Friday, December 14, 2007

އިންތިގާލީ ސަރުކާރެއް އިފެއްދުމަށް ރެފަރެންޑަމަކަށް ގޮސްގެން ނިންމާގޮތަކަށް އަމަލުކުރަން ތައްޔާރު: ޑީއާރުޕީ

ު

އާގާނޫނު އަސާސީ ނިމި ބާއްވާ އިންތިޚާބުގެ ކުރިން ރާއްޖޭގައި އިންތިގާލީ ސަރުކާރެއް ގާއިމް ކުރުމަށް ރެފަރެންޑަމް (ރައިޔިތުންގެ އާންމު ވޯޓް) އަކަށް ގޮސްގެން ނިމޭގޮތަކަށް އަމަލުކުރަން ތައްޔާރަށް ތިބިކަމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރޕީ)ން ބުނެފި އެވެ

ޑީއާރޕީގެ އިސްތަރުޖަމާނު އިބުރާހިމް ޝާފިއު ވިދާޅުވީ ބައެއް އިދިކޮޅު ޕާޓީތަކުން އިންތިގާލީ ސަރުކާރެއް ގާއިމް ކުރުމަށް ގޮވާލި ނަމަވެސް އެފަދަ ސަރުކާރެއް ގާއިމް ކުރެވޭނީ ރާއްޖޭގެ ގިނަ ރައްޔިތުން އެނދޭގޮތެއް ބަލައިގެން ކަމަށެވެ

” މިސަރުކާރަކީ ގާނޫނީ ގޮތުން ރައްޔިތުން އިންތިޚާބު ކޮށްފައިވާ ސަރުކާރެއް. އެހެން ކަމުން މި ސަރުކާރު ބެހުމަށް ތާއީދެއް ނުކުރެވޭނެ. އެކަމަކު ރެފަރަންޑަމަކަށް ގޮސްގެން ރައްޔިތުންނަށް އިންތިގާލީ ސަރުކާރެއް ގާއިމް ކުރަން ފެނިއްޖެ ނަމަ އެކަން އަޅުގަނޑުމެންވެސް ގަބޫލު ކުރާނަން“ މިއަދު ދިން ބަސްދީގަތުމެއްގައި ޝާފިއު ވިދާޅުވި އެވެ

ޑީއާރްޕީގެ އިސްތަރުޖަމާނު ވިދާޅުވީ ރާއްޖޭގައި ސިޔާސީ ޕާޓީތައް ހަރަކާތްތެރި ވަމުންދަނީ ގާނޫނީ އެއްވެސް ހައިސިއްޔަތަކުން ނޫން ކަމަށެވެ. އެހެން ކަމުން ޕާޓީތަކުން ދައްކާ ވާހަކަތައް ގާބޫލުކުރެވެން ނެތް ކަމަށެވެ

” ޕާޓީތައް މިހިންގަނީ ރައީސްގެ ގަރާރަކުން. އެހެން ކަމުން ޕާޓީތަކަކީ އެއްވެސް ހައިސިއްޔަތެއް އޮތް ބައެއް ނޫން. އެހެން ނަމަވެސް ގިނަ ރައްޔިތުން އެގޮތަށް އެނދޭ ނަމަ އެކަންވެސް ކުރެވިދާނެ“ ޑީއާރްޕީގެ އިސްތަރުޖަމާނު ވިދާޅުވި އެވެ

އިންތިގާލީ ސަރުކާރެއްގެ ވާހަކަ ދެކެވެން ފެށީ ގާނޫނު އަސާސީ ނިމެން ވެފައި ވަނިކޮށެވެ. އިންތިގާލީ ސަރުކާރެއް ގާއިމް ކުރުމަށް ގޮވާލައި ގިނަ ސިޔާސީ ޕާޓީތަކާއި އިޖްތިމާއީ ޖަމްއިއްޔާތަކުން ގޮވާލަމުން ބުނެފައިވަނީ ރައީސް ގަނޑުވަރުގައި ހުންނަވައިގެން އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތި ލައްވައިފި ނަމަ އެއިންތިޚާބަކީ މުސްތަގިއްލު މިނިވަން އިންތިހާބަކަށް ނުހެދޭނެ ކަމަށެވެ. އަދި

ގުޅިފައިވާ އިއްތިހާދުން ބުނެފައިވަނީ އިންތިޚާބު މުސްތަގިއްލު ކުރުމަށް މިހާރު ސަރުކާރު ހިންގަމުންދާ ކެބިނެޓްވެސް އިންތިގާލީ ސަރުކާރަކުން ބަދަލު ކުރަން ޖެހޭ ކަމަށެވެ

ޑީއާރްޕީން ވަނީ އިންތިގާލީ ސަރުކާރެއް ހެނދުމަށް ފުރަތަމަ ދުވަހުން ފެށިގެންވެސް ދެކޮޅު ހަނދާފަ އެވެ. ޑީއާރުޕީން ބުނީ ގާނޫނީ ގޮތުން ހޮވިފައިވާ ސަރުކާރެއްގެ މުއްދަތު ހަމަނުވަނީސް ސަރުކާރުގެ ބައިތައް ނުބެހޭނެ ކަމަށެވެ. އަދި ރާއްޖޭގެ މިހާރުގެ ހާލަތުން ރާއްޖޭގައި އިންތިގާލީ ސަރުކާރެއް ގާއިމް ކުރަން ނުޖެހޭކަމަށްވެސް ޑީއާރޕީން ވަނީ ބުނެފަ އެވެ

No comments: