Friday, January 11, 2008

މިއަހަރަށް ފާސްކުރި ދަރަނި ބަޖެޓްގެ ސަބަބުން އިގްތިސާދު ދަށަށް ހިނގައިދާނެ ކަމުގެ އިންޒާރު ވޯލްޑް ބޭންކުން ދީފި

ު

މިއަހަރަށް ފާސްކޮށްފައިވާ ދަރަނި ބަޖެޓްގެ ސަބަބުންނާއި ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ކޯޅުންތަކުގެ ސަބަބުން އިގްތިސާދަށް ތަހައްމަލް ކުރަން ދަތި ލޮޅުން ތަކެއް އަރާފާނެ ކަމުގެ އިންޒާރު ވޯލްޑް ބޭންކުން ދީފި އެވެ

7 ވަނަ ގައުމީ ތަރައްގީގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ވޯލްޑް ބޭންކުން ދިނުމަށް ނިންމި ލޯނު އިއުލާން ކުރަމުން ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޑިރެކްޓަރ އެލެސްޓިއަރ މެކެނީ ވިދާޅުވީ ރާއްޖެއިން ފާސްކޮށްފައިވާ ބަޖެޓްގެ ސަބަބުންނާއި އަދި ސިޔާސީ ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން ރާއްޖެއަށް ލިބިފައިވާ ބައެއް އިގްތިސާދީ ކުރިއެރުންތަކަށް މަޑުޖެހުމެއް އައުން އެކަށީގެންވާ ކަމަށެވެ. ކަންޓްރީ ޑިރެކްޓަރ ވަނީ އެފަދަ ކަންކަމަށް ސަމާލުވުމަށް ސަރުކާރަށް އިންޒާރު ކޮށްފަ އެވެ

” ގާނޫނަށް އަންނަ ބަދަލުތަކާ, ބަޖެޓްގެ ދަރަނިތަކާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އަންނަ ލޮޅުމަކުން ލިބިފައިވާ ބައެއް ކުރިއެރުންތައް ބީވެގެން ދިއުން އެކަށީގެންވޭ“ ކަންޓްރީ ޑިރެކްޓަރ އެލެސްޓިއަރ މެކެނީ ރާއްޖެއަށް ދެއްވި އެހީ އިއުލާން ކުރައްވަމުން ވިދާޅުވި އެވެ

2004 ވަނަ އަހަރު ރާއްޖޭގެ ދަރަންޏަކީ ގައުމީ ތަރައްގީގެ ނިސްބަތުން 1.9 އިންސައްތަ އެވެ. 2006 ވަނަ އަހަރުގެ ދަރަނީގެ ނިސްބަތަކީ 7.3 އިންސައްތައެވެ. ނަމަވެސް ވޭތުވެދިޔަ އަހަރު މި އިންސައްތަ 23ށް އަރާނެ ކަމަށް އިންޓަރ ނޭޝަނަލް މަނިޓަރީ ފަންޑުން ވަނީ ބުނެފައެވެ

މިއަހަރު ރާއްޖެއިން ފާސްކޮށްފައިވާ ބަޖެޓަކީ މިދިޔަ އަހަރާއި ގާތްގަޑަކަށް އެއްވަރެއްގެ ބަޖެޓެކެވެ. މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓްގެ ޖުމްލައަކީ 12 ބިލިއަން ރުފިޔާ އެވެ

No comments: