މާލޭ މަގެއްގެ މަތިން ބަނގުރާފުޅިތަކެއް ފެނިއްޖެ

މާލޭ މަގެއްގެ މަތިން ހުސް ބަނގުރާ ހުސްފުޅިތަކެއް ފެނިއްޖެއެވެ
އާންމުގެ މީހަކު ރޭ ޖަޒީރާއަށް ދިން މައުލޫމާތަކާއި ގުޅިގެން ޖަޒީރާގެ ދެނޫސްވެރިޔަކު ގޮސް ބެލިބެލުމުން މިބަނގުރާ ފުޅިތައް ފެނިފައިވަނީ ރޭ 09:55 ހާއިރު މ. ކާޅުގުއިރޭ މަގުގައި ހުންނަ ޕޭޓޮއިލެޓްގެ ކުރިމަތިން އެއްފަރާތުގައި ބަހައްޓާފައި ހުއްޓައެވެ
މ. ކާޅުގުއިރޭ މަގުގެ އެއްފަރާތުގައި ބަހައްޓާފައި ހުއްޓާ ފެނިފައިވަނީ ބަނގުރަލުގެ ބާވަތެއް ކަމަށްވާ ޖިން އެވެ. މިތަކެތި ހުއްޓާފެނިފައިވަނީ އޭގެ އަސްލު ޕެކްކޮށްފައިވާ ފޮށްޓާއިއެކުގަ އެވެ
އެސަރަހައްދުގައި މިފުޅިތައް ހުރިކަމުގެ މައުލޫމާތު މޯލްޑިވްސް ފޮލިސް ސަރވިސް އަށް ރޭ ލިބުމާއި އެކު އެތަނުގައި ހުރި ހަތްފުޅިވަނީ ފުލުހުން ގެންގޮސްފައެވެ. މީގެ އިތުރުން އެސަރަހައްދުގައި މަސައްކަތްކުރާ ދިވެއްސެއް ޖަޒީރާއަށް މައުލޫމާތު ދެމުންބުނީ އެފުޅިތައް އެތަނުގައި ހުންނަތާ ފަސްވަރަކަށް ދުވަސް ވެދާނެކަމަށެވެ
" ކިތަމެއް ދުވަހެއް މިހާރު ތިފުޅިތަކެއް ތިތަނުގައި ހުންނަތާ, ފަސްވަރަކަށް ދުވަސްވެދާނެ, " އޭނާ ބުންޏެވެ
މިސަރަހައްދަކީ ގިނައަދަދެއްގެ ގެސްޓު ފިހާރަތަކެއް ހުރި ހިސާބެއްގެ އިތުރުން މިބަނގުރާ ހުސްފުޅިތައް ފެނުނު ހިސާބުގައި ބިދޭސީންތަކެއް އުޅެމުންދާ ކަން ފާހަގަކުރެވެއެވެ
No comments:
Post a Comment