Tuesday, November 27, 2007

ލާމަރުކަޒީ ނިޒާމެއް ގާއިމު ކުރުމަށް ފަސްޖެހޭތީ ޔޫތް މިނިސްޓަރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ

ު

ރަށްރަށުގެ ކަންތައްތައް ނިންމުމުގައި ރައްޔިތުންނަށް ބަހެއް ބުނެ ގޮތް ނިންމުމަށް ފުރުސަތު ލިބިފައިނުވާ މައްސަލައިގައި ސަރުކާރުގެ ސިޔާސަތަށް ޔޫތް މިނިސްޓަރު މުހައްމަދު ވަހީދުއްދީން (ޑީން) ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ

ރޭ ބޭއްވި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ޖަލްސާގައި އާ ގާނޫނު އަސާސީގައި ހިމެނޭ ލާމަރުކަޒީ އުސޫލުން ގައުމު ހިންގުމަށް އެކުލަވާލާފައިވާ ބާބާބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޑީން ވިދާޅުވީ ރައްޔިތުންނަށް މިހާރު ލިބެމުންދާ ގެއްލުމާއި ހުރިހާ ނިކަމެތިކަމަކީ ލާމަރުކަޒީ ނިޒާމެއް ގާއިމުކޮށްފައިނެތުން ދިމާވާ ކަންތައްތަކެއް ކަމަށެވެ

ޑީން އިތުރަށް ވިދާޅުވީ ލާމަރުކަޒީ ނިޒާމެއް ގާއިމު ނުކޮށް ޑިމޮކްރެސީގެ ވާހަކަ ދެއްކި ނަމަވެސް ޑިމޮކްރަސީ ނުގެނެވޭނެ ކަމަށާއި އެކަން ކުރުމަށް ގިނަ މަސައްކަތްތަކެއްކޮށް ގާނޫނެއް އެކުލަވާލުމަށް ބިލެއް ވެސް ތައްޔާރުކޮށްފައިވާ ކަމަށެވެ

” ރައްޔިތުންނަށް ލިބެމުންދާ ގެއްލުމާއި ނިކަމެތިކަމާއި މިހުރިހާ ކަމެއް މިހެން މިވަނީ އެ ފަދަ ނިޒާމެއް ގާއިމުކޮށްފައި ނެތުމުން,“ ލާމަރުކަޒީ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރައްވަމުންދަނިކޮށް އެޓޯލްސް މިނިސްޓަރު ކަމުން ޔޫތުމިނިސްޓަރުކަމަށް ބަދަލުކުރެއްވި ޑީން ވިދާޅުވި އެވެ

” މި ފަދަ ނިޒާމެއް ގާއިމުކުރަން ޖެހޭ ސަބަބަކީ އަތޮޅުތަކުގެ ރައްޔިތުންނަށް އެ މީހުންގެ ތަރައްގީގެ މަޝްރޫއުގައި ކުރިއަށް ދިއުމަށް އެއްވެސް ފުރުސަތެއް ނެތް. މިހާތަނަކަށް އެ މީހުންނަށް ލިބިފައެއްނުވޭ. އާދެ މައި ސަރުކާރުން ކޮންމެ ކަމެއް ނިންމަވަނީ. އާދެ, މައި ސަރުކާރުގައި އެ މީހުން އާދޭސް ކުރަން އެތައް ފަހަރަކު ސަރުކާރަށް އަންނަން ޖެހޭނެ,“ ޑީން ވިދާޅުވި އެވެ

އަތޮޅުތަކުގެ ރައްޔިތުންނަށް އެ ފަދަ ނިޒާމެއްގެ ދަށުން ކުރިއަށް ދިއުމުގެ އުސޫލު ކުރީގެ ވެރިކަމުގައި ވެސް އަދި މިދިޔަ 28 އަހަރުތެރޭގައި ނެތް ކަމަށާއި ލޯކަލް ގަވާނާސްގެ އުސޫލުތައް ހިންގާފައި ނުވަނީ ރައްޔިތުންގެ މައްޗަށް ބާރު ހިންގުމަށް ބޭނުންވެގެން ކަމަށް ވެސް ޑީން ރޭގެ ޖަލްސާގައިވަނީ ވިދާޅުވެފަ އެވެ

އަތޮޅުވެރިންނާއި ކަތީބުންނަކީ ރައީސުލްޖުމްހޫރިއްޔާ ހޮއްވަވާ ބޭފުޅުންނަށް ވެގެންނުވާނެ ކަމަށް ވެސް ޑީން ވިދާޅުވި އެވެ

ރައީސްގެ މެމްބަރު އަހުމަދު ޒާހިރު (ސީނާ ޒާހިރު) ވެސް ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ލާމަރުކަޒީ އުސޫލުގެ ބެރު ޖަހާ އަޑު އިވޭތާ ލައްކަ ޒަމާންވެއްޖެ ކަމަށެވެ

”ހަމަގައިމު ވެސް މިބެރާއި މިލަވައިގެ އަޑު 1990 ވަނަ އަހަރުން ފެށިގެން އަޅުގަނޑު އަހަން ފަށައިފިން,“ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަން ކުރައްވާ ޒާހިރު ވިދާޅުވި އެވެ

No comments: