ރައީސަށް ދޭން އުޅުނު ވަޅީގެ ހަމަލާއަކީ އަމަން ބަލަހައްޓާ ފަރާތްތައް ފޭލްވެފައި ވާތީ ހިނގި ހާދިސާއެއް : ކޮންގްރެސް ޕާޓީ
ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން ޢަބްދުލް ޤައްޔޫމް އުތުރަށް ކުރެއްވި ދަތުރުފުޅުގައި ހޯރަފުއްޓަށް ވަޑައިގަތުމުން އެރަށުގެ މީހަކު އެމަނިކުފާނަށް ދޭން އުޅުނު ވަޅީގެ ހަމަލާއަކީ ރާއްޖޭގެ އަމަންބަލަހައްޓަން ތިބޭ ފަރާތްތައް ފޭލްވެފައިވާތީ ހިނގި ހާދިސާއެއް ކަމުގައި މޯލްޑިވްސް ނޭޝަނަލް ކޮންގްރެސް އިން ބުނެފި އެވެ
އިއްޔެ މެންދުރު 1:30 ގައި އޮތް އެޕާޓީގެ ދިދަނެގުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޕާޓީގެ ވަގުތީ ރައީސް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ލ އަތޮޅު މެންބަރ މުހައްމަދު ނައީމް (މޮނާޒާ ނައީމް) ވިދާޅުވީ ހޯރަފުށިން ރައީސުލްޖުމްހޫރިއްޔާއަށް މީހަކު ވަޅިން ދޭން އުޅުނު ހަމަލާ ކުށްވެރިކުރައްވާ ކަމަށާއި އެކަމަކީ ރާއްޖޭގެ އަމަން ބަލަހައްޓާ ފަރާތްތައް ފޭލްވެފައިވާތީ ހިނގި ހާދިސާއެއް ކަމަށެވެ
ނައީމް ވިދާޅުވީ ރާއްޖޭގެ އަމަންބަލަހައްޓާ ފަރާތްތަކަކީ ބަޖެޓުން ވަރަށްބޮޑު ހޭދައެއް ކޮށްގެން ބައިތިއްބާ ބައެއް ކަމަށާއި އެވަރުބޮޑު ޚަރަދެއް ކޮށްގެން ބައިތިއްބާފައިވާ ފަރާތްތަކުގެ ގުނަންތައް ފޭލްވުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ
”އެ އަމަލް ހިންގަން އުޅުނު މީހާ ކުށްވެރިކުރާ ފަދައިން އަމަން ބަލަހައްޓާ ފަރާތްތައް ފޭލްވެފައިވާތީ އެފަރާތްތައްވެސް ކުށްވެރިކުރަން“ ނައީމް ވިދާޅުވި އެވެ
ފާށަނާ ކިލެގެމަގުގައި ހުންނަ ގ ބްލޫލެގޫންގޭގައި ހުންނަ ޕާޓީގެ އޮފީހުގައި ޕާޓީގެ ދިދަނެގުމުގެ ރަސްމިއްޔާތުގައި ޞަލަވާތަށްފަހު ގައުމީ ދިދަ ނަންގަވައިދެއްވީ ރައްޔިތުންގެ ޚާއްޞަމަޖިލީހުގެ ބ އަތޮޅު މެންބަރ އަލީފާއިޒެވެ. ކޮންގްރެސް ޕާޓީގެ ދިދަ ނަންގަވަދެއްވީ ޕާޓީގެ ވަގުތީ ރައީސް މުހައްމަދު ނައީމެވެ
No comments:
Post a Comment