Monday, December 24, 2007

ނެޝަނަލް ކޮންގްރެސް ޕާޓީ އުފެއްދުމަށްޓަކައި ރޭ ޖަލްސާ ބާއްވައިފި

ު

މޯލްޑިވިއަން ނެޝަނަލް ކޮންގްރެސް, ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށްޓަކައި 3000 މެމްބަރުންގެ ސޮއިހަމަވެ ރަޖިސްޓްރީ ކުރުމުގެ ބައްދަލުވުން ރޭ ބާއްވައިފި އެވެ

ރޭ ލ.އިސްދޫ ސުކޫލް ހޯލުގައި ބޭއްވި ޖަލްސާއަށް 375 މީހުން ވަނީ ހާޒިރު ވެފައެވެ

ރޭގެ ޖަލްސާގައި ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު ނައީމު (މޮނާޒާ ނައީމް) ވިދާޅުވީ ނެޝަނަލް ކޮންގްރެސް ޕާޓީއަކީ އަދްލް އިންސާފް ރާއްޖެއަށް ހޯދައި ދިނުމަށް މަސައްކަތް ކުރާނެ ޕާޓީއެއް ކަމަށެވެ

ލ.އަތޮޅުގައި އަމިއްލަ މަސައްކަތުން ވިޔަސް ވަރަށް އަވަސް މުސްތަގްބަލެއްގައި ވިޔަފާރި ބަނދަރެއް ގާއިމް ކޮށްދޭނެކަމަށް މޮނާޒާ ނައީމް ވިދާޅުވި އެވެ

ރޭގެ ޖަލްސާގައި އެޕާޓީގެ މެނިފޯސްޓާއި ދިދަ އަދި ލޯގޯ ފާސް ކުރުން އޮތެވެ

ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ލ. މެމްބަރު މުހައްމަދު ނައީމު އުފެއްދެވުމަށް މަސައްކަތްކުރައްވާ ނެޝަނަލް ކޮންގްރެސްގެ 5000 މެމްބަރުންގެ ފޯމު ހުށަހެޅީ މިމަހުގެ 6 ވީ ބުރާސްފަތި ދުވަހު އެވެ

އެޕާޓީގެ ޖަލްސާތައް އަތޮޅުގެ އެހެން ރަށްތަކުގައި ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ

” މޯލްޑިވިއަން ނެޝަނަލް ކޮންގްރެސް“ އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ ދެއްވާފައިވާ މުހައްމަދު ނައީމަކީ ސަރުކާރުގައި ކުރިން އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ގިނަ ބޭފުޅުންތަކެއް މުއައްސިސުންގެ ގޮތުގައި ތިއްބަވައިގެން އުފައްދާފައިވާ ޕީޕަލްސް އެސޯސިއޭޝަންގެ އެއް މުއައްސިސެވެ. އަދި އޭނާ އަކީ އެ އެސޯސިއޭޝަންގެ ހިންގާ ކޮމެޓީގެ މެމްބަރެއް ވެސް މެ އެވެ

1 comment:

Ibrahim Moosa said...

All the political parties that are forming are taking a root in the craddle of Maldives politics, Male' and Southern Atolls of the Maldives. Much or almost northern part of the Maldives seems to be taking a softer, more sleepy approach in the sense they seem to be followers of those parties rather than leaders in this 21 century. However, the history shows otherwise.