ކުރީގެ ރައީސް އިބްރާހީމް ނާސިރު އެނބުރި ގައުމަށް ވަޑައިގަތުމަށް އިއްތިހާދުން ގޮވާލައިފި
މީގެ ތިރީހަކަށް އަހަރު ކުރި ދިވެހިރާއްޖޭގައި ވެރިކަށް ކޮށްފައިވާ ވެލައިނާގޭ އިބުރާހިމް ނާސިރު އެބުރިގައުމަށް ވަޑައިގަތުމަށް ގައުމީ އެއްބައިވަންތަ ގުޅުމުން ގޮވާލައިފި އެވެ
ގައުމީ އެއްބައިވަންތަކަމުގެ ގުޅުން ރާއްޖޭގެ އުތުރުން ކުރަމުންދާ ދަތުރުގައި ބ. އޭދަފުށީގައި ވާހަކަދުޅު ދައްކަވަމުން މޯލްޑިވްސް ޑިމޮކުރެޓިކް ޕާޓީގެ ޗެއަރޕާޝަން މުހައްމަދު ނަޝީދު (އަންނި) ވިދާޅުވީ ރާއްޖޭގައި ކުރިން ވެރިކަށް ކޮށްފައިވާ މީހުން ރާއްޖޭގެ ރައްޔިތުންނާ އެކު އުޅޭތަން ދެކުމަށް އެދޭ ކަމަށެވެ
” އަޅުގަނޑުމެން އެދެމޭ. ރައީސް މައުމޫނު ވެސް ރާއްޖޭގެ ވެރިކަމުން ފައިބައިވަޑައިގެތުމަށް ފަހު މިރާއްޖޭގައި ރައްޔިތުންނާއި އެކު އުޅޭތަން ދެކެން. އަޅުގަނޑުމެން ގައުމުގައި ވެރިކަން ކުރި ބޭފުޅުންގެ ތެރެއިން.“ އަންނި ވިދާޅުވި އެވެ
ރޭ އޭދަފުށީ ރައްޔިތުންނާއި މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުން އަންނި ވިދާޅުވީ ނާސިރަށް މާލޭން ބިމެއް ދިނުމަށް ސަރުކާރަށް ގޮވާލާކަމަށެވެ
އަންނި ވިދާޅުވީ ނާސިރަށް ދޭންވާނީ ވެސް ވަލާނާގެ ހުރި ބިންކަމަށާ ރައްޔިތުންގެ ބިންތަން ސަރުކާރަށް ނެގުމުގެ އެއްވެސް އިހުތިޔާރެއް ދިވެހިރާއްޖޭގެ ގާނޫނުން ލިބިދީފައި ނުވާކަމަށެވެ
ކުރިން ވެލާނާގޭ ގޯތީގައި ހުރި އިމާރާތްތަޅާލައި އެބިން ސަރުކާރަށް ނަގައި އެތަނުގައި ވަނީ 14 ބުރީގެ އިމާރާތެއް ކޮށްފަ އެވެ
އޭދައްފުއްޓަށް ފަހު މިއަދު އުތުރު އަރުމާޒު ދަތުރު ކޮށްފައިވަނީ ބ. ހިތާދޫގެ އިތުރުން ހަމަ އެއަތޮޅު ތުޅާދޫ އަށެވެ. އަދި މިރޭ ދަތުރު ކުރާނީ ކ. ހިންމަފުއްޓަށެވެ. ސެޑިއުލު ކުރެވިފައިވާ ގޮތުން މާދަމާ ހަވީރު 5 ޖަހާއިރު އުތުރު އަރުމާޒުގެ ދަތުރު ނިމޭނެ އެވެ
No comments:
Post a Comment