވެ

ޑރ.ހަސަން ސަރުކާރުން އިސްތިއުފާ ދެއްވި ދުވަހުގެ ރޭ ހަސަނުގެ ގެއަށް ބަޔަކު ވަނީ ކަޅުތެޔޮ ޖަހާފަ އެވެ. އަދި ނިއުމޯލްޑިވްސްގެ ފުރަތަމަ އޮފީސް ދެފަހަރެއްގެ މަތިން ފަޅާލައި އެތަނުގެ ސާމާނުތަކަށް ބަޔަކު ވަނީ ގެއްލުންދީފަ އެވެ

ޑރ.ހަސަން ސައީދު އިސްތިއުފާ ދެއްވުމާ ގުޅިގެން އައްޑު އަތޮޅުގެ އަތޮޅުވެރިއަކަށް ހުންނެވި އޭނާގެ ބޭބެ ހުސައިން ސައީދު އެ އަތޮޅުން މާލެ އަތޮޅުގެ އަތޮޅުވެރިއަކަށް ވަނީ ބަދަލުކުރައްވާފައި ވެއެވެ. ސިޔާސީ މުފައްކިރުން ދެކޭ ގޮތުގައި މިގޮތަށް ސަރުކާރުން އަމަލު ކުރެއްވީ އައްޑޫގައި ޑރ.ހަސަން ސައީދުގެ ބާރު ކަނޑުވާލުމުގެ ގޮތުން ނެވެ

No comments: