ދައުލަތުގެ ފައިސާ ބޭނުންކުރައްވައިގެން މައުމޫނު ކެންޕޭން ފައްޓަވާފައި ވާކަމަށް ޑރ.ހަސަން ވިދާޅުވެއްޖެ
ދައުލަތުގެ ފައިސާ ބޭނުން ކުރައްވައިގެން, ރިޔާސީ އިންތިޚާބަށް ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބުދުލް ގައްޔޫމު ކެންޕޭނު ކުރައްވަމުން ގެންދަވާކަމުގައި ޑރ ހަސަން ސައީދު ރޭ ވިދާޅުވެއްޖެ އެވެ. ޤައުމީ އެއްބައިވަންތަކަމުގެ ގުޅުމުގެ ފަރާތުން ދަރުބާރުގޭގައި ބޭއްވި އާއްމު ބައްދަލުވުމެއްގައި އެޓާނީ ޖެނެރަލް ކަމުގެމާގަމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވި ޑރ ހަސަން ވިދާޅުވީ ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު މައުމޫނު ކެމްޕޭނު ކުރައްވަމުން ގެންދަވާ ކަމަށެވެ
”ޑީއާރުޕީން ރަސްމީކޮށް އިއުލާން ކުރައްވާފައި އޮތީ މިއަހަރުގެ ޖެނުއަރީގައި ރަސްމީކޮށް ކެންޕޭން ފަށާނެ ވާހަކަ. މިހާރު އެކުރައްވަނީ އެ ކެންޕޭން. އަދި އެ ރިޔާސީ ކެންޕޭން ވަރަށް ސާފުކޮށް ރެއާ ދުވާލު ދައުލަތުގެ މީޑިޔާއިން ގެނެސްދެނީ. އެހެން ވީމާ ވަރަށް ސާފުކޮށް އެނގޭ ދިވެހިރާއްޖޭގައި މިނިވަން އިންތިހާބެއް ބާއްވަން ރައީސް ބޭނުންފުޅު ނުވާކަން,“ ކުރީގެ ބަންޑާރަ ނައިބު ވިދާޅުވިއެވެ
ޑރ ހަސަން ވިދާޅުވީ ކެންޕޭނުކުރުމުގެ އިތުރުން ރައީސް މައުމޫނާއި އެމަނިކުފާނުގެ ސަރުކާރުން އެގެންދަވަނީ ރާއްޖޭގެ އެކިއެކި ސިޔާސީޕާޓީތަކާ އެކިއެކި ޖަމާއަތްތަކުގެ ވެރިން ބަދުނާމް ކުރައްވަމުން ކަމަށެވެ
ޑރ ހަސަން ވިދާޅުވީ އިންސާފްވެރި އިންތިޚާބެއް ބޭއްވުމުގެ ހުރިހާ ތަނަވަސްކަމެއް ލިބޭ ކަމަށާއި އެކަމަކު މިހާރު މިއޮތް ސަރުކާރުން މިނިވަން އިންތިޚާބެއް ނުބާއްވާނެ ކަމަށެވެ
No comments:
Post a Comment