ރައީސް މައުމޫނާއި އޭނާގެ ސަރުކާރު ވެރިކަމުން ދުރުކުރުމީ އަޅުގަނޑުމެންގެ މައްޗަށް އޮތް ދީނީ ވާޖިބެއް: އިބްރާ
ރައީސް މައުމޫނާއި އެނާގެ ސަރުކާރު ވެރިކަމުން ދުރުކުރުމީ އަޅުގަނޑުމެންގެ މައްޗަށް އޮތް ދިނީ ވާޖިބެއް ކަމަށް ސޯޝަލް ލިބަރަލް ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާލޭ މެންބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެ އެވެ
އިބްރާ މިހެން ވިދާލުވި ސޯޝަލް ލިބަރަލް ޕާޓީ އުފެއްދުމަށް ރޭ ދަރުބާރުގޭ ގައި ބޭއްވި ޖަލްސާގައި އެޕާޓީގެ މެންބަރުންނާ މުހާތަބުކޮށް ވާހަކަދައްކަވަމުންނެވެ
" ދީނުގެކަންތައް އަޅުގަނޑަށް އެނގޭމިންވަރުން އަޅުގަނޑު ދަންނަވާ ފާނަށް ރައީސް މައުމޫނާއި އެނާގެ ސަރުކާރު ފޭލިކޮށް މިޤައުމުގެ ވެރިކަމުން ދުރުކުރުން އެއީ މިހާރު އަޅުގަނޑުމެންގެ މައްޗަށް އޮތް ދިނީ ވާޖިބެއް ” އިބްރާ ވިދާޅުވިއެވެ
އިބްރާ ވިދާޅުވީ ދީނީ ވާޖިބެއް އަދާކުރުމުގެ ތެރޭގައި ދީނާ ހިލާފު އެއްވެސް އަމަލެއް އަޅުގަނޑުމެން ކޮށްގެން ނުވާނެކަމަށެވެ. އަދި މައުމޫނު ވެރިކަމުން ދުރުކުރެވެން އޮތީ އެންމެ ގޮތެއްކަމަށާއި އެއީ ވީހާވެސް އަވަހަކަށް އިންތިހާބެއް ބާއްވައި ވޯޓުލައިގެން އަބަދުގެ އަބަދަށް ރައީސް މައުމޫނު ވެރިކަމުން ދުރުކުރުންކަމަށެވެ. ” އެހެންނަމަވެސް ރާއްޖޭގައި އޮތް ބޮޑެތި ސިޔާސީ ޕާޓީތައްކަމަށް ދައުވާކުރާ އެއްވެސް ޕާޓީއަކުން ރައީސް މައުމޫނާއި ވާދަކުރުމަށް ނިކުންނާނަމޭ ބުނާނެ މީހަކުވެސް އަދި ނެތް. ވީއިރު ރައީސް މައުމޫނާއި ވާދަނުކޮށް, ރައްޔިތުންގެ މަޖިލީހުގައި ރައީސް މައުމޫނުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނުނަގާ ދެން މައުމޫނު ވެރިކަމުން ދުރުކުރާނީ ކިހިނެއްތޯ“ އިބްރާ ސުވާލުކުރެއްވިއެވެ
" ރައީސް މައުމޫނު ވެރިކަމުން ދުރުކުރުވަން އަޅުގަނޑުމެންނަށް ކުރެވޭނީ ކޮންކަމެއްތޯ އެކަން ތައްތައް އަޅުގަނޑުމެން ކުރަމުންތޯ, ދެއިރު ދެދަޅައަށް މަގު މައްޗަށް ނިކުމެ ރައީސް މައުމޫނު އިސްތިއުފާ ގޮވީއޭ ކިޔާފައި ސަރުކާރު ހިންގުމަށް ތިބޭ އިސްވެރިންނާއި ދިމާލަށް ހަޑިހުތު އެއްޗިހި ކިޔަކަސް އެބޭފުޅު އިސްތިއުފާއެއް ނުދެއްވާނެ, އެބޭފުޅު އެތިބީ ކޮންމެ ހާލެއްގައި އެތާގައި ތިއްބަވާން ކަމަށް " އިބްރާ ވިދާޅުވިއެވެ
މީގެ އިތުރުން އިބްރާ ވިދާޅުވީ ރައީސް މައުމޫނު ވެރިކަމުން ދުރުވާ ދުވަހެއް ވަންދެން އަޅުގަނޑުމެން ތިބެން ނުޖެހޭކަމަށާއި ކޮންމެ ސަރުކާރެއް އޮތްކަމުގައި ވީނަމަވެސް ރައްޔިތުންނަށް ހޯދަންޖެހޭ ކަންތައްތަކެއް ހޯދޭނެ ގޮތަކަށް ސިޔާސަތުތަކެއް ބައްޓަށް ކުރެވެން ޖެހޭނެކަމަށެވެ. އަދި 30 އަހަރަށް ވުރެއް ދިގު މުންދަތެއްގައި ވެރިކަން ކުރައްވާފައިވާ ވެރިޔަކަށް ދެން އަލުން އާކަމަކަށް ކުރެވޭނީ ކޮންކަމެއްތޯ ސުވާލުކުރެއްވި އެވެ. އަދި މިފަދަ ވެރިކަމަކުން އަޅުގަނޑުމެންނަށް ދުރަށް ދެވޭނީ ބުއްދިއާއި ސިކުޑިއާއި ކެތްތެރިކަން ބޭނުންކޮށްގެންކަމަށް ވިދާޅުވިއެވެ
" މިއަދު ފެށިގެން އަޅުގަނޑުމެން ޤަބޫލު ކުރަމާ ހިނގާ ކިބިގަސްދޮށުގެ މައުމޫނު އަބްދުލް ޤައްޔޫމްއަކީ މިހާރު ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި އެއްވެސް ބުރަދަނެއް ހުރިމީހެއް ނޫންކަމަށް, އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ އަޅުގަނޑުމެންގެ ޤައުމު މިހާރު މިއޮތް ނުރައްކާތެރި ހާލަތުން ރަގަލު އަމާން ދިމާލަކަށް ގެންދިއުން" އިބްރާ ވިދާޅުވިއެވެ. އިބްރާ އިތުރަށް ވިދާޅުވީ ޒުވާނުގެ ތިންބައިކޮޅުގެ އެބައި ތިބީ މަސްތުވާ ތަކެތީގެ ވަބާއިގާ ޖެހިފައިކަމަށާއި ޤައުމުގެ އިޤުތިސޯދު އަހަރަކަށް ވުރެއް އަހަރެއް ދަށަށްދާކަމަށެވެ. އަދި ރައްޔިތުންނަށް އާންމުންދަނީ ލިބޭނެ ގޮތެއް ނެތްކަމަށެވެ
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިބުރާ ވިދާޅުވީ ލިބަރަލް ޕާޓީގެ އަސާސީ ތަނބަކީ ދިވެހިރައްޔިތުންގެ މެދުގައި އަމަންއަމާންކަމާއި, އަދުލު އިންސާފު ގާއިމް ކުރުންކަމުގައެވެ. މިދެކަންތައް ރައްޔިތުންނަށް ލިބިއްޖެނަމަ ގައުމުގެ ތަރައްގީގެ ހުރިހާކަމެއް ރައްޔިތުންކުރާނެކަމަށާއި, ދުނިޔޭގެ ތަރައްޤީވެފައިވާ ގައުމުތަކުގައިކަން ހިނގާ އުސޫލުގެ މަތިން, ސަރުކާރުގެ މަސްއޫލިއްޔަތަކަށްވާން ޖެހޭނީ ރައްޔިތުންގެ މިނިވަން ޚިޔާލާއި ވިސްނުމާއި އެއްގޮތްވާ ގޮތުގެ މަތިން އެކަންކަމަށް މަގުފަހިކޮށްދިނުން ކަމުގައި އޭނާ ވިދާޅުވިއެވެ
" ރައްޔިތުންނަށް ދަތިވެފައިވާކަންކަމުގައި އެހީ ހޯދުމުގައި އެކަމަށް ކުރަންހުރިން ކޮންމެ މަސައްކަތެއް ވެސް މިޕާޓީން އިރާދަކުރެއްވިޔާ އަޅުގަނޑުމެން ކުރާނަށް ' އިބްރާ ވިދާޅުވިއެވެ
ސޯޝަލް ލިބަރަލް ޕާޓީން ރޭ ބޭއްވި ޖަލްސާގައި އެޕާޓީގެ އިންތިހާބު ކުރިޔަށް ގެންދިޔުމަށް 6 މެންބަރުގެ ވަގުތީ ކޮމެޓީއެއް ވަނީ އައްޔަނު ކޮށްފައެވެ. މިކޮމެޓީގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ މާލޭ މެންބަރު އިބްރާހިމް އިސްމާއިލް , ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މާލޭ މެންބަރު މުހައްމަދު ނަސީދު, އަލްއުޝްތާދު އަހުމަދު އަބުދުﷲ އަފީފު , އަލްއުޝްތާދު އަބްދުﷲ މުއިޒު , މުހައްމަދު އާމިރު ( ފަރެސް ), އަލްއުޝްތާދު އަދުނާނު ރަޝީދު އެވެ
No comments:
Post a Comment