Report: Soodh
The President and the First Lady visited the ancient city of Petra in Jordon. On arrival at the city they were greeted by the Minister of Tourism of Jordan Mr. Usama Al-Dhabbash and his wife.
During the meeting held at Petra, the President and the Tourism Minister discussed ways of further strengthening the relations between the tourism sector of Maldives and Jordan. The President spoke on the tourism policy of the Government and said that one of the most important objectives of the policy has been the introduction of tourism in each and every atoll, and extend the benefits of the industry to the greatest possible section of the population.
Jordanian Tourism Minister briefed the President on the work done to protect the historical sights.
The City of Petra is located south-west of the Jordan. It is far 255kms away from Amman. Petra is recently elected as one of the Seven Wonders of the World. It is Jordan’s most valuable treasure and greatest tourist attraction.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުރުދުންގެ ވަރަށް ތާރީޚީ ރަށެއް ކަމަށްވާ ޕެޓްރާއަށް ޒިޔާރަތް ކުރައްވައިފި
7 ސެޕްޓެމްބަރު 2007 (ހުކުރު)
ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނު އަނބިކަނބަލުން އަލްފާޟިލާ ނަސްރީނާ އިބްރާހީމް، އުރުދުންގެ ވަރަށް ތާރީޚީ ރަށެއް ކަމަށްވާ ޕެޓްރާއަށް ޒިޔާރަތް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ޕެޓްރާއިން މަރްޙަބާ ވިދާޅުވީ، އުރުދުންގެ މިނިސްޓަރ އޮފް ޓޫރިޒަމް އައްސައްޔިދު އުސާމާ އައް ދައްބާޝްގެ ދެކަނބަލުންނެވެ.
ޕެޓްރާގައި ރައީސުލްޖުމްހޫރިއްޔާއާއި އުރުދުންގެ ޓޫރިޒަމް މިނިސްޓަރ ބައްދަލުކުރައްވައި، ދިވެހިރާއްޖެއާއި އުރުދުނާ ދެޤައުމުގެ ދެމެދުގައި ފަތުރުވެރިކަމުގެ ދާއިރާގައި އިތުރަށް ގުޅުން ބަދަހިކުރައްވައި ތަރައްޤީ ކުރެއްވުމާބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިޔާސަތުގެ މައްޗަށާއި، މުޅި ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފު ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. ޕެޓްރާއާއި އެފަދަ ތާރީޚީ ތަންތަން ރައްކާތެރިކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މަޢްލޫމާތު، މިބައްދަލުކޮށްލެއްވުމުގައި އުރުދުންގެ ޓޫރިޒަމް މިނިސްޓަރު ދެއްވިއެވެ.
ޕެޓްރާއަކީ، ދުނިޔޭގެ ހަތް ޢަޖާއިބުން އެއް ޢަޖާއިބު ކަމަށް ދާދިފަހުން ކަނޑައަޅާފައިވާ ތަނެކެވެ. ޕެޓްރާއަކީ، ޢައްމާނުގެ ހުޅަނގު ދެކުނުން 255 ކިލޯމީޓަރު ދުރުގައިވާ ރަށެކެވެ. އެއީ، އުރުދުންގެ އެންމެ އަގުހުރި އެއްޚަޒާނާއެވެ. އަދި ފަތުރުވެރިންގެ އެންމެ މަޤްބޫލު އެއް މަންޒިލެވެ.
VELIDHOO NEWS
velidhoocommunity@gmail.com
No comments:
Post a Comment