ސަރުކާރާ އިދިކޮޅު ޚިޔާލުގެ މީހުން ހއ.ތައުލީމީ މަރުކަޒުން ބޭރު ކުރަންޖެހޭނެ ކަމަށް ހޯރަފުށީ ބޮޑު ކަތީބު ވިދާޅުވުމުން, ސްކޫލުން ރައްދު ދީފި
އިއްޔެ އޮތް ބެލެނިވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ބޮޑު ކަތީބު ވިދާޅުވީ ސުކޫލުގައި އިދިކޮޅު ޚިޔާލުގެ މީހުން އުޅެމުންދާ ކަމަށާއި ސުކޫލު އެމީހުން ބޭރުކޮށް ސުކޫލު ސާފް ކުރަން ޖެހިފައިވާ ކަމަށެވެ
އިއްޔެ ޖަލްސާގައި ވާހަކަ ދައްކަވަމުން ކަތީބު ވިދާޅުވީ އެސުކޫލުގައި ސަރުކާރުގެ ޕާޓީ ނޫން އެހެން ޕާޓީތަކަށް ނިސްބަތްވާ މީހުން ވެސް ވަޒީފާގައި އުޅެނިމުންދާ ކަމަށެވެ
ޖަލްސާގައި ވާހަކަދައްކަމުން ކަތީބު ވަނީ ދީނީގޮތުން ތުބުޅި ބެހެއްޓުމަކީ ކުރަންޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ
ކަތީބު ވިދާޅުވީ ތުބުޅި ބަހައްޓާފައި އުޅޭމީހުން ކުރަމުންދާ ކަންތައްތައް މިހާރު އެނގެމުންދާ ކަމަށާއި އެމީހުން މަސައްކަތް ކުރަމުންދަނީ ހަމަނުޖެހުން އުފައްދަން ކަމަށެވެ
ކަތީބު ވާހަކަފުޅުގައި އެރަށުން ހިނގައިދިޔަ ކަމުންވެސް އެކަން ވަރަށް ރަނގަޅަށް އެނގިގެން ގޮސްފައިވާ ކަން ފާހަގަކޮށްފައި ވެއެވެ
ސުކޫލުގެ ޓީޗަރުންނާ ބެހޭ ގޮތުން ކަތީބު ދެއްކެވި ވާހަކަތަކާއި ގުޅިގެން ސުކޫލުގެ އެސިސްޓެންޓް ހެޑްމާރސްޓަރ ވިދާޅުވީ އެސުކޫލަކީ ކަތީބު އިޝާރާތް ކުރެއްވެވި ގޮތަށް ސާފުކުރަން ޖެހިފައިވާ ސުކޫލެއް ނޫން ކަމަށާއި ކޮންމެ ޕާޓީއަކަށް ސަޕޯޓްކުރި ބަޔަކު އުޅެމުން ދިޔަ ނަމަވެސް އޭގައި އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށެވެ
ހެޑްމާރސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވީ ކޮންމެ ޕާޓީއަކަށް ނިސްބެތްވި ނަމަވެސް އެސުކޫލުގައި ތިބި މުވައްޒަފުން މިފަހަރު ރައީސް މައުމޫނު އެރަށަށް ވަޑައިގަންނަށް ވެގެން ރަށުތެރެ ޒީނަތްތެރިވުމުގެ މަސައްކަތުގައި އުޅެފައިވާ ކަމަށެވެ
ހެޑުމާރސްޓަރ ވިދާޅުވީ ކަތީބު އެޖަލްސާއަށް ދައުވަތު ދިނީ ބަޔަކާމެދު އެފަދަ ވާހަކަތަކެއް ދެއްކުމަށް ނޫން ކަމަށެވެ
No comments:
Post a Comment