Saturday, September 1, 2007

“Patriotism and national unity must take precedence over differences in opinion about the referendum”, the President says. The President says the government will take swift action against persons who engage in criminal acts to spread fear in homes, streets and public places.

Reference Number: 2007-488

Friday, August 31, 2007

The President tonight said that patriotism and national unity must take precedence over differences in opinion about the referendum. He made the call in his monthly radio address to the nation, which was simulcast at 9 pm via Voice of Maldives and Television Maldives.

The President’s radio address for this month focused on four main issues.

First, the President spoke on the nationwide referendum to determine the system of government to be adopted in the new Constitution. He noted that an overwhelming majority of citizens over the age of 18 cast their vote in the referendum, and as such the verdict of the people must be respected fully. He also called on the people to give precedence to patriotism and national unity above differences in opinion on the referendum. He urged the people to move forward with the important task of concluding the constitutional reform agenda, and not to get embroiled in argument about the referendum result. He noted that it is time for strengthening fraternal ties and nation-building.

The President focused on the recent resignations of three members of the Cabinet. He said that it was with deep sorrow that he accepted their resignation. He assured that the departure of the Cabinet Ministers would not affect the smooth running of the government, and that national development and his democratic reform agenda would move ahead uninterrupted.

The third issue that the President highlighted in his address was that of the rights of children and recent reports of cases of abuse against children. He emphasised that we, as a society, should be ashamed that such incidents were happening in the Maldives. He said that the issue warranted the attention of all the people, and that a speedy solution must be found on a nationwide scale. He added that the government was reviewing additional measures that could be implemented in all avenues to stop such horrendous acts, including stronger action that could be adopted through the criminal justice system against perpetrators of child abuse.

The final point stressed upon by the President was the recent spate of criminal acts aimed at spreading fear and apprehension among the people. He said that such acts clearly contravened all standards of social behaviour and that they could jeopardise societal harmony and endanger members of the public. He went on to note that such acts must be stopped.

The President said that the government would take swift action against persons who engage in criminal acts to spread fear and apprehension in homes, streets and public places, and that the government was formulating the necessary legal and social framework and standards to address the issue. The President also noted that there was an orchestrated campaign to bring the Maldives to disrepute in the eyes of the international community. He said that such actions could jeopardise tourism in this country and disrupt economic and social services in the country.


ކެމްޕޭނުގެ ޚިޔާލުތަފާތުވުންތަކުގެ މައްޗަށް އަޅުގަނޑުމެން އިސްކުރަންވާނީ، ޤައުމު ދެކެވާ ލޯތްބާއި، އެއް ރައްޔިތެއްގެ ގޮތުގައި ތިބެވޭތީ ލިބޭ ފަޚުރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ. އަޅުގަނޑުމެންގެ ގެދޮރާއި މަގުތަކާއި އާންމު ތަންތާނގައި، ބިރުވެރި އެކިއެކި ޢަމަލުތައް ހިންގާ މީސްމީހުންނާމެދު އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުއްވުމަށް ސަރުކާރުން ފަށްޓަވައިފި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
31 އޯގަސްޓް 2007 (ހުކުރު)

ޚަބަރު ނަމްބަރު: 488-2007


ކެމްޕޭނުގެ ޚިޔާލުތަފާތުވުންތަކުގެ މައްޗަށް އަޅުގަނޑުމެން އިސްކުރަންވާނީ، ޤައުމު ދެކެވާ ލޯތްބާއި، އެއް ރައްޔިތެއްގެ ގޮތުގައި ތިބެވޭތީ ލިބޭ ފަޚުރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑު މެދުވެރި ކުރައްވައި، މިރޭ 9 ޖެހިއިރު ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި، ދިވެހި ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ބިނާކުރެއްވީވެސް މައިގަނޑު ހަތަރު ކަމެއްގެ މައްޗަށެވެ.

އެމަނިކުފާނު ފުރަތަމަ ބައްލަވާލެއްވީ، ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށްޓަކައި ނެގުނު އާންމު ވޯޓުގެ މައްޗަށެވެ. 18 އަހަރުންމަތީގެ ވަރަށްގިނަ ޢަދަދެއްގެ ދިވެހިންގެ ވޯޓުން އެކަނޑައެޅުއްވި ރައްޔިތުންގެ ހުކުމަކީ، އަޅުގަނޑުމެން އެންމެން އެއަށް އިޙްތިރާމްކޮށް، ތަބާވާންޖެހޭ ހުކުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކެމްޕޭނުގެ ޚިޔާލުތަފާތުވުންތަކުގެ މައްޗަށް އަޅުގަނޑުމެން އިސްކުރަންވާނީ، ޤައުމު ދެކެވާ ލޯތްބާއި، އެއް ރައްޔިތެއްގެ ގޮތުގައި ތިބެވޭތީ ލިބޭ ފަޚުރު ކަމަށާއި، ކެމްޕޭނު ނިމުމުން، އަޅުގަނޑުމެން އެކަން ފަހަތަށް ދޫކޮށްލަންވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިހާރު އަޅުގަނޑުމެން އިސްކަންދޭންވީ، އަޅުގަނޑުމެންގެ ގުޅުންތައް ވަރުގަދަކޮށް، ސަފުތައް ބަދަހިކޮށް، މުޅި ޤައުމުގެ އެންމެން އެއްބައިވެ އެކަތިގަނޑަކަށްވުމަށް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެވަނައަށް ބައްލަވާލެއްވީ، ވަޒީރުންގެ މަޖިލީހުން އިސްތިޢުފާ ދެއްވި ތިންބޭފުޅެއްގެ އިސްތިޢުފާ އަށެވެ. އެ ތިން ބޭފުޅުންގެ އިސްތިޢުފާ ގަބޫލުފުޅު ކުރެއްވީ، ވަރަށް ފުން ހިތާމަޔަކާއެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެ ތިން ބޭފުޅުން ވަކިވެވަޑައިގެންނެވި ކަމުގައިވިޔަސް އަޅުގަނޑުމެންގެ ޤައުމުގެ ހިންގުމަށް އިރާދަކުރެއްވިއްޔާ ބަދަލެއް ނާންނާނެ ކަމަށާއި، އަޅުގަނޑުމެން ފަށާފައި މިވާ އިސްލާހީ ޕްރޮގްރާމަކަށް އަދި ޤައުމުގެ ތަރައްޤީގެ ދުވެއްޔަކަށް ހުއްޓުމެއް ނާންނާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތިންވަނައަށް ބައްލަވާލެއްވީ ކުޑަކުދިންގެ އަބުރަށާއި، ޢިއްފަތަށާއި، ޤަދަރަށާއި ކަރާމާތަށް އުނިކަން އަންނަ ޒާތްޒާތުގެ ގޯނާތައް، އެކި މަޤްޞަދުތަކުގައި އެކުދިންނަށް ކުރެވެމުންދާތީ އެކަމުގެ މައްޗަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އެއީ، އަޅުގަނޑުމެން ލަދުގަންނަންޖެހޭ، ހިތާމަކުރަންޖެހޭ ކަމެކެވެ. އަދި މިއީ، އަޅުގަނޑުމެންގެ ވިސްނުމުގެ ސަމާލުކަން އެކަމަށް ހުއްޓުވައި، ޤައުމީ ފެންވަރެއްގައި، ޙައްލެއް ހޯދަން އުޅެން ޖެހިފައިވާ މައްސަލައެކެވެ. މިކަމަށްޓަކައި، ސަރުކާރުން އެޅުއްވެން ހުރި ފިޔަވަޅުތައް، މިހާރު ބައްލަވަމުން އެބަ ގެންދަވާ ކަމަށާއި، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން، އެފަދަ ކުށްކުރާ މީހުންނާމެދު އެޅިދާނެ ފިޔަވަޅުތައްވެސް، ދިރާސާ ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ގަދަ ބާރުގެ ބޭނުންކޮށްގެން ކުރާ ކުށްކުށާއި، ފުރާނައަށް ނުރައްކާވާފަދަ ކުށްކުށާއި، ޒަޚަމާއި ހާނީއްކަ ލިބެނިވި ކުށްކުށްވެސް، އަޅުގަނޑުމެންގެ ތެރޭގައި ގިނަވަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ހިތާމައާއެކު ފާހަގަކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އެފަދަ ކުށްތައް މިމުޖުތަމަޢުގައި މަދުކުރެވޭނެ ގޮތްތައް، ސަރުކާރާ ރައްޔިތުންނާ ގުޅިގެން ހޯދައި، ސަރުކާރުގެ ހުރިހާ ދާއިރާތަކަކުން އެއް ވިސްނުމެއްގައި، މިކަމަށް އަވަސް ޙައްލެއް ހޯއްދެވުމަށް ޖިނާއީ ޢަދުލުގެ ނިޒާމާއި އިޖްތިމާޢީ މައްސަލަތަކާގުޅޭ ސަރުކާރުގެ ދާއިރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ. އަދި މިކަމުގައި މުޖުތަމަޢުގެ ހަމަކޮންމެ ފަރުދެއްގެ ދައުރެއްވެސް އޮތްކަމަށް ދެކެވަޑައިގެން، ހަމަކޮންމެ ފަރުދެއްގެ ފަރާތުންވެސް، ސަރުކާރަށް އެއްބާރުލެއްވުން ދެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިރޭ ހަތަރުވަނައަށް ބައްލަވާލެއްވީ މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑުން ބޭރު، މުޖުތަމަޢުގެ ހަމަޖެހުން ނަގާލެވޭ، މުޖުތަމަޢުގެ އަފުރާދުންނަށް ބިރާއި ހާސްކަން ކުރިމަތިވެދާފަދަ ޢަމަލުތައް، ބަޔަކު ހިންގަމުން ގެންދާތީ އެކަމުގެ މައްޗަށެވެ. މިއީވެސް، ވަރަށް ހިތާމަހުރި ކަމެއް ކަމަށާއި، މިކަންތައްތައް އަޅުގަނޑުމެން ހުއްޓުވަން އެބަޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެހެންކަމުން، އަޅުގަނޑުމެންގެ ގެދޮރާއި މަގުތަކާއި އާންމު ތަންތާނގައި، ބިރުވެރި އެކިއެކި އަމަލުތައް ހިންގާ މީސްމީހުންނާމެދުވެސް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުއްވުމަށާއި، އަޅުގަނޑުމެންގެ މަގުތަކާއި މުޖުތަމަޢަކީ، ބިރާއި ހާސްކަމާއި ނުތަނަވަސްކަމުން އެއްކިބާވެގެންވާ ތަންތަންކަމުގައި ހެއްދެވުމަށް ބޭނުންވާ، ޤާނޫނީ އޮނިގަނޑުތަކާއި އިޖްތިމާޢީ އޮނިގަނޑުތައް ރޭއްވެވުމުގެ މަސައްކަތްވެސް، ސަރުކާރުން ފަށްޓަވައިފިކަން ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ރާއްޖޭގެ އަގު، ބޭރު ދުނިޔޭގެ ކުރިމަތީގައި ވައްޓާލުމަށް ބައެއް ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށްވެސް، އަޅުގަނޑުމެން ސަމާލުވާން އެބަޖެހޭ ކަމަށާއި، މިގޮތުން ރާއްޖެއަކީ، ހަރުކަށި ޢަމަލުތަކަށް ހިތްވަރުދޭ ޤައުމެއް ކަމަށް ބުނެ، ބޭރުގެ ޚަބަރު ފަތުރާ ބައެއް ވަސީލަތްތަކުން މިދޭތެރެއިން ފެތުރި ޚަބަރަކީވެސް، ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.



Velidhoo News
velidhoocommunity@gmail.com
Courtesy: The President's Office

No comments: