އިންތިގާލީ ސަރުކާރެއް ގާއިމުކުރަން ތާއީދުކުރަން: ޕީއޭ
ޕީއޭގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މ. އަތޮޅު މެމްބަރު އަހުމަދު ނާޒިމް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކާއި ޖަމާއަތްތައް ގުޅިގެން އުފައްދައިގެން އުޅޭ އިއްތިހާދުން އެކުލަވާލައިފައިވާ އިންތިގާލީ އުސޫލުތަކަށް ތާއިދުކުރާ ކަމަށާއި ނަމަވެސް އިންތިގާލީ މަރުހަލާ ފެށުމަށް ކަނޑައަޅާ ތާރީހަކާ މެދު ވާހަކަ ދައްކަން ޖެހޭ ކަމަށެވެ
”އިންތިގާލީ ސަރުކާރެއް އޮވެގެން އިންތިޚާބު ބާއްވައިގެން ރައީސަކު ހޮވަން ޕީއޭއިން ތާއިދުކުރަން. ނަމަވެސް ރައީސް މައުމޫގެ ރިޔާސީ ދައުރުގެ އެންމެ ސިކުންތެއް ވެސް ބާކީ އޮތްވާ އޭނާ ވެރިކަން ނިމޭނެ ގޮތަކަށް ތާއިދެއްނުކުރެވޭ. ސަބަބަކީ ދައުރު ފުރިހަމަ ނުކުރަނީސް ވެރިކަން ނިންމާލެވޭގޮތަށް ހަދައިފިނަމަ ރައީސް އަށް ތަފާތު ވާހަކަ ދައްކަން ފުރުސަތު ލިބޭނެތީ,“ ކުރީގެ ސްޓޭޓް މިނިސްޓަރ ކަން ކުރައްވާފައިވާ ނާޒިމް ވިދާޅުވި އެވެ
އޭނާ ވިދާޅުވީ ރައީސްގެ ދައުރުގައި ކުރަން ނިންމާފައިވާ ކަންތައްތައް ނުކުރެވުނީ ދައުރުން ބާކީ ބައެއް އޮތްވާކަމަށް ވިދާޅުވުމުގެ ފުރުސަތު މައުމޫނަށް ދޭން ބޭނުންނުވާ ކަމަށެވެ
”އިންތިގާލީ ސަރުކާރަށް ތާއިދުކުރާކަން އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނަށް މިހާރު ވަނީ އަންގާފައި. ނަމަވެސް އިންތިގާލީ މަރުހަލާ ފެށޭނެ ތާރީޚަކާ މެދު ވާހަކަ ދައްކަން ޖެހޭނެ,“ ރައީސްގެ ކޮއްކޯފުޅު އިސްވެ ހުންނެވި ޖަމިއްޔާގެ ނައިބު ރައީސް ވިދާޅުވި އެވެ
އޭނާ ވިދާޅުވީ ޕީއޭގެ ސިޔާސީ ކުރިމަގު ރާވާގޮތްތައް ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވުމުގެ ކުރިން އިއުލާނު ކުރައްވާނެ ކަމަށާއި ޕީއޭގެ ނިންމުން އިއުލާނު ކުރާ އިރު އިތުރު ސިޔާސީ ޕާޓީއަކާ ގުޅިގެން މަސައްކަތް ކުރާގޮތަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ
No comments:
Post a Comment