Sunday, January 6, 2008

އިއްތިހާދާ ދެކޮޅަށް މީދޫގައި ނުރުހުންފާޅުކޮށްފި


ރ.މީދޫން މަސްއޫދު ހިލްމީ

”އިއްތިގާލީ ސަރުކާރެއް ގާއިމް ކުރުމަކަށް އަޅުގަނޑުމެން ތާއީދެއް ނުކުރަން.“ ރ. އަތޮޅު މީދުއަށް ކައިރިކޮށްލި އިރު ރަށުގެ ބަނދަރުމަތީގައި ދަމާފައިވާ ބެނާއެއްގައި ވެއެވެ

ގައުމީ އެއްބައިވަންތަކަމުގެ ގުޅުމުން ރ. މީދުއަށް ކުރި ޒިޔާރަތުގައި އެރަށު ރައްޔިތުން ފަރާތުން އެންމެ އެކަށީގެންވާ އެއްބާރުލުމެއް ލިބިފައި ނުވާކަން ފާހަކުރެވިގެން ދިޔައެވެ

ރަށުގެ ގިނަ ގެތަކުގެ ދޮރުތަކުގައި ވެސް ވަނީ އިންތިގާލީ ސަރުކާރަކަށް ތާއީދު ނުކުރާކަން ހާމަކޮށްފައިވާ ލިޔުންތަކެއް ތަތްކޮށް ފަ އެވެ

ރ. މީދޫން ވާހަކަދައްކާލެވުނު ގިނަ ރައްޔިތުން ބުނަމުން ދަނީ އެމީހުން ވަގުތީ ސަރުކާރެއް އުފެއްދުމަށް ބޭނުން ނުވާ ކަމަށެވެ

ގައުމީ އެއްބައިވަންތަ ކަމުގުޅުމުން މީދުއަށް ކުރި މިދަތުރުގައި އެރަށު ރައްޔިތުންނަށް ވަގުތީ ސަރުކާރަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް އެރަށު ސުކޫލުގައި ބޭއްވުމަށް ޝެޑިއުލުކޮށްފައިވާ ސެމިނާރުގެ ބަދަލުގައި ގައުމީ އެއްބައިވަންތަކަމުގެ ގުޅުމުން ރައްޔިތުންނާއި ބައްދަލުކޮށްފައި ވަނީ ރަށުގެ ސުލޫގެ ކަންމަތީގަ އެވެ

ދެހާހެއްހައި މީހުން ދިރިއުޅޭ މީދޫން އެބައްދަލު ވުމުގައި ބައިވެރިވެފައި ވަނީ ގާތްގަނޑަކަށް 02ށް މީހުން ނެވެ. މެގަފޯނުގެ އެހީގައި މުހައްމަދު ނަޝީދު (އަންނި) އާއި މުހައްމަދު ނަޝީދު ކާނަލް އާއި އިސްލާމިކް ޑިމޮކުރެޓިކް ޕާޓީގެ ފަރާތުން މުހައްމަދު ހަސަން މަނިކު ވާހަކަދެއްކެވި އިރު އެރަށުގެ ބައެއް ޒުވާނުން ވަނީ ހަޅޭ ލަވައި ސައިކަލުން ބަރުގޮން އަޅައި ވާހަކަ ދެއްކުމަށް ވެސް ހުރަސް އަޅާފަ އެވެ

މިރަށު ރައްޔިތުން ހިޔާލު ހޯދުމަށް އަޅުގަނޑުމެން ނޫސްވެރިން ބައެއް ގޭއަށް ވަންނަށް ދިއުމުން ބައެއް ގޭންގޭން ވަނީ ދޮރުލައްޕާ ގެތަކުގެ ކޮޓަރިތަކަށް ވަދެ ފިލާފަ އެވެ. މިރަށުގެ މީހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެގެތަކުގެ މީހުން އެގޮތަށް އަމަލުކޮށްފައިވަނީ އެއީ އިންތިގާލީ ގުޅުމުގެ މީހުން ކަމަށް ބެލެވިގެން ކަމަށެވެ

ނޫސްވެރިންނަށް މައުލޫމާތު ދިން އެރަށުގެ ގިނަ ރައްޔިތުން ބުނަމުން ގޮސްފައި ވަނީ އެމީހުން އަންނިއަށް ބާރުލިބޭ އެއްވެސް ވެރިކަމެއް ބޭނުން ނުވާ ކަމަށެވެ

މީދޫ ރައްޔިތުންނާއި މުހާތަބުކޮށް ވާހަކަ ދައްކަމުން އަންނި ވިދާޅުވީ ގައުމީ އެއްބައިވަންތަކަމުގެ ގުޅުމުން މަސައްކަތް ކުރަމުން ދާނީ ރައްޔިތުންގެ ފައިދާއާއި ލާބައަށް ކަމަށާއި އެރައްޔިތުންގެ މެމްބަރުންގެ ގާތުގައި ވަގުތީ ސަރުކާރަކަށް ވޯޓުދިނުމަށް އެދޭ ކަމަށެވެ. އަންނިގެ މިވާހަކަ އާ ގުޅިގެން މަގުން ތަންކޮޅެއް ދުރުގައި އެއްވެފައި ތިބި މީހުން ބުނެފައި ވަނީ ވޯޓެއް ނުލިބޭނެ ކަމަށެވެ

މިއީ އިއްތިހާދުގެ މެމްބަރުން ޒިޔާރަތް ކުރި ރަށްތަކުން އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވި ރަށެވެ

No comments: