Tuesday, November 27, 2007

އާޒިމާއަށް އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލަ މަޖިލީހުގެ ރައީސް ބަލައެއް ނުގަތް

ު

މީގެ ކުޑަދުވަސް ކޮޅެއް ކުރިން ދައުލަތުގެ ބަންޑާރަ ނައިބު ކަމާއި ހަވާލުވެ ވަޑައިގެންނެވި އައިޝަތު އާޒިމާ ޝަކޫރު(ފޮޓޯ) ގެ މައްޗަށް އިތުބާރު ނެތްކަމަށް ވިދާޅުވެ ހުށަހެޅި ޕެޓިޝަން މަޖިލީހުގެ އިދާރާއިން ބަލައިގެންފައި ނުވާކަމަށް ޖަޒީރާއަށް އެނގިއްޖެ އެވެ

ރ. އަތޮޅު މެމްބަރ އަލީ ވަހީދު ވިދާޅުވީ އެޕެޓިޝަން ބަލައިގެންފައި ނުވާ ކަމަށް ބުނެ, މަޖިލީހުގެ އިދާރާއިން ވަނީ ޕެޓިޝަނުގައި ސޮއިކޮށްފައިވާ މެމްބަރުންނަށް ސިޓީއެއް ފޮނުވާފައި ކަމަށެވެ

” އަޅުގަނޑު އަތުގައި އެބައޮތް އެސީޓީ. މަޖިލީހުގެ އިދާރާއިން އެ ފޮނުވާފައި ވަނީ.“ އަލީ ވަހީދު ވިދާޅުވި އެވެ

އާޒިމާގެ މައްޗަށް އިތުބާރުނެތް ކަމަށް ހުށަހަޅާފައިވަނީ އެޓާނީޖެނެރަލްގެ މަސްއޫލިއްޔަތު އުފުއްލެވުމުގެ ގާބިލުކަން ނެތް ކަމަށް ބުނެ އެވެ

އާޒިމާ އާ ދެކޮޅަށް ހުށެހެޅި ޕެޓިޝަނުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ 19 މެމްބަރުން ސޮއިކޮށްފަ އެވެ

No comments: