Monday, September 17, 2007

DRP leader sends Ramazan greetings to leaders of other parties



ޚަބަރު


ދިވެހި ރައްޔިތުންގެ ޕާޓީގެ ޒައީމް، ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެހެން ސިޔާސީ ޕާޓީތަކުގެ ވެރިންނަށް ފޮނުއްވައިފި.

ދިވެހި ރައްޔިތުންގެ ޕާޓީގެ ޒައީމް، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުނައްވަރަށާއި، އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް ހުސައިން ރަޝީދު އަޙުމަދަށާއި، އިސްލާމިކު ޑިމޮކްރެޓިކް ޕާޓީގެ ރައީސް އަލްފާޟިލް ޢުމަރު ނަޞީރަށާއި، ދިވެހި ރައްޔިތުންގެ ސޯޝިއަލް ޑިމޮކްރެޓިކް ޕާޓީގެ ލީޑަރ އަލްފާޟިލް އިބްރާހީމް މަނިކަށާއި ، އެޕާޓީތަކުގެ ހުރިހާ މެންބަރުންނަށް ރަމަޟާން މަހުގެ ހެޔޮއެދުމާއި ތަހުނިޔާ ވިދާޅުވެ ސިޓީފުޅެއް ފޮނުއްވައިފިއެވެ.

ޑީއާރޕީގެ ޒައީމު، ސިޔާސީ ޕާޓީތަކުގެ އިސްވެރިންނަށް ފޮނުވި ސިޓީފުޅުގައި އެދިވަޑައިގަންނަވަނީ، ހެޔޮ ޢަމަލުކުރުމާއި އިޙްސާންތެރިވުމާއި އެއްބައިވަންތަކަމުގެ މި މާތް މައްސަރުގައި (ދިވެހި )ޤައުމުގެ ލާބަޔާއި މަންފާއާއި ކުރިއެރުމަށްޓަކައި ހުރިހާދިވެހިން މިމާތް މައްސަރުގެ ރޫޙުގައި އެއްބައި ވެގެން މަސައްކަތް ކުރުމަށް ކަމަށް ވިދާޅުވެފައިވެއެވެ. އަދި އެމަނިކުފާނުގެ އިޚްލާޞްތެރި ދުޢާ އަކީ ލޮބުވެތި ދިވެހި އެންމެހާ ރައްޔިތުންނަށް މާތްﷲ ރަމަޟާން މަހުގެ ދަރުމައާއި ސަވާބް މިންވަރު ކުރެއްވުން ކަމުގައިވެސް އެމަނިކުފަނު ގެ ސިޓީގައި ބަޔާން ކުރައްވާފައި ވެއެވެ

NEWS

Dhivehi Rayyithunge Party, DRP leader Maumoon Abdul Gayoom has sent Ramazan greetings to the leaders of all political parties registered in the country.

In separate letters, Mr. Gayoom sent Ramazan greetings to Dr. Mohamed Munawwar, leader of the Maldivian Democratic Party, Sheikh Hussain Rasheed Ahmed, leader of Adhaalath Party, Mr. Umar Naseer, leader of Islamic Democratic Party and Mr. Ibrahim Manik, leader of Maldivian Social Democratic Party.

In the letters, Mr. Gayoom also conveyed Ramazan greetings to members of the political parties.

DRP leader called upon all leaders and members of the parties to work in unity for the benefit of the country and people. In the letters, he also called upon the leaders and members to do good deeds during the month of Ramazan.

VELIDHOO COMMUNITY

velidhoocommunity@gmail.com


No comments: