Sunday, November 4, 2007

The Cabinet recommends the President to make necessary provisions in the consolidated estimates for the 2008 Government Budget, following the decision by the President to raise the salaries of Government employees from 1 January 2008. The Cabinet recommends the President to make necessary provisions in the consolidated estimates for the 2008 Government Budget, following the decision by the President for the Government to provide syllabus text books, exercise books and necessary stationeries from the First to the Twelfth grades, as well as the admission fees for O’ Level and A’ Level students who request for such assistance, starting from the 2008 Academic Year.

Sunday, November 4, 2007

The Cabinet today recommended the President to make necessary provisions in the consolidated estimates for the 2008 Government Budget, following the decision by the President to raise the salaries of Government employees from 1 January 2008. in today’s meeting the cabinet also recommended the President to make necessary provisions in the consolidated estimates for the 2008 Government Budget, following the decision by the President for the Government to provide syllabus text books, exercise books and necessary stationeries from the First to the Twelfth grades, as well as the admission fees for O’ Level and A’ Level students who request for such assistance, starting from the 2008 Academic Year. The President decided that the Government would pay the admission fees for IGCSE, Cambridge O’ level, Edexcel A’ level, Islam and Dhivehi of S.S.C and H.S.C. exams.

In today’s meeting, The President briefed the Cabinet on the Singaporean President, Mr. S. R. Nathan’s State Visit to the Maldives. The President briefed the members of the Cabinet on the issues that were discussed during his meeting with the Singaporean President. He noted that President Nathan’s visit had boosted the existing relations between the Maldives and Singapore.

In today’s Meeting, members also deliberated on the Maldives joining the Bureau of International Exposition. They also held discussions on the Petition presented to the President by the Women Association on Rooting Out Narcotic drugs.

2008 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެން، އެކަމަށް ބޭނުންވާ ފައިސާ، 2008 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނުއްވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުއްވައިފި.2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ހުރިހާ ކިޔަވާ ކުދިންނަށް، ގްރޭޑް 1ން ފެށިގެން ގްރޭޑް 12 އަށް ކިޔަވައިދިނުމަށް ބޭނުންވާ ޓެކްސްޓް ފޮތްތަކާއި، ފޮތް ފަންސުރުފަދަ ތަކެތި ސަރުކާރުން ހޯއްދަވައިދެއްވުމަށާއި، އޯ ލެވެލް އާއި އޭ ލެވެލް އިމްތިޙާނުގައި ބައިވެރިވުމަށް ދައްކަންޖެހޭ ފީ، ސަރުކާރުން ދައްކަވައިދެއްވުމަށް އެދޭ ކުދިންނަށް، ސަރުކާރުން ދައްކަވައިދެއްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެން، އެކަމަށް ބޭނުންވާ ފައިސާ، ބަޖެޓުގައި ހިމެނުއްވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުއްވައިފި
4 ނޮވެމްބަރު 2007 (އާދީއްތަ)

2008 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެން، އެކަމަށް ބޭނުންވާ ފައިސާ، އަންނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓުގައި ހިމެނުއްވުމަށް، ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުއްވައިފިއެވެ. އަދި 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ހުރިހާ ކިޔަވާ ކުދިންނަށް، ގްރޭޑް 1ން ފެށިގެން ގްރޭޑް 12 އަށް ކިޔަވައިދިނުމަށް ބޭނުންވާ ޓެކްސްޓް ފޮތްތަކާއި، ކިޔެވުމަށް ބޭނުންވާ ފޮތް ފަންސުރުފަދަ ތަކެތި ސަރުކާރުން ހޯއްދަވައިދެއްވުމަށާއި، އައި.ޖީ.ސީ.އެސް.އީ އާއި، ކެމްބްރިޖް އޯ ލެވެލް އާއި، އެޑެކްސެލް އޭ ލެވެލް އިމްތިޙާނުގައި ބައިވެރިވުމަށް މިހާރު ދައްކަންޖެހޭ ފީ އާއި، އެސް.އެސް.ސީ އާއި، އެޗް.އެސް.ސީ އިސްލާމް، ދިވެހި މިދެމާއްދާއަށް ދައްކަންޖެހޭ ފީ، ސަރުކާރުން ދައްކަވައިދެއްވުމަށް އެދޭ ކުދިންނަށް، ސަރުކާރުން ދައްކަވައިދެއްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެން، އެކަމަށް ބޭނުންވާ ފައިސާ، 2008 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނުއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް މިއަދު ލަފާއަރުއްވައިފިއެވެ. މިގޮތަށް ލަފާއެރުއްވީ، މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި، މިކަންކަމާ ބެހޭގޮތުން މެންބަރުން ވާހަކަފުޅު ދައްކަވައި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސިންގަޕޫރުގެ ރައީސް ޞާޙިބުލްފަޚާމާ އެސް.އާރު ނާދަން، މިދިޔަ އޮކްޓޯބަރު މަހުގެ 23 ން 26 އަށް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާބެހޭ މަޢްލޫމާތު، ރައީސުލްޖުމްހޫރިއްޔާ، މަޖިލީހުގެ މެންބަރުންނަށް ދެއްވިއެވެ. މި މަޢްލޫމާތު ދެއްވަމުން، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިދަތުރުފުޅުގެ ސަބަބުން، ދެޤައުމުގެ ގުޅުން ތަފާތު ދާއިރާތަކުގައި އިތުރަށް ބަދަހިވުމުގެ މަގު ފަހިވެގެންދިޔަ ކަމުގައި ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ، ސިންގަޕޫރުގެ ރައީސާ ބައްދަލުކުރައްވައި ވާހަކަފުޅު ދެއްކެވި މައިގަނޑު ކަންތައްތަކުގެ ތަފްޞީލުވެސް މަޖިލީހުގެ މެންބަރުންނަށް ދެއްވިއެވެ.

މިއަދުގެ ޖަލްސާގައި، ބިޔުރޯ އޮފް އިންޓަރނޭޝަނަލް އެކްސްޕޮޒިޝަންސްގައި ދިވެހިރާއްޖެ ބައިވެރިވުމާ ބެހޭގޮތުންވެސް މެންބަރުން މަޝްވަރާ ކުރެއްވިއެވެ. ބީ.އައި.އީ އަކީ، ދުނިޔޭގައި ތިން ހަފްތާއަށްވުރެ ދިގު މުއްދަތަށް ބޭއްވޭ ބައިނަލްއަޤްވާމީ ބޮޑެތި މަޢުރަޒުތައް އިންތިޒާމުކޮށް ރެގިއުލޭޓްކޮށް ބަލަހައްޓާ ދުނިޔޭގެ އެންމެމަތީ އިދާރާއެވެ. ބީ.އައި.އީ.ގެ ކޮންވެންޝަންގެ މައިގަނޑު އަމާޒަކީ، ފޭރާން ހެޔޮ، ފަންނުވެރިކަމާއި ފާޑުވެރިކަމުގެ މަޢުރަޒުތަކެއްގެ އެހީގައި، ދުނިޔޭގެ ޤައުމުތަކުގެ ގުޅުންތައް ބަދަހިކޮށް، އިންސާނުންގެ ޢިލްމާއި ހުނަރުތައް ދުނިޔޭގެ އެއްބަޔަކު އަނެއްބަޔަކާ ޙިއްޞާކޮށް، ތަރައްޤީއާއި ތަހުޒީބުގެ އިތުރު ހަރުފަތްތަކަކަށް ދުނިޔޭގެ ޤައުމުތައް ގެންގޮސްދިނުމެވެ.

މަސްތުވާތަކެތީގެ އެންމެހާ މައްސަލަތައް ޙައްލުކޮށްދެއްވުމަށް އެދި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ އަންހެނުންގެ ޖަމްޢިއްޔާއިން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ހުށަހަޅާފައިވާ އިލްތިމާސަކާ ބެހޭގޮތުން މިއަދުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގެ މަޝްވަރާ ހޯއްދެވިއެވެ. މިކަމާބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށްފަހު، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ އަންހެނުންގެ ޖަމްޢިއްޔާއާއި ސަރުކާރުގެ ކަމާބެހޭ އިދާރާތައް ގުޅިގެން މަޝްވަރާކޮށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް، އެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުއްވިއެވެ.

No comments: